Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާން ރައީސް

އަފްޣާނިސްތާނުގެ ރައީސް ހުންނެވީ އޮމާނުގައި ކަމަށް ރަޝިއާއިން ތުހުމަތުކޮށްފި

16 އޯގަސްޓު 2021 | ހޯމަ 19:50

ރައީސް ޣަނީ ވަޑައިގެންނެވީ ސީދާ ކޮންތަނަކަށްކަން ކަށަވަރެއް ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 އޯގަސްޓު 2021 | ހޯމަ 19:50
އަޝްރަފް ޣަނީ - އަފްޣާނިސްތާންގެ ރައީސް

އަޝްރަފް ޣަނީ - އަފްޣާނިސްތާންގެ ރައީސް

ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފަން މަސައްކަތް ކުރަނިކޮށް ލޭއޮހޮރުވުމަކަށް ނުގޮސް އިންސާނީ ކާރިސާއެއް ހުއްޓުވުމަށް ކަމަށް ވިދާޅުވެ ގައުމު ދޫކުރައްވައި ވަޑައިގެންނެވި ރައީސް އަޝްރަފް ޣަނީ މިހާރު ހުންނެވީ އޮމާނުގައި ކަމަށް ރަޝިއާއިން ތުހުމަތު ކޮށްފިއެވެ.

ފުރަތަމަ ޚަބަރު ފެތުރުނީ ރައީސް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ތަޖިކިސްތާނަށް ކަމަށެވެ. ކާބުލްގައި ހުންނަ ރަޝިއާގެ އެމްބަސީން ހޯމަ ދުވަހު ބުނީ ރައީސް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ހަތަރު ކާރާއި ހެލިކޮޕްޓަރެއް ފުރެންދެން ފައިސާޔާއެކު ކަމަށެވެ. އެއަށް ނުލެވުނު ފައިސާ ބެހެއްޓެވީ ކަމަށްވެސް ބުނެފައިވެއެވެ.

އަފްޣާން ރައީސް ހުންނެވީ އޮމާނުގައި ކަމަށް ރަޝިއާއިން ތުހުމަތު ކުރި ނަމަވެސް އޭނާ ސީދާ ހުންނެވީ ކޮންތަނެއްގައިކަން ޔަގީން ނުވާކަމަށްވެސް ބުނެފައިވެއެވެ. ރަޝިއާގެ އެމްބަސީން ބޮޑަށް ގަބޫލުކުރަނީ ކާބުލްއިން އޮމާނަށް ދަތުރު ކުރެއްވީ ކަމަށް ބުނެފައިވެއެވެ.

ރައީސް ޣަނީ ދަތުރުކުރެއްވި އެއްވެސް ބޯޓެއް ތަޖިކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައި ނުވާކަމަށް އެ ގައުމުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ. އަލްޖަޒީރާއިން އޭގެ ފަހުން ރިޕޯޓުކޮށްފައިވަނީ ރައީސް ޣަނީ އުޒްބެކިސްތާނަށް ދަތުރު ކުރެއްވި ކަމަށެވެ. އަފްޣާން ޑިޕްލޮމެޓަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ރައީސް ޣަނީ ސީދާ ވަޑައިގެންނެވީ ކޮން ތަނަކަށްކަން ކަށަވަރެއް ނުވެއެވެ.

ގައުމު ދޫކުރައްވައި ވަޑައިގެންނެވި ފަހުން ވާހަކަފުޅު ދައްކަވަމުން ޣަނީ ވިދާޅުވެފައިވަނީ ކުރިމަތި ކުރުވީ އުނދަގޫ ހާލަތަކާއި ކަމަށާއި އެއްގޮތަކީ ހަތިޔާރު އެޅި ތާލިބާނުންގެ އަތްދަށަށް ދިއުން ކަމަށެވެ. އަނެއް ގޮތަކީ 20 އަހަރު ވަންދެން ޚިދުމަތް ކުރެއްވި ގައުމު ދޫކުރައްވައި ވަޑައިގެންނެވުން ކަމަށެވެ.

އަދި އެމީހުންނާއި ދެކޮޅަށް ނުކުތްނަމަ އެތަކެއް މީހުން މަރުވާނެ ކަމަށާއި ކާބުލް ސުންނާފަތިވެގެންދާނެ ކަމަށްވެސް ޣަނީ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން 6 މިލިއަން މީހުން ދިރިއުޅެމުން އައި ކާބުލްގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.

ފިއްލަވައިގެން ވަޑައިގެންނެވީ ނޫން ކަމަށާއި ތާލިބާނުން ގަދަބާރުން ވެރިކަމުން ދުރުކުރީ ކަމަށް ޣަނީ ވިދާޅުވިއެވެ. އަދި ލޭ އޮހޮރުވުމަކަށް ދާން ބޭނުންފުޅު ނުވި ކަމަށާއި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ދިއުން ކަމަށް ވިދާޅުވިއެވެ.

ޣަނީ ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ތާލިބާނުން މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އާންމުންނާއި އެކި ދާއިރާތަކާއި އަންހެނުންނަށް ޔަގީންކަން ދޭން ޖެހޭނެ ކަމަށެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް