Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

އަފްޣާނިސްތާނުގެ އިތުރު ބައިމިލިއަން މީހުން މިއަހަރު ނިމުމުގެ ކުރިން ރެފިޔުޖީންނަށް ވާނެ: އދ

28 އޯގަސްޓު 2021 | ހޮނިހިރު 03:36

ކޮންމެ ދުވަހަކުވެސް ހާހެއްހާ މީހުން އިރާނަށް ވަންނަމުންދާކަމަށް އދން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އޯގަސްޓު 2021 | ހޮނިހިރު 03:36
ޗަމަން ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް އެތެރެވުމަށްވެސް ގިނަ ބަޔަކު ދަނީ މަސައްކަތްކުރަމުން

ޗަމަން ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް އެތެރެވުމަށްވެސް ގިނަ ބަޔަކު ދަނީ މަސައްކަތްކުރަމުން

އަފްޣާނިސްތާނުގެ އިތުރު ބައި މިލިއަން މީހުން މިއަހަރު ނިމުމުގެކުރިން އެގައުމު ދޫކޮށް ރެފިޔުޖީންގެ ގޮތުގައި އެކި ގައުމުތަކަށް ހިޖުރަކުރާނެ ކަމަށް އދ ގެ ރެފިޔުޖީންނާ ބެހޭ އެޖެންސީ ޔޫއެންއެޗްސީއާރުން ބުނެފިއެވެ.

އދ ގެ ރެފިޔުޖީންނާ ބެހޭ އެޖެންސީން ވަނީ އަފްޣާނިސްތާނާ އިންވެގެންވާ ގައުމުތަކުގެ ބޯޑަރުތައް އަފްޣާނިސްތާން ދޫކޮށް އެގައުމުތަކަށް ދާން ބޭނުންވާ މީހުންނަށް ހުޅުވާލަދިނުމަށްވެސް އެދިފައެވެ. އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުން އަލުން ހޯދުމާއެކު ފާއިތުވި ދުވަސްތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު ވަނީ އެއްގަމާއި ވައިގެ މަގުން އަފްޣާނިސްތާން ދޫކޮށް ގޮސްފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހާހެއްހާ މީހުން އިރާނަށް ވަންނަމުންދާކަމަށް ރެފިޔުޖީންގެ ކަންތައްތަކާއި ހަވާލުވެފައިވާ އެޖެންސީގެ ޑެޕިޔުޓީ ހައި ކޮމިޝަނަރ ކެލީ ކްލެމެންޓްސް ވިދާޅުވިއެވެ. މީގެއިތުރުން ބައެއް ވިޔަފާރިވެރިން ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ދަތުކުރަމުންދާކަމަށްވެސް ކެލީ ވިދާޅުވިއެވެ.

ޖެނީވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކެލީ ވިދާޅުވީ އެންމެ މަދުވެގެންވެސް ބައި މިލިއަން މީހުން ރެފިޔުޖީންނަށް ކުރިޔަށް އޮތް ހަތަރު މަހު ވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަފްޣާނިސްތާނުން ބޭރަށް އެއް ފަހަރާ ގިނަ އަދަދެއްގެ ބަޔަކު ދާތަން އަދި ނުފެނުނުނަމަވެސް އަފްޣާނިސްތާނުގެ އެތެރޭގައި ކަންކަން ބަދަލުވަމުންދަނީ އެއްވެސް މީހަކަށް އަންދާޒާކޮށްލަންވެސް ނޭންގޭހާ ހަލުވި މިނުގައި ކަމަށް ކެލީ ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނަށް އެތެރެވެފައިވަނީ މަދު އަދަދެއްގެ ބަޔެއްކަމަށްވެސް ކެލީ ވިދާޅުވިއެވެ. ކުރިޔަށް އޮތް ހަތަރު މަހެއްހާ ދުވަސްތެރޭގައި ބައި މިލިއަން މީހުން ރެފިޔުޖީންނަށް ވެގެންދާއިރު އެމީހުން ދާނެ ގައުމުތަކުގެ ގޮތުގައި ބެލެވިފައިވަނީ އިރާނާއި ޕާކިސްތާނުގެ އިތުރުން އޭޝިޔާގެ މެދުތެރޭގައި ހިމެނޭ ގައުމުތަކަށްކަމަށް ކެލީ ވިދާޅުވިއެވެ. އަދި ބައި މިލިއަން ރެފިޔުޖީންގެ ކަންކަން ހަމަޖެއްސުމަށް ކޮންޓިންޖެންސީ ޕްލޭނެއް އެކުލަވާލަމުންދާކަމަށް ކެލީ ވިދާޅުވިއެވެ.

ރެފިޔުޖީންގެ އަދަދު މައްޗަށްދާނެ ސަބަބެއް ކެލީ ހާމައެއްނުކުރައްވައެވެ.

އަނެއްކޮޅުން ރެފިޔުޖީންގެ ކަންކަމާބެހޭ އެޖެންސީގެ ހައިކޮމިޝަނަރ ޕިލިފޯ ގްރާންޑި ވަނީ ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވެން ޑަރ ލިޔެންގެ އިތުރުން އެހެންވެސް އެހީތެރިކަން ފޯރުކޮށްދޭ ޖަމާއަތްތަކާއި އެކު ރެފިޔުޖީންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި އެހެނިހެން ކަންކަމުގައި ބޭނުންވާނެ ފައިސާއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން އަފްޣާނިސްތާނުގެ އެތެރޭގައި އަންހެނުންނަށް އެއް ދުވަހުން އަނެއް ދުވަހަށް ކުރިމަތިވަމުން އަންނަ ބިރުވެރިކަން އިތުރުވަމުން އަންނަކަމަށް އޭޝިޔާ ޕެސިފިކް ނެޓްވޯރކުން ވަނީ ބުނެފައެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް