Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ރައީސް

ގައުމު ދޫކުރީ ހަމައެކަނި ލާނެ ހެދުން ހިފައިގެން، ފައިސާއެއް ނުގެންނަން، އަނބުރާ ގައުމަށް ދިޔުމާމެދު މިއަންނަނީ ވާހަކަދައްކަމުން: އަޝްރަފް ޣަނީ

19 އޯގަސްޓު 2021 | ބުރާސްފަތި 02:51

އީޔޫން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންސާނިއްޔަތަށްޓަކައި އަޝްރަފް ޣަނީ އާއި ޣަނީގެ އާއިލާ ޔޫއޭއީގައި ތިބުމުގެ ކަންކަން ހަމަޖައްސާފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 އޯގަސްޓު 2021 | ބުރާސްފަތި 02:51
އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ

ޠާލިބާނުން ކާބުލް ހިފުމާއެކު ގައުމު ދޫކުރައްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެން ހުންނެވި އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ފުރަތަމަ ފަހަރަށް އާންމުންނާ މުޚާތަބުކޮށް ފޭސްބުކް ލައިވް މެދުވެރިކޮށް ވާހަކަދައްކަވައިފިއެވެ.

ފޭސްބުކް ލައިވްގައި ވާހަކަދައްކަވަމުން ޣަނީ ވަނީ ކާބުލް ދޫކުރެއްވީ ލޭ އޮހޮރުވުމަކަށް ގައުމަށް ހިނގައިދާނެތީ އެކަމުން ގައުމު ސަލާމަތްކުރުމަށްކަމަށް ވިދާޅުވެފައެވެ. އަދި ގައުމު ދޫކުރެއްވިއިރު ގިނަ އަދަދެއްގެ ފައިސާ އާއެކު ޣަނީ ވަޑައިގެންނެވިކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ވެސް ވަނީ ދޮގުކުރައްވާފައެވެ.

ޠާލިބާނުން ކާބުލް ހިފުމާއެކު ޣަނީ ވަނީ ކުއްލި ގޮތަކަށް ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަފްޣާނިސްތާނުގެ ތެރެއިންނާއި ބޭރުން ޣަނީއަށް ވަނީ އަމާޒުވެފައެވެ. އަދި ޣަނީ ވަޑައިގެންނެވި ގައުމަކާމެދު ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން ބުދަ ދުވަހު ޔޫއޭއީން ޣަނީ ހުންނެވީ އެގައުމުގައި ކަން ރަސްމީކޮށް ހާމަކުރުމާ ހަމައަށް ޣަނީ ވަޑައިގެން ހުންނެވީ ތަޖަކިސްތާން، އުޒްބެކިސްތާން ނުވަތަ އޮމާންގައި ކަމަށް ވަނީ ވާހަކަދެކެވިފައެވެ.

ބުދަ ދުވަހު އީޔޫން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންސާނިއްޔަތަށްޓަކައި އަޝްރަފް ޣަނީ އާއި ޣަނީގެ އާއިލާ ޔޫއޭއީގައި ތިބުމުގެ ކަންކަން ހަމަޖައްސާފައިވާކަމަށެވެ.

ޔޫއޭއީގައި ހުންނަވައި ފޭސްބުކް މެދުވެރިކޮށް ވާހަކަދައްކަވަމުން ޣަނީ ވިދާޅުވީ ގައުމުގައި މަޑުކުރެއްވިނަމަ ކާބުލްގައި ލޭއޮހޮރުވުންތައް ހިނގާނެކަމަށެވެ. އަދި ގައުމު ދޫކުރެއްވީ ސަރުކާރުގެ އޮފިޝަލުންތަކެއްގެ ލަފައާއެކު ކަމަށް ވެސް ޣަނީ ވިދާޅުވިއެވެ.

މީގެއިތުރުން އެތައް މިލިއަނެއް ޑޮލަރަކާއެކު ޣަނީ ވަޑައިގެންނެވިކަމަށް ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި ޣަނީ ވިދާޅުވީ އެއީ އެމަނިކުފާނުގެ އަބުރު ކަތިލުމުގެ ގޮތުން ދައްކަމުންދާ އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަމަށެވެ.

ތަޖަކިސްތާނަށް ކަނޑައަޅާފައި ހުންނަވާ އަފްޣާނިސްތާނުގެ ސަފީރު މުހައްމަދު ޒާހިރު އަގްބަރު ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ ޣަނީ ގައުމު ދޫކުރައްވާ ވަޑައިގެންނެވީ 169 މިލިއަން އެމެރިކާ ޑޮލަރާއެކު ކަމަށެވެ. އެހެންކަމުން ބައިނަލްއަގްވާމީ ފުލުހުންނަށް ޣަނީ ހައްޔަރުކުރުމަށް މުހައްމަދު ޒާހިރު ވަނީ ގޮވާލައްވާފައެވެ.

އަފްޣާނިސްތާނުގެ މާލިއްޔަތުން ޣަނީ 169 މިލިއަން އެމެރިކާ ޑޮލަރު ވަގަށް ނެގުމަށްފަހު އަމިއްލަ ފްލައިޓެއްގައި ގައުމަށް ގައްދާރުވުމަށްފަހު ފިލީ ކަމަށް ސަފީރު ވަނީ ތުހުމަތުކުރައްވާފައެވެ.

މިތުހުމަތުތައް ޣަނީ އާ އަރިސް، ކުރީގެ ކެބިނެޓްގެ ބޭފުޅުން ގެންދަވަނީ ޓްވީޓް ކުރައްވަމުންނެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅަކީ ޣަނީގެ ޑިފެންސް މިނިސްޓަރ ބިސްމިﷲ ޚާން އެވެ.

ބިސްމިﷲ ޚާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމީހެއްގެ އަމިއްލަ ގައުމު ވިއްކާ މީހުން ހައްޔަރުކޮށް އަދަބު ދޭންޖެހޭކަމަށެވެ. މީގެއިތުރުން ބިސްމިﷲގެ ޓްވީޓްގައި ވަނީ ހޭޝްޓެގް އިންޓަރޕޯލްއެރެސްޓްޣަނީ ބޭނުންކުރައްވާފައެވެ.

ފޭސްބުކް ލައިވްގައި ވާހަކަދައްކަވަމުން ޣަނީ އިތުރަށް ވިދާޅުވީ ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ކުރީ ސަރުކާރުގެ އިސް އޮފިޝަލުންނާ ދެމެދު މިހާރު ހިނގަމުންދާ ވާހަކަތަކަށް ތާއީދުކުރައްވާކަމަށެވެ. އަދި ޔޫއޭއީން ހިމާޔަތްހޯއްދަވާފައި ހުންނެވިނަމަވެސް އަނބުރާ އަފްޣާނިސްތާނަށް ވަޑައިގަތުމުގެ ވާހަކަތައް ދައްކަވަމުން ގެންދަވާކަމަށް ޣަނީ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ އާއި އަބްދުﷲ އަބްދުﷲ އާއެކު ކުރިޔަށްދާ ވާހަކަތަކަށް ތާއީދުކުރައްވާކަމަށާއި އެވާހަކަތައް ކާމިޔާބުވުމަށް އެދިވަޑައިގަންނަވާކަމަށް ޣަނީ ވިދާޅުވިއެވެ.

ޔޫއޭއީ އަކީ 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ދެމެދު އަފްޣާނިސްތާނުގައި ވެރިކަން ކުރި ޠާލިބާން ސަރުކާރު ގަބޫލުކުރި ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. އޭރުގެ ޠާލިބާންގެ ސަރުކާރު ދެން ގަބޫލުކުރި އަނެއް ދެ ގައުމަކީ ސައުދީ އަރަބިއްޔާ އާއި ޕާކިސްތާނެވެ.

ކާބުލް ޠާލިބާންގެ ބާރުގެ ދަށަށް ދިޔުމާއެކު ގިނަ ބަޔަކު އަފްޣާނިސްތާން ދޫކޮށް ދިޔުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެއަރޕޯޓްތައް މީހުންނައިގެން ފުރިފައިވާއިރު ބައެއް މީހުން ވަނީ މަރު ވެސް ވެފައެވެ.

އަފްޣާނިސްތާނުގައި ޠާލިބާނުންގެ ބާރު ގަދަވާން ފަށާފައިވަނީ އެގައުމުގައި ތިބި ބޭރު ގައުމުތަކުގެ ފައުޖުތައް މި އަހަރުތެރޭގައި ފައިބާނެކަން ހާމަކުރުމާއެކުއެވެ. އެއާއެކު ޠާލިބާނުންގެ ބާރުގަދަވެ އެގައުމުގައި އުފެދިފައިވާ ސަރުކާރު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި ޠާލިބާނުންވަނީ އަފްޣާނިސްތާނުގައި ކުރިޔަށްދިޔަ ހަނގުރާމަ ނިމިފައިވާކަން އިއުލާންކޮށްފައެވެ. އަދި މިހާރު މަސައްކަތްކުރަމުން އަންނަނީ އައު ސަރުކާރެއް އެކުލަވާލުމަށްކަމަށް ޠާލިބާނުން ވަނީ ހާމަކޮށްފައެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް