Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގައި ތާލިބާނުން

އަންހެންކުދިން ތައުލީމު އުނގެނުމުގައި ޠާލިބާނުން ގެންގުޅޭ ސިޔާސަތާމެދު ހިތްހަމަނުޖެހޭކަން ގަތަރުން ހާމަކޮށްފި

1 އޮކްޓޯބަރު 2021 | ހުކުރު 03:09

ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނުގައި އެކުލަވާލާފައިވާ ތާލިބާންގެ ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަމާމެދު ހިތްހަމަނުޖެހޭކަމަށާއި އެއީ އަނެއްކާވެސް ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އޮކްޓޯބަރު 2021 | ހުކުރު 03:09
ގަތަރުގެ ފޮރިން މިނިސްޓަރ ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ

ގަތަރުގެ ފޮރިން މިނިސްޓަރ ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ

އަންހެންކުދިންނަށް ތައުލީމު ދިނުމުގައި ޠާލިބާންގެ "ފަހަތު ފަޔަށް" ބުރަވެފައިވާ ސިޔާސަތާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހޭކަން ގަތަރުން ހާމަކޮށްފިއެވެ.

ގަތަރުގެ އިސް ޑިޕްލޮމެޓުން މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު އިސްލާމީ ޝަރީޢަތާ އެއްގޮތަށް ގައުމެއް ހިންގުމަށް ގަތަރު މިސާލަކަށް ނެގުމަށް ޠާލިބާންގެ ލީޑަރޝިޕަށް ވަނީ ގޮވާލާފައެވެ. ގަތަރުގެ ފޮރިން މިނިސްޓަރ ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވަނީ ޠާލިބާނުން އަފްޣާނިސްތާނުގެ ސެކަންޑްރީއަށް ކިޔަވަމުންދާ އަންހެން ކުދިންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގަތަރުގެ ފޮރިން މިނިސްޓަރ ވަނީ ބުރާސްފަތި ދުވަހު ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފޮރިން ޕޮލިސީ ޗީފް ޔޫސުފް ބޮރެލް އާއެކު ދޯހާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނުގައި އެކުލަވާލާފައިވާ ޠާލިބާންގެ ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަމާމެދު ހިތްހަމަނުޖެހޭކަމަށާއި އެއީ އަނެއްކާވެސް ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށެވެ.

އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިންގެ އިތުރުން ބޭރު ގައުމުތަކުގެ ސިފައިން އަފްޣާނިސްތާނުން ފައިބާފައިވާއިރު، ދޯހާ އަކީ ޠާލިބާނުންނާއި އެގައުމުތައް ގުޅުވައިދިނުމުގައި މައިގަނޑު ރޯލު އަދާކުރަމުންދިޔަ ގައުމެވެ. އަދި އެތައް ހާސް ބަޔަކު އަފްޣާނިސްތާނުން ބޭލުމުގައި އެންމެ އިސްކޮށް އެމެރިކާ އަށް އެހީތެރިވެދީފައިވަނީ ދޯހާއިންނެވެ. މީގެއިތުރުން ޠާލިބާންގެ އައު ސަރުކާރާ އެންމެ ގާތް ގުޅުމެއް ވެސް ބާއްވަމުން އަންނަ އެއް ބަޔަކީ ވެސް ދޯހާއެވެ. ކާބުލްގައި ހުންނަ އެއަރޕޯޓް ހިންގުމުގައި ޠާލިބާނުންނަށް އެންމެ ބޮޑަށް އެހީވެދޭ ތަނަކީ ވެސް ދޯހާއެވެ.

ފޮރިން މިނިސްޓަރ ވިދާޅުވީ ޠާލިބާނުންނާއެކު މަސައްކަތްކުރަންޖެހޭކަމަށާއި އަދި އެމީހުން ކުރަމުން އަންނަ ބައެއް ކަހަލަ ކަންކަން އެގޮތަށް ނުކުރުމަށް ބާރު އަޅަންޖެހޭކަމަށެވެ. މީގެއިތުރުން މުސްލިމު ގައުމުތަކުގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރަމުން އަންނަނީ ކިހިނެއްކަމާއި އަންހެނުންގެ މައްސަލަތަކާމެދު އަމަލުކުރަމުން އަންނަނީ ކޮންގޮތަކަށްކަން ޠާލިބާނުންނަށް ބުނެދިނުމަށް ގަތަރުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފޮރިން މިނިސްޓަރ ޝެއިޚް މުހައްމަދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގަތަރުގައި ވެސް ހިންގަމުންދަނީ އިސްލާމީ ޝަރީޢަތްކަމަށާއި ނަމަވެސް އެގައުމުގެ މަސައްކަތްކުރާ އާބާދީގެ އިތުރުން މަތީ ތައުލީމު ހާސިލްކުރުމުގައި ވެސް ގިނަ އަދަދަކަށް އަންހެނުން އުޅޭކަމަށެވެ.

އަފްޣާނިސްތާނުގެ ސެކެންޑްރީ ސްކޫލްތަކުގައި ކިޔަވަމުންދާ އަންހެނުން ކުދިންނަށް ސްކޫލަށް ނުދެވޭތާ ދެ ހަފްތާ ވަނީ ވެފައެވެ. އަދި މިކަމާ ގުޅިގެން އަންހެނުން އަންނަނީ މުޒާހަރާ ވެސް ކުރަމުންނެވެ.

ޝެއިޚް މުހައްމަދު ވަނީ އަފްޣާނިސްތާނުގައި ފާއިތުވި ދުވަސްތަކުގައި ހާސިލްވެފައިވާ ކުރިއެރުންތައް އެގޮތުގައި ދެމެހެއްޓުމަށް ޠާލިބާނުންނަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމަޢުއާއި އެކުވެރި ދައުލަތްތަކުން އަފްޣާނިސްތާނު އެކަހެރި ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އަފްޣާނިސްތާންތާލިބާންގަތަރު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް