Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

އަންހެން ކުދިންނަށް ސްކޫލަށް ނުދެވޭ ވާހަކަ ޠާލިބާނުން ދޮގުކުރިނަމަވެސް، ސްކޫލަށް ދެވޭނެ ދުވަހެއް ހާމައެއް ނުކުރޭ

18 ސެޕްޓެމްބަރު 2021 | ހޮނިހިރު 19:35

ތާލިބާނުން ބުނެފައިވަނީ އަންހެންކުދިންނަށް ރައްކާތެރިކަމާއެކު ސްކޫލްތަކަށް ދެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 19:35
އަފްޣާނިސްތާނުގައި އަންހެނުންތަކެއް މުޒާހަރާކުރަނީ

އަފްޣާނިސްތާނުގައި އަންހެނުންތަކެއް މުޒާހަރާކުރަނީ

އަފްޣާނިސްތާނުގެ ސްކޫލްތައް އަލުން ހުޅުވާލިއިރު ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވަން ދިއުމުގެ ހުޅުވާލުމުން އަންހެންކުދިން ކިޔެވުމުން މަޙުރޫމްކުރާކަމަށް ދެކެވޭ ވާހަކަތައް ޠާލިބާނުން ދޮގުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ޠާލިބާނުން ބުނެފައިވަނީ, އަންހެންކުދިން ރައްކާތެރިކަމާއެކު ސްކޫލްތަކަށް ދެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރަން ޖެހޭކަމަށެވެ. ޠާލިބާނުން ވަނީ ގްރޭޑް 6އާ 12ގެ ހުރިހާ ފިރިހެން ކުދިންނަށާއި އެ ގްރޭޑްތަކަށް ކިޔަވައިދޭ ހުރިހާ ޓީޗަރުން ހޮނިހިރު ދުވަހުން ފެށިގެން ސްކޫލްތަކަށް ނިކުތުމަށް އަންގާފައެވެ. އެބަޔާނުގައި އަންހެންކުދިންގެ ވާހަކަ ހިމަނާފައެއްނުވެއެވެ.

އެހެންކަމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ޠާލިބާނުންނަށް ވަނީ އަމާޒުވެފައެވެ. ވަކިން ޚާއްސަކޮށް މީގެކުރިން ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަންކުރިއިރު އަންހެންކުދިން ތައުލީމު އުނގެނުމުން މަހުރޫމްކޮށްފައިވާތީ މިފަހަރުވެސް އެހެން އެގޮތަށް ކޮށްފާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ސީއެންއެންއާ ވާހަކަދައްކަމުން ޠާލިބާންގެ ސްޕޯކްސްމަން ޒަބީޙުﷲ މުޖާހިދު ވިދާޅުވީ, އަންހެނުންނަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. ޠާލިބާނުން މިހާރު ގްރޭޑް 6ން ފެށިގެން 12އާ ދެމެދު ކިޔަވާ އަންހެންކުދިން ސްކޫލްތަކަށް ރައްކާތެރިކަމާއެކު ދެވޭނެ ގޮތެއް އިންތިޒާމުކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންހެންކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އަމަލުކުރަންޖެހޭ ވަކި ގަވާއިދުތަކެއް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން އުމުރުފުރާތަކުގެ އަންހެނުންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރައްވާ ޒަބީޙުﷲ ވިދާޅުވީ, އަމިއްލަ އަދި ސަރުކާރުގެ ޔުނިވަރސިޓީތަކުގައި އަންހެނުންނަށް މިހާރުވެސް ކިޔެވޭނެކަމަށެވެ.

އަންހެންކުދިންނަށް ސްކޫލްތަކަށް ދިޔުމުގެ ފުރުސަތު ބަންދުވުމާއެކު ޔުނިސެފުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވީއެންމެ އަވަހަކަށް އަންހެން ކުދިންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް