Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ ބަޔާން

ބަޔާން ނަގަން އަންނަން ޖެހޭ ސަބަބެއް ނުވިސްނޭ، މިއީ އަޅުގަނޑުގެ މައްޗަށް އުފުލޭ ދައުވާއެއް ނޫން: ރައީސް ނަޝީދު

ފުލުހުން އިނގިރޭސިވިލާތުގެ އިދާރާތަކާ މަޝްވަރާކުރުމަކީ ބޭނުންތެރިކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 12:15
ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތުގައި

ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށާއި ޝަރީއަތަށް, އެމަނިކުފާނުގެ ބަޔާން ނެންގެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމާއި ފުލުހުންގެ ޓީމެއް އިނގިރޭސިވިލާތަށް ދިއުމަށް ތައްޔާރުވެފައިވާއިރު, ބަޔާން ނަގަން ދާންޖެހޭ ސަބަބު ވިސްނިވަޑައިނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ މިއީ އެމަނިކުފާނުގެ މައްޗަށް އުފުލޭ ދައުވާއެއް ނޫންކަމަށާއި ފުލުހުން އިނގިރޭސިވިލާތުގެ އިދާރާތަކާ މަޝްވަރާކުރުމަކީ ބޭނުންތެރިކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ވަކީލު އަޙުމަދު ނާޒިމް ޢަބްދުއްސައްތާރު ވިދާޅުވީ ރައީސް ނަޝީދު މިހާރު ހުންނެވީ ބަޔާން ދެއްވަން ތައްޔާރަށް ކަމަށާއި، މައްސަލައިގެ ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެގުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ބަޔާން ދެއްވަން ތައްޔާރަށް ހުންނެވިކަން ރައީސް ނަޝީދުގެ ފަރާތްޕުޅުން ސިޓީއަކުން ވަނީ ޕީޖީއަށްވެސް އަންގަވާފައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމަކާއެކު އިގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ މަޝްވަރާތަކެއް ފުލުހުންނާއި ޕީޖީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. ނަމަވެސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ވަކި ތާރީޚެއް އަދި ކަނޑައަޅުއްވާފައެއް ނުވެއެވެ. އެގޮތުން ކޮވިޑް-19ގެ ހާލަތާއި ދަތުރުފަތުރުގައި ހުރި ގޮންޖެހުންތަކާއެކު އެކަމަށް ލަސްތަކެއް އައިސްފައިވާކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ނަޝީދުގެ ބަޔާނެއް ވަރަށް މުހިއްމުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމުވެސް ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުން ވެސް ވަނީ މިގޮތަށް ބުނެފައެވެ. ޝަރީއަތަށް ރައީސް ނަޝީދުގެ ބަޔާނެއް މުހިއްމުވުމުން އެމަނިކުފާނުގެ ފަރާތުން ވަކީލަކަށް އަޙުމަދު ނާޒިމް ޢަބްދުއްސައްތާރު ހަމަޖައްސައްވާފައިވަނީ އޮގަސްޓް މަހުގެ 5ވަނަ ދުވަހުއެވެ.

މި ހަމަލާއާގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވަނީ, ހަމަލާއާގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުން ކަމަށްވާ އަޙުމަދު އަދުހަމާއި, މުޖާޒް އަޙުމަދާއި, ތަހުމީން އަޙުމަދުގެ މައްޗަށާއި, ބޮން ގޮއްވާލި ސައިކަލުގައި އެ ބޮން ހަރުކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ ޢަލީ ހައިޝަމްގެ މައްޗަށެވެ.

6 މެއިގައި ރައީސް ނަޝީދަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަހުގީގު އަދިވެސް ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވުމާއެކު, އެ ތަހުގީގު ނިމި، އެކަންރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރު ނުކުރަނީސް އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި ހެޔޮއެދޭ އެތައް ބަޔަކާއި އަދި އެމަނިކުފާނު ވެސް ޖެހިލުންވެވަޑައިގަންނަވާ ކަމެއްކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވަނީ ރާއްޖެ ވަޑައިނުގެން މަޑު ކުރެއްވުމަށް ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު