Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޠާލިބާންގެ ޑެޕިޔުޓީ ލީޑަރ

ޠާލިބާންގެ ޑެޕިޔުޓީ ލީޑަރ އަބްދުލްޣަނީ ބަރާދަރު އަވަހާރަވެފައިވާކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފި

17 ސެޕްޓެމްބަރު 2021 | ހުކުރު 02:57

ހުންނެވީ ހެޔޮ ހާލުގައިކަމަށް ވަނީ ވިދާޅުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ސެޕްޓެމްބަރު 2021 | ހުކުރު 02:57
ޠާލިބާންގެ ޑެޕިޔުޓީ ލީޑާރ އަދި އަފްޣާނިސްތާނުގައި ތާލިބާނުން އެކުލަވާލާފައިވާ އައު ސަރުކާރުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ އަބްދުލްޣަނީ ބަރާދަރު

ޠާލިބާންގެ ޑެޕިޔުޓީ ލީޑާރ އަދި އަފްޣާނިސްތާނުގައި ތާލިބާނުން އެކުލަވާލާފައިވާ އައު ސަރުކާރުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ އަބްދުލްޣަނީ ބަރާދަރު

ޠާލިބާންގެ ޑެޕިޔުޓީ ލީޑަރ އަދި އަފްޣާނިސްތާނުގައި ޠާލިބާނުން އެކުލަވާލާފައިވާ އައު ސަރުކާރުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ އަބްދުލްޣަނީ ބަރާދަރު އަވަހާރަވެފައިވާކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

އަފްޣާނިސްތާނުގެ ބާރު ޠާލިބާނުން ހޯދިތާ ގާތްގަނޑަކަށް މަސްދުވަސްވެފައިވާއިރު ޠާލިބާނުންގެ ތެރޭގައި ބައިބައިވުންތައް އުފެދިފައިވާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި އައު ސަރުކާރު އެކުލަވާލުމަށްފަހު މިހާތަނަށްވެސް ބަރާދަރު ފެނިފައިނުވާތީ އޭނާ އަވަހާރަވީކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ. އެވާހަކަތައް ދޮގުކުރައްވައި އަފްޣާނިސްތާނުގެ ނޭޝަނަލް ބްރޯޑްކާސްޓަރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ކާބުލްއިން ދަތުރުކުރައްވަނި ކަމަށެވެ. އަދި ހުންނެވީ ހެޔޮ ހާލުގައިކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޠާލިބާނުންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ބުނެ މީޑިޔާގައި ފަތުރަމުން އަންނަނީ ދޮގު ޚަބަރެއްކަމަށް ވެސް ބަރާދަރު ވަނީ ވިދާޅުވެފައެވެ. ޠާލިބާނުންނަކީ ބޮޑު އާއިލާއެއްކަމަށާއި ތާލިބާނުންގެ ތެރޭގައި ބައިބައިވުން އޮތް ކަަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކަންބޮޑުނުވުމަށް ބިރާދަރު ވަނީ އެދިވަޑައިގެންފައެވެ. ކަންބޮޑުވާންޖެހޭ އެއްވެސް މައްސަލައެއްނެތް ކަމުގެ ޔަގީންކަން އަފްޣާނިސްތާނުގެ ރައްޔިތުންނަށާއި، މުޖާހިދުންނަށް އަދި ޒުވާނުންނާއި މުސްކުޅިންނަށް އަރުވާކަމަށް ބަރާދަރު ވިދާޅުވިއެވެ.

ޠާލިބާނުން ވަނީ ބަރާދަރު ކަންދަހާރުގައި ކުރިޔަށްގެންދެވި ބައްދަލުވުމެއްގެ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. ބަރާދަރަކީ ޠާލިބާނުންނާއި އެމެރިކާ އާ ދެމެދު ކުރިޔަށްގެންދިޔަ ސުލްހައިގެ ވާހަކަތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާއެވެ.

ފާއިތުވި ދުވަސްތަކުގައި ފެތުރިފައިވާ ޚަބަރުތަކަށް ބަލާލާއިރު ބިރާދަރުގެ ސަޕޯޓަރުންނާއި ސިރާޖުއްދީން ހައްޤާނީގެ ސަޕޯޓަރުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. ސިރާޖުއްދީން ހައްޤާނީ އަކީ ހައްޤާނީ ނެޓްވޯރކްގެ އެންމެ އިސްމީހާއެވެ. އަދި އަލަށް އެކުލަވާލާފައިވާ ސަރުކާރުގެ އިންޓީރިއަރ މިނިސްޓަރު ވެސް މެއެވެ.

ހައްޤާނީ ނެޓްވޯރކަކީ ޕާކިސްތާން ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. އަދި އެންމެ ނުރައްކާތެރި ޖާނުންފިދާވުމުގެ ހަމަލާތައް ދީފައިވަނީ މި ޖަމާއަތުންކަމަށް ވެސް ބެލެވެއެވެ.

ޠާލިބާނުންގެ އެތެރޭގައި މައްސަލަތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތައް ޠާލިބާނުން އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.

ބަރާދަރަކީ ތާލިބާނުން އަފްޣާނިސްތާނުގައި އެކުލަވާލާ އައު ސަރުކާރުގެ އެންމެ އިސްމީހާ ކަމަށް ކުރިން ވަނީ ބެލެވިފައެވެ. ނަމަވެސް އައު ސަރުކާރު އެކުލަވާލިއިރު ބަރާދަރަކީ އެ ސަރުކާރުގެ ދެވަނަ އަށް އެންމެ އިސްމީހައެވެ. އަދި އައު ސަރުކާރު އެކުލަވާލިފަހުން ބަރާދަރު އާންމުންގެ ތެރެއިން ވެސް ފެނިފައެއްނުވެއެވެ. މީގެއިތުރުން ގަތަރުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރި އަފްޣާނިސްތާނު ސަރުކާރުގެ ވަފުދުގައި ވެސް ބަރާދަރު ހިމެނިފައެއް ނުވެއެވެ.

މީގެއިތުރުން ޠާލިބާނުންގެ ސުޕްރީމް ލީޑަރ ނުވަތަ ރޫހީ ލީޑަރު ހިބަތުﷲ އަޚުންޒާދާ ވެސް އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ފަހުން އާންމުންގެ ތެރެއިން ފެނިފައެއްނުވެއެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް