Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒުވާން ގައުމީ ޓީމުގެ ކޭމްޕް

މީދޫ އަތުން ޒުވާން ގައުމީ ޓީމަށް ބޮޑު މޮޅެއް

ޒުވާން ގައުމީ ޓީމުން ހިންނަވަރުގައި އިތުރު ދެ މެޗެއް ކުޅޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 14:31
ޒުވާން ގައުމީ ޓީމާއި މީދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ޒުވާން ގައުމީ ޓީމާއި މީދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ޅ. އަތޮޅުގައި ކުރިއަށްގެންދާ ކޭމްޕުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުން ކުޅުނު ހަތަރުވަނަ މެޗުން ރ. މީދޫ އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ހިންނަވަރު ޓާފް ދަނޑުގައި ކުޅުނު މި މެޗުން ޒުވާން ގައުމީ ޓީމު މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މި މެޗުގައި ގައުމީ ޓީމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ޒުވާން ފޯވާޑް އަބްދުﷲ ޔާމީން (ޔާން) އާއި، އަޙްމަދު ބައްސާމް މުޙައްމަދު ނައީމާއި، ޒަޔާން ނަސީރު އަދި އަރީން އަބްދުﷲ އިބްރާހީމެވެ. މީގެ ތެރެއިން ބައްސާމް، ޒަޔާން އަދު އަރީން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ.

ހިންނަވަރުގައި ކުޅުނު ފުރަތަމަ މެޗުން ޒުވާން ގައުމީ ޓީމު މޮޅުވިއިރު، މީގެ ކުރިން ޒުވާން ގައުމީ ޓީމު ވަނީ ނައިފަރުގައި ތިން މެޗެއް ކުޅެފައެވެ. އެގޮތުން ނައިފަރުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ރަށާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަނަ މެޗުގައި ވަނީ ނ. ހޮޅުދޫއާވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްފައެވެ. އެކަމަކު ތިންވަނަ މެޗުން ވަނީ ނ. ކުޑަފަރި އަތުން 8-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ހިންނަވަރުގައި ޒުވާން ގައުމީ ޓީމުން އިތުރު ދެ މެޗެއް ކުޅޭއިރު، ހުކުރު ދުވަހު ޒުވާން ގައުމީ ޓީމު ނުކުންނާނީ ހިންނަވަރާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހު ނުކުންނާނީ ޅ. ކުރެންދޫއާ ދެކޮޅަށެވެ. މި ކޭމްޕް ނިންމާލުމަށްފަހު ޒުވާން ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ އެ މެޗުތަކުގައި ރަނގަޅު ކުޅުންތެރިން ފާހަގަވެއްޖެނަމަ، ޒުވާން ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް ބުނެފައެވެ. ޒުވާން ގައުމީ ޓީމާ ސުޒޭން ހަވާލުވި ނަމަވެސް، އޭގެ ފަހުން އެފްއޭއެމުން ވަނީ ސީނިއާ ގައުމީ ޓީމުގެ ޒިންމާވެސް ސުޒޭނާ ހަވާލުކޮށްފައެވެ. އެހެންކަމުން މި ކޭމްޕުގައި ސުޒޭން ބައިވެރިނުވާއިރު، މި ވަގުތު ޒުވާން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަމުން އަންނަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ޒުވާން ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ.

އޭޝިއަން ކަޕުގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމު ވާދަކުރާއިރު، އެ މުބާރާތުގެ ކޮލިފައިން މެޗުތައް މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ބަހްރޭނުގައި ކުޅޭއިރު، ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްޣާނިސްތާނެވެ.

ކޮލިފައިންގެ ކުރިން ބަހްރޭނުގައިވެސް 10 ވަރަކަށް ދުވަހު ޒުވާން ގައުމީ ޓީމު ކޭމްޕުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު މެޗުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

ފަހު މެޗުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

11 ސެޕްޓެމްބަރު 2021
ހިންނަވަރު އަތުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

ހިންނަވަރު އަތުންވެސް ޒުވާން ގައުމީ ޓީމަށް މޮޅެއް

10 ސެޕްޓެމްބަރު 2021
ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ފަސް މެޗު ކުޅެނީ

ޒުވާން ގައުމީ ޓީމުން ޅ. އަތޮޅުގައި ފަސް މެޗު ކުޅެނީ

30 އޯގަސްޓު 2021
ޅ. އަތޮޅުގައި ބާއްވާ ކޭމްޕުން ޒުވާން ގައުމީ ޓީމަށް އެރުމުގެ ފުރުސަތު

ޅ. އަތޮޅުގައި ބާއްވާ ކޭމްޕުން ޒުވާން ގައުމީ ޓީމަށް އެރުމުގެ ފުރުސަތު

18 އޯގަސްޓު 2021
23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން

23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ސުޒޭން

10 އޯގަސްޓު 2021

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު