Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ރައީސް

ޣަނީ އަފްޣާނިސްތާނު ދޫކޮށް ވަޑައިގެންނެވީ 169 މިލިއަން އެމެރިކާ ޑޮލަރާއެކު ކަމުގެ ތުހުމަތުތަކެއް

19 އޯގަސްޓު 2021 | ބުރާސްފަތި 03:32

ސަފީރު ވިދާޅުވީ ޣަނީ ގައުމު ދޫކުރައްވާ ފިއްލެވީ ގައުމަށް ގައްދާރުވުމަށްފަހު ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އޯގަސްޓު 2021 | ބުރާސްފަތި 03:32
އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ

އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވާ ވަޑައިގެންނެވީ 169 މިލިއަން އެމެރިކާ ޑޮލަރު ހިއްޕަވައިގެންކަމަށް ވިދާޅުވެ ޣަނީ ހައްޔަރުކުރުމަށް އަފްޣާނިސްތާނުން ތަޖިކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޒާހިރު ގަބަރު ގޮވާލައްވައިފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ވިދާޅުވީ ޣަނީ ގައުމު ދޫކުރައްވާ ފިއްލެވީ ގައުމަށް ގައްދާރުވުމަށްފަހު ކަމަށެވެ. އަދި އަފްޣާނިސްތާނުގެ މިހާރުގެ ރައީސަކަށް ގާނޫނީ ގޮތުން ވާނީ ޣަނީގެ ޑެޕިޔުޓީ އަމްރުﷲ ސަލާހް ކަމަށް ވެސް ސަފީރު ޒާހިރު ވިދާޅުވިއެވެ.

އަޝްރަފް ޣަނީ ވަޑައިގެންނެވީ ޠާލިބާނުންނަށް ގައުމު ދީފައިކަމަށް ޒާހިރު ވިދާޅުވިއެވެ. 350،000ށް ވުރެ ގިނަ ފައުޖު އަފްޣާނިސްތާނުގައި އޮތް ކަމަށާއި އެ އެންމެންނަކީ ވެސް އެންމެ ފަހުގެ ހަތިޔާރާއެކު މިލިޓަރީ ތަޖުރިބާ ލިބިފައިވާ މީހުންކަމަށް ޒާހިރު ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް ބަޔަކު ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަނުކުރާ ކަމަށް ޒާހިރު ވިދާޅުވިއެވެ.

މިކަން ފެނިގެންދިޔައީ އަފްޣާނިސްތާނުގެ އުތުރުގައި ތަޖިކިސްތާނު ބޯޑަރު ކައިރި ސަރަހައްދުގައި ކަމަށް ޒާހިރު ވިދާޅުވިއެވެ. އެސަރަހައްދުގެ 20 ޑިސްޓްރިކްޓް ޠާލިބާނުންގެ ބާރުގެ ދަށަށް ދިޔައީ ފަސޭހަކަމާއެކު ކަމަށާއި ޠާލިބާނުންނާ ދެކޮޅަށް އަފްޣާނިސްތާނުގެ ސިފައިން ހަނގުރާމަނުކުރާކަން ވަނީ ޒާހިރު ފާހަގަކުރައްވާފައެވެ.

ޒާހިރު ވަނީ ޣަނީ ކުރީބައިގައި ޠާލިބާނުންނާއެކު އެއްބަސްވުމަކަށް އައިސްފައިވެދާނެކަމަށް ވިދާޅުވެފައެވެ.

ޒާހިރު އިތުރަށް ވިދާޅުވީ ޠާލިބާން ފަދަ ހަނގުރާމަވެރި ޖަމާއަތެއް އަފްޣާނިސްތާނުގައި ވެރިކަންކޮށް އަވަށްޓެރި ގައުމުތަކަށް ބިރަކަށްވުމަށް އެދިވަޑައިނުގަންނަވާކަމަށެވެ. ޠާލިބާނުންގެ ތެރޭގައި މިފަހަރު ބޭރު ގައުމުތަކުގެ ހަނގުރާމަވެރިން ވެސް އުޅޭކަމަށް ޒާހިރު ވިދާޅުވިއެވެ.

ޣަނީގެ ޑެޕިޔުޓީ ކަމުގައި ހުންނެވި އަމްރުﷲ ސަލާހު ވެސް ވަނީ އެ ގައުމުގެ ރައީސް ނެތް ވަގުތެއްގައި، މަރުވެއްޖެނަމަ ނުވަތަ ފިލައިގެން ގޮސްފިނަމަ ރައީސްކަމަށް އަންނާނީ ޑެޕިޔުޓީ ކަމަށް ގާނޫނު އަސާސީގައި އޮންނަކަމަށް ވިދާޅުވެފައެވެ.

އަފްޣާނިސްތާނުގެ ބޮޑު ބައި ކޮންޓްރޯލްކުރަމުން އަންނަ ޠާލިބާނުން އަންނަނީ އައު ސަރުކާރެއް އެކުލަވާލުމުގެ ޕްލޭންތައް ރާވަމުންނެވެ. އަދި ސަލާހު ވިދާޅުވި ވިދާޅުވުމާ ގުޅޭގޮތުން ޠާލިބާނުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ޣަނީ ވަޑައިގެންނެވިކަމަށް ދެކެވޭ ވާހަކަތައް ޣަނީ ވަނީ ދޮގުކުރައްވާފައެވެ. އެގޮތުން މިވަގުތު ޔޫއޭއީގެ ހިމާޔަތުގައި އެގައުމުގައި ހުންނެވި ޣަނީ ފޭސްބުކް މެދުވެރިކޮށް ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ގައުމު ދޫކުރެއްވީ ހަމައެކަނި ލާނެ ހެދުން ހިފައިގެންކަމަށެވެ. ފައިސާ ނުގެންނަކަމަށާއި އެއީ އަބުރުކަތިލުމުގެ ގޮތުން ދައްކާ ވާހަކަތަކެއްކަމަށް ޣަނީ ވިދާޅުވިއެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް