Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭގެ ކުނި ނެގުމުގެ ކަންކަން

ގޭބީސީން ކުނި ނެގުމާއި އާންމު ތަންތަނުން ކުނި ނެގުމުގެ ކަންކަން ސިޓީ ކައުންސިލަށް ވަނީ އޮޅިފައި – ވެމްކޯ

ކުނި ނަގާ ގަޑިތަކަށް ބަދަލު ގެންނާނި އެޗްޕީއޭއާއި ކައުންސިލާއި މަޝްވަރާ ކުރުމަށްފަހުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2021 | ހޯމަ 14:14
ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތް ކުރަނީ

ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތް ކުރަނީ

މާލޭގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ގޭބީސީތަކުން ކުނި ނެގުމަށާއި، މާލޭގެ އާންމު ތަންތަނުން ކުނި ނެގުމަށް ކުރަމުންދާ މަސައްކަތް މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް އޮޅިވަޑައިގެންފައިވާ ކަމަށާއި، ގޭބީސީތަކުން ކުނި ނެގުމުގެ އިންތިޒާމަށް ބަދަލެއް ގެންނަން މަޝްވަރާ ނުކުރެވޭ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

މާލޭގެ ގޭބީސީތަކަށް ވަދެ ކުނި ނެގުމުގެ ކަންކަން ފެށުމަށް މި މަހުގެ 21 ވަނަ ދުވަހު އަލުން ފެށުމަށް ވެމްކޯއާއި މަޝްވަރާ ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ އިރު، އެ މައްސަލަ ވަނީ ހޫނުވެފައެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ ގޭބީސީތަކުން ކުނި ނެގުމަށް ބަދަލެއް ގެނައުމަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށާއި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ހައުސިން މިނިސްޓަރ ކަމުގައި ހުންނެވި އިރު އެގްރީމެންޓް ކުރެވިފައިވަނީ މާލޭގެ އާންމު ސަރަހައްދުތައް ކުނި ނަގާ ސާފްކުރުމުގެ މަސައްކަތް ކަމަށެވެ.

Advertisement - newsAdvertisement

އާދަމް ވިދާޅުވީ މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ އިންތިޒާމްތަކަށް ބަދަލު ގެނެސްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސަރުކާރާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި މި މަސައްކަތަކީ ވެމްކޯއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، މިކަމަކީ ސިޓީ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި މި އުސޫލަށް ބަދަލެއް ގެންނަ ނަމަ އެކަން ކުރާނީ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭއާއި ސަރުކާރާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

އާދަމް ވިދާޅުވީ މުއިއްޒު ސޮއިކުރެއްވި އެގްރީމެންޓެއް އޭނާއަށް އޮޅިވަޑައިގެންފައިވާ ކަމަށާއި، ކުނި ނެގުމުގެ ވަގުތަށް އަދި އުސޫލަށް ވެސް ބަދަލު ގެނައުމަށް ސިޓީ ކައުންސިލާއި ވެމްކޯއާއި މަޝްވަރާ ނުކުރާ ކަމަށެވެ. ގޭބީސީތަކުން ކުނި ނެގުމުގެ މަސައްކަތަކީ ވެމްކޯއިން ހިންގާ ވަކި ޕްރޮޖެކްޓެއް ކަމަށާއި، އެއީ އޭޑީބީގެ އެހީގެ ދަށުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

މާލޭގެ އާންމު ތަންތަން ސާފުކުރުމާއި، މާލޭގެ ގޭބީސީތަކުން ކުނި ނެގުމަކީ ތަފާތު ދެކަމެއް ކަމަށާއި، މި މަސައްކަތް ކުރުމުގައި ވެމްކޯއިން ގެންގުޅޭނެ އުސޫލުތައް އާންމުކޮށްފައިވާނެ ކަމަށެވެ. އަދި ގޭބީސީތަކުން ކުނި ނަގާ ގަޑިއަށް ނުވަތަ ކުނި ނަގާ އުސޫލަށް ބަދަލު ގެންނަ ނަމަ ކަސްޓަމަރުންނަށް އެ މައުލޫމާތު އަންގަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނަގާނީ ގޭގެއަށް ގޮސްގެން ކަމަށް ނިންމައި މާލެ ސިޓީ ކައުންސިލުން ވަނީ ވެމްކޯއަށް ސިޓީއެއް ފޮނުވާފައެވެ. އެހެންނަމަވެސް ވެމްކޯއިން ވަނީ މިފަދަ ކަމެއް ކުރަން އެއްބަސްނުވާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފައެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުން މި ނިންމުން ނިންމީ ވެމްކޯއާއެކު ބައްދަލުވުމެއް ބާއްވައި މިކަމުގެ މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ވެމްކޯއިން މިކަންކަން ކޮށްދޭނެކަމަށް އެއްބަސްވެފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ. އެހެންނަމަވެސް ވެމްކޯގެ ފަރާތުން ފަހުން ފެނުނީ މިއާ ޚިލާފަށް އަމަލުކުރިތަން ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ވެމްކޯއިން މިފަދަ ކަމެއް ކުރަން ނިންމާފައި ނުވާކަން ފާހަގަކޮށް ބަޔާން ނެރުމުން އަނެއްކާވެސް އެ ކުންފުންޏާ ބައްދަލުކޮށްފައިވާކަމަށެވެ. އެ ބައްދަލުވުމުގައި ވެސް މިކަންކަން ކޮށްދޭނެ ކަމަށް ވެމްކޯއިން ބުނި ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި އެ ކުންފުންޏަށް ދިމާވާ ބައެއް ދަތިތައް ވެސް ހިއްސާކޮށްފައިވާ ކަމަށާއި، މިކަންކަން ހިއްސާކުރުމުން ވެމްކޯއަށް ފަސޭހަ ދުވަހަކުން އެ މަސައްކަތް ފެށުމަށް ފުރުސަތު ދީފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ވެމްކޯއިން ޖަވާބެއް ދީފައިނުވާކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ވެމްކޯއިން ބުނެފައިވަނީ ސިޓީ ކައުންސިލަކީ ދައުލަތުގެ އިދާރާއެއް ކަމުން އެ އިދާރާއިން އެދެމުންދާ ކަންކަން ހައްލުކޮށްދޭނެ ކަމަށާއި، ނަމަވެސް ވެމްކޯއިން ދެމުންދާ ޚިދުމަތަކަށް ބަދަލެއް ގެންނަށް މަޝްވަރާ ނުކުރާ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ވާހަކަތައް ވެމްކޯއިން ވަނީ ދޮގުކޮށްފައެވެ.

ވެމްކޯމާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު