Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

އަފްޣާނިސްތާނުގެ ސްކޫލްތައް ފިރިހެންކުދިންނަށް ހުޅުވާލައިފި، އަންހެންކުދިންނަށް ހުޅުވާނެ ދުވަސް ހާމައެއް ނުކުރޭ

18 ސެޕްޓެމްބަރު 2021 | ހޮނިހިރު 03:00

ސަރުކާރާއި އަމިއްލަ ސްކޫލްތަކުގެ ތެރެއިން ޕްރައިމަރީ އަދި ސެކަންޑްރީއަށް ކިޔަވައިދޭ ސްކޫލްތައް ހޮނިހިރު ދުވަހުން ފެށިގެން ހުޅުވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 03:00
އަފްޣާނިސްތާންގެ އަންހެނުންތަކެއް

އަފްޣާނިސްތާންގެ އަންހެނުންތަކެއް

އަފްޣާނިސްތާނުގެ ސްކޫލްތައް ހޮނިހިރުން ދުވަހުން ފެށިގެން ފިރިހެން ކުދިންނަށް ހުޅުވާލާނެކަމަށް އެގައުމުގައި އަލަށް އެކުލަވާލާފައިވާ ތާލިބާން ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ފިރިހެން ކުދިންނަށް ސްކޫލްތައް އަލުން ހުޅުވާލިނަމަވެސް އަންހެން ކުދިންނަށް ސްކޫލްތައް ހުޅުވާލާނެ ތާރީޚެއް ހާމަކޮށްފައެއްނުވެއެވެ. އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން ހޯދިތާ މަސް ދުވަސްވެފައިވާއިރު ވެރިރަށް ކާބުލްގެ ތައުލީމު ދޭ ގިނަ ތަންތަން ހުރީ ބަންދުކޮށްފައެވެ. އެއީ އަލުން އާންމު ހާލަތަށް ރުޖޫއަވުމަށާއި އެގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ތާލިބާނުންނަށް ވަގުތު ބޭނުންވާތީއެވެ.

އަފްޣާނިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ހުރި ސްކޫލްތައް ގްރޭޑް ހަޔަކާ ހަމައަށް އަންހެން ކުދިންނަށް އަންނަނީ ކިޔަވައިދެމުންނެވެ. އަދި ބައެއް އަންހެނުން ޔުނިވަރސިޓީއަށްވެސް ދެއެވެ. ނަމަވެސް މަތީ ގްރޭޑްތަކުގައި ކިޔަވާ އަންހެންކުދިންނަށް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.

ތާލިބާންގެ އައު ސަރުކާރެއް އެކުލަވާލާފައިވާއިރު ތާލިބާނުން ބުނަމުން އަންނަނީ ކުރިން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު ގެންގުޅުނު ސިޔާސަތުތައް މިފަހަރު ނުގެންގުޅޭނެކަމަށެވެ. އެގޮތުން ކުރިން އަންހެންކުދިންނަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ބަންދުކޮށްފައި އޮތްނަމަވެސް މިފަހަރު އަންހެންކުދިންނަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދޭނެކަމަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް ކުލާސްތަކުގައި ތިބެންޖެހޭނީ ފިރިހެންކުދިންނާ ވަކިންކަމަށް ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި އަންހެނުން މަސައްކަތް ކުރުމަށް ތާލިބާނުން އަންނަނީ ހުރަސް އަޅަމުންނެވެ. އަދި އަންހެނުންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އެދި އަފްޣާނިސްތާނުގައި އަންހެނުން މުޒާހަރާވެސް ކޮށްފައިވެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ހޯދުމަށްފަހު ސްކޫލްތައް ބަންދުކުރަން އަންގާފައެއްނުވެއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އަންހެނުންނަށް އޭގެކުރިން ކުރުމުގެ ހުއްދައޮތް ކަންކަން ކުރިޔަށް އޮތްތަނުގައި ނުކުރެވޭނެކަމަށް ބުނެއެވެ. އެއަށްފަހު ނެރުނު މިބަޔާނުގައި އަންހެން ކުދިންގެ ވާހަކަ އެއްވެސް ވަރަކަށް ހިމަނާފައިނުވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ސަރުކާރާއި އަމިއްލަ ސްކޫލްތަކުގެ ތެރެއިން ޕްރައިމަރީ އަދި ސެކަންޑްރީ އަށް ކިޔަވައިދޭ ސްކޫލްތަކުގެ އިތުރުން ރަސްމީކޮށް ދީނީ ތައުލީމު ދެމުންގެންދާ ސްކޫލްތައް ހޮނިހިރު ދުވަހުން ފެށިގެން ހުޅުވާނެކަމަށެވެ. އަދި ހުރިހާ ޓީޗަރުންނާއި ފިރިހެން ކުދިން ކިޔެވެމަށް ސްކޫލަށް ހާޒިރުވާންޖެހޭނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަނެއްކޮޅުން ތާލިބާނުން ވަނީ ހުކުރު ދުވަހު ސަރުކާރުގެ އަންހެނުންނާ ބެހޭ ވުޒާރާ ބަންދުކޮށް ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައެވެ. މިއީ ދީނީ ކަންކަން ތަންފީޒުކުރުމަށް އުފައްދާފައިވާ ޑިޕާޓްމަންޓެކެވެ.

މިބަދަލާއެކު އެމިނިސްޓްރީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން އެއިދާރާގެ ބޭރުގައި ތިބެގެން މުޒާހަރާކުރަމުން ދާތަނުގެ ވީޑިއޯތައް އަންނަނީ ޓްވިޓަރ ގައި ދައުރުވަމުންނެވެ. މިދިޔަ ހަފްތާގެ ކުރީކޮޅު އަފްޣާނިސްތާނުގެ ގައުމީ ފުޓް ބޯޅަ ޓީމުވެސް ޕާކިސްތާނު ބޯޑަރު ހުރަސްކޮށް ވަނީ ފިލާފައެވެ.

ޕާކިސްތާނުގެ އިންފޮރމޭޝަން މިނިސްޓަރ ވިދާޅުވެފައިވަނީ ކުޅުންތެރިންއަތުގައި ދަތުރުކުރުމުގެ ހުއްދަ އޮތް ކަމަށެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް