Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒުވާން ގައުމީ ޓީމުގެ ކޭމްޕް

ފަހު މެޗުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

ޅ. އަތޮޅުގައި ކޭމްޕުގައި ޒުވާން ގައުމީ ޓީމު ވަނީ ހަ މެޗު ކުޅެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 14:00
ޒުވާން ގައުމީ ޓީމުން ކުރެންދޫއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ

ޒުވާން ގައުމީ ޓީމުން ކުރެންދޫއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ

ޅ. އަތޮޅުގައި ކުރިއަށްގެންދިޔަ ކޭމްޕުގައި ކުޅުނު ފަހު މެޗުންވެސް 23 އަހަރުން ދަށުގެ ގައުމީ ޓީމު މޮޅުވެއްޖެއެވެ.

މި ކޭމްޕުގައި ޒުވާން ގައުމީ ޓީމުން ހަ މެޗެއް ކުޅުނުއިރު، ފަހު މެޗުގައި ނުކުތީ ޅ. ކުރެންދޫއާ ދެކޮޅަށެވެ. އެ ރަށުގައި ކުޅުނު މި މެޗުން ޒުވާން ގައުމީ ޓީމު މޮޅުވީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުރެންދޫ ޓާފް ދަނޑުގައި ކުޅުނު މެޗުގައި ޒުވާން ގައުމީ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޔާމީން (ޔާން) އާއި، ނޫހް ތައުމީނާއި، މުޙައްމަދު ޖައިލަމް (އޮގީ) އާއި، ޒަޔާން ނަސީރު އަދި މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަލީ ޝަމާލެވެ.

ޅ. އަތޮޅުގައި ކުރިއަށްގެންދިޔަ ކޭމްޕް ނިންމާލުމަށްފަހު އާދީއްތަ ދުވަހު ޒުވާން ގައުމީ ޓީމު އެނބުރި މާލެ އަންނައިރު، މި ކޭމްޕުގައި އެ ޓީމުން ވަނީ ނައިފަރާއި ހިންނަވަރުގައި މެޗުތަކެއް ކުޅެފައެވެ. އެގޮތުން ނައިފަރުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ރަށާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަނަ މެޗުގައި ވަނީ ނ. ހޮޅުދޫއާވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްފައެވެ. އެކަމަކު ތިންވަނަ މެޗުން ވަނީ ނ. ކުޑަފަރި އަތުން 8-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ދެން ހިންނަވަރުގައި ކުޅުނު ފުރަތަމަ މެޗުގައި ރ. މީދޫ އަތުން ފަސޭހަކަމާއެކު 7-0 ގެ ނަތީޖާއަކުން ޒުވާން ގައުމީ ޓީމު މޮޅުވިއިރު، ދެވަނަ މެޗުން ވަނީ ހިންނަވަރު އަތުން 4-0 ނަތީޖާއަކުން މޮޅުވެފައެވެ.

ޒުވާން ގައުމީ ޓީމުގެ ކޯޗުގެ މަގާމު ރަސްމީކޮށް އަލީ ސުޒޭނާ ހަވާލުކޮށްފައިވީ ނަމަވެސް، އޭގެ ފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ސީނިއާ ގައުމީ ޓީމުގެ ޒިންމާވެސް ސުޒޭނާ ހަވާލުކޮށްފައެވެ. އެހެންކަމުން މި ކޭމްޕުގައި ސުޒޭން ބައިވެރިވެފައި ނުވާއިރު، ޒުވާން ގައުމީ ޓީމުގެ ކަންކަން މިހާރު ބަލަހައްޓަމުން އަންނަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ޒުވާން ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ.

އޭޝިއަން ކަޕުގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމު ވާދަކުރާއިރު، އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ބަހްރޭނުގައި ކުޅޭއިރު، ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްޣާނިސްތާނެވެ.

ކޮލިފައިންގެ ކުރިން ބަހްރޭނުގައިވެސް 10 ވަރަކަށް ދުވަހު ޒުވާން ގައުމީ ޓީމު ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ހިންނަވަރު އަތުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

ހިންނަވަރު އަތުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

10 ސެޕްޓެމްބަރު 2021
މީދޫ އަތުން ޒުވާން ގައުމީ ޓީމަށް ބޮޑު މޮޅެއް

މީދޫ އަތުން ޒުވާން ގައުމީ ޓީމަށް ބޮޑު މޮޅެއް

09 ސެޕްޓެމްބަރު 2021
ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ފަސް މެޗު ކުޅެނީ

ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ފަސް މެޗު ކުޅެނީ

30 އޯގަސްޓު 2021
ޅ. އަތޮޅުގައި ބާއްވާ ކޭމްޕުން ޒުވާން ގައުމީ ޓީމަށް އެރުމުގެ ފުރުސަތު

ޅ. އަތޮޅުގައި ބާއްވާ ކޭމްޕުން ޒުވާން ގައުމީ ޓީމަށް އެރުމުގެ ފުރުސަތު

18 އޯގަސްޓު 2021
23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން

23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން

10 އޯގަސްޓު 2021

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު