Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒުވާން ގައުމީ ޓީމުގެ ކޭމްޕް

ހިންނަވަރު އަތުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

ފަހު މެޗުގައި ޒުވާން ގައުމީ ޓީމު ނުކުންނާނީ ކުރެންދޫއާ ދެކޮޅަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2021 | ހުކުރު 14:48
ޒުވާން ގައުމީ ޓީމުން ހިންނަވަރާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ

ޒުވާން ގައުމީ ޓީމުން ހިންނަވަރާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރަ

ޅ. އަތޮޅުގައި ކުރިއަށްގެންދާ ކޭމްޕުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅުނު ފަސްވަނަ މެޗުން އެ އަތޮޅު ހިންނަވަރު އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ހިންނަވަރު ޓާފް ދަނޑުގައި ކުޅުނު މި މެޗުން ޒުވާން ގައުމީ ޓީމު މޮޅުވީ 4-0 ނަތީޖާއަކުންނެވެ.

ހުކުރު ދުވަހުގެ ހަވީރު ކުޅުނު މި މެޗުގައި ގައުމީ ޓީމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސަޔާމް ސައީދާއި، ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުޙައްމަދު ޖައިލަމް (އޮގީ) އާއި، އިސްމާޢީލް ޒާން އާމިރު އަދި ނޫހު ތައުމީނެވެ. މި މެޗުގައި ހިންނަވަރު ޓީމަށް އިރުޝާދުދީފައިވަނީ މި ވަގުތު އެ ރަށުގައި ކޯޗިންގެ ހަރަކާތްތަކެއް ކުރިއަށްގެންދަމުން އަންނަ ތަޖުރިބާކާރު ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ހިންނަވަރުގައި ކުޅުނު ދެވަނަ މެޗުން ޒުވާން ގައުމީ ޓީމު މޮޅުވިއިރު، އެ ރަށުގައި ކުޅުނު ފުރަތަމަ މެޗުން ޒުވާން ގައުމީ ޓީމު ވަނީ ރ. މީދޫ އަތުން ފަސޭހަކަމާއެކު 7-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މީގެ ކުރިން ޒުވާން ގައުމީ ޓީމު ވަނީ ނައިފަރުގައި ތިން މެޗެއް ކުޅެފައެވެ. އެގޮތުން ނައިފަރުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ރަށާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަނަ މެޗުގައި ވަނީ ނ. ހޮޅުދޫއާވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްފައެވެ. އެކަމަކު ތިންވަނަ މެޗުން ވަނީ ނ. ކުޑަފަރި އަތުން 8-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ހިންނަވަރުގައި ޒުވާން ގައުމީ ޓީމުން ކުޅޭ ފަހު މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ ޅ. ކުރެންދޫއާ ދެކޮޅަށެވެ. މި ކޭމްޕް ނިންމާލުމަށްފަހު ޒުވާން ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ އެ މެޗުތަކުގައި ރަނގަޅު ކުޅުންތެރިން ފާހަގަވެއްޖެނަމަ، ޒުވާން ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ. ޒުވާން ގައުމީ ޓީމާ ސުޒޭން ހަވާލުވި ނަމަވެސް، އޭގެ ފަހުން އެފްއޭއެމުން ވަނީ ސީނިއާ ގައުމީ ޓީމުގެ ޒިންމާވެސް ސުޒޭނާ ހަވާލުކޮށްފައެވެ. އެހެންކަމުން މި ކޭމްޕުގައި ސުޒޭން ބައިވެރިނުވާއިރު، މި ވަގުތު ޒުވާން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަމުން އަންނަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ޒުވާން ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ.

އޭޝިއަން ކަޕުގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމު ވާދަކުރާއިރު، އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ބަހްރޭނުގައި ކުޅޭއިރު، ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްޣާނިސްތާނެވެ.

ކޮލިފައިންގެ ކުރިން ބަހްރޭނުގައިވެސް 10 ވަރަކަށް ދުވަހު ޒުވާން ގައުމީ ޓީމު ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު މެޗުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

ފަހު މެޗުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

11 ސެޕްޓެމްބަރު 2021
މީދޫ އަތުން ޒުވާން ގައުމީ ޓީމަށް ބޮޑު މޮޅެއް

މީދޫ އަތުން ޒުވާން ގައުމީ ޓީމަށް ބޮޑު މޮޅެއް

09 ސެޕްޓެމްބަރު 2021
ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ފަސް މެޗު ކުޅެނީ

ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ފަސް މެޗު ކުޅެނީ

30 އޯގަސްޓު 2021
ޅ. އަތޮޅުގައި ބާއްވާ ކޭމްޕުން ޒުވާން ގައުމީ ޓީމަށް އެރުމުގެ ފުރުސަތު

ޅ. އަތޮޅުގައި ބާއްވާ ކޭމްޕުން ޒުވާން ގައުމީ ޓީމަށް އެރުމުގެ ފުރުސަތު

18 އޯގަސްޓު 2021
23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން

23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން

10 އޯގަސްޓު 2021

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު