Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުން ގާނޫނީ ވަކީލުން ފޯރުކޮށްދިނުން

ދައުލަތުން 140 މީހަކަށް ގާނޫނީ ވަކީލުން ފޯރުކޮށްދީފީ

ތުހުމަތުކުރެވޭ މީހުންނަށް ގާނޫނީ ވަކީލުން ހަމަނުޖެއްސޭނަމަ ދައުލަތުން އެކަން ކޮށްދޭންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 17:04
ގާނޫނީ ވަކީލުން

ގާނޫނީ ވަކީލުން

މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ދައުލަތުގެ ފަރާތުން 140 މީހަކަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން އޮގަސްޓުގެ ނިޔަލަށް 140 މީހަކަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ 74 ކުދިންނަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، 18 އަހަރާ 30 އަހަރާ ދެމެދުގެ 28 މީހަކަށް މި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، 31 އަހަރާއި 50 އަހަރާ ދެމެދުގެ 31 މީހެއްގެ އިތުރުން 51 އަހަރުން މަތީގެ 7 މީހަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ ކުޑަކުދިންގެ ތެރެއިން އެންމެ ގިނައިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި 40 ކުއްޖަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. 18 އަހަރުން މަތީގެ މީހުންގެ ތެރެެއިންވެސް އެންމެ ގިނަ ބަޔަކަށް މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި 38 މީހަކަށް ވަނީ ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުންވެސް އިޖުތިމާއީ އެހެނިހެން މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއް އައްޔަންކޮށްދޭން ވާނެއެވެ. އަދި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުޑަ ކުއްޖަކަށް ގާނޫނީ ވަކީލަކު ބޭނުންވެ، އެ ކުއްޖާގެ ފަރާތުން އެކަން ކުރެވެން ނެތް ނަމަ، އެކުއްޖާއަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލަކު ހަމަޖައްސައިދޭން ޖެހެއެވެ.

ބަންޑާރަނައިބުގެ އޮފީސް

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

13 އޮކްޓޯބަރު 2025
ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް
12 އޮކްޓޯބަރު 2025

އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ

12 އޮކްޓޯބަރު 2025
އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ
09 އޮކްޓޯބަރު 2025

ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ

09 އޮކްޓޯބަރު 2025
ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ
08 އޮކްޓޯބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް

08 އޮކްޓޯބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް
08 އޮކްޓޯބަރު 2025

ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2025
ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2025

ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާ ގައި މުއިއްޒު ބައިވެރިވެވަޑައިގެންފި

14 ސެޕްޓެމްބަރު 2025
ބަންޑާރަނައިބުގެ އޮފީހަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާ ގައި މުއިއްޒު ބައިވެރިވެވަޑައިގެންފި
25 ޖޫން 2025

ސަރުކާރުން ބިލްތަކަށް އިސްލާހު ގެންނަ ގޮތުން ރައްޔިތުންގެ މަލާމަތް ރައްދުވޭ: މެންބަރު މައުރޫފް

25 ޖޫން 2025
ސަރުކާރުން ބިލްތަކަށް އިސްލާހު ގެންނަ ގޮތުން ރައްޔިތުންގެ މަލާމަތް ރައްދުވޭ: މެންބަރު މައުރޫފް
23 ޖުލައި 2024

ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި

23 ޖުލައި 2024
 ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
24 އޮކްޓޯބަރު 2023

ލިޓަންގެ މަރުގެ މައްސަލަ: ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމާނެ

24 އޮކްޓޯބަރު 2023
ލިޓަންގެ މަރުގެ މައްސަލަ: ހެކި ރައްކާތެރިކުރުމާ ގުޅޭގޮތުން ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމާނެ
10 އޮކްޓޯބަރު 2023

ހިނގަމުންދާ ވެރިކަމެއްގައި، އިންތިޚާބީ ރައީސަށް ތަޅު އެޅުވިދާނެތަ؟ - "ބަންޑާރަ ނައިބުގެ އޮފީހުގެ ސާފު ލަފައެއް އެބައޮތް"

10 އޮކްޓޯބަރު 2023
ހިނގަމުންދާ ވެރިކަމެއްގައި، އިންތިޚާބީ ރައީސަށް ތަޅު އެޅުވިދާނެތަ؟ - "ބަންޑާރަ ނައިބުގެ އޮފީހުގެ ސާފު ލަފައެއް އެބައޮތް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު