Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީގެ ތަރައްޤީ

މާލޭގެ ކޮންމެ ބްލޮކަކަށް ވެރިޔަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮކްޓޯބަރު މަހު

ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޯބަރ 14ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އޯގަސްޓު 2021 | ހޯމަ 13:12
މާލެ ސިޓީ ކައުންސިލުން ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރުން - މި ބައްދަލުވުމުގައި، ބްލޮކް ވެރިން އިންތިޚާބު ކުރުމަށް ރާވާފައިވާކަމަށް މޭޔަރ ވިދާޅުވި

މާލެ ސިޓީ ކައުންސިލުން ގަލޮޅު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރުން - މި ބައްދަލުވުމުގައި، ބްލޮކް ވެރިން އިންތިޚާބު ކުރުމަށް ރާވާފައިވާކަމަށް މޭޔަރ ވިދާޅުވި

މާލޭގެ ހުރިހާ ރައްޔިތުން ރަމްޒުވާނެ ގޮތަށް ކޮންމެ ބްލޮކަކަށް ވެރިއަކު އިންތިޚާބުކޮށްގެން ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމުގެ ދަށުން، "ބްލޮކް ވެރިން" ހޮވުމަށް ބާއްވާ އިންތިޚާބު އޮކްޓޯބަރު މަހު އޮންނާނެކަމަށް ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭ ސިޓީގައި އައްޔަނުކުރެވޭ ބުލޮކުތަކުގެ ވެރިންގެ އުޞޫލުގެ 7ވަނަ މާއްދާގެ ދަށުން، މާލޭ ސިޓީގެ ބުލޮކްތަކުގެ ވެރިންނަން, ބުލޮކްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ ބުލޮކްވެރިޔާ ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބު 2021 އޮކްޓޯބަރ މަހުގެ 9ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލޭ ސިޓީގައި އައްޔަނުކުރެވޭ ބުލޮކްތަކުގެ ވެރިންގެ އުޞޫލުގެ 14ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ, މާލޭ ސިޓީ ބުލޮކު ވެރިޔާއަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު 2021 އޮގަސްޓް މަހުގެ 8ވާ އާދީއްތަ ދުވަހުގެ 10:00ން ފެށިގެން 2021 އޮގަސްޓް މަހުގެ 26ވާ ބުރާސްފަތި ދުވަހުގެ 14:00އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

މާލޭސިޓީގެ ބުލޮކް ވެރިޔާ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ޝަރުތުތައްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މީލާދީގޮތުން 18 އަހަރު ފުރިފައިވާ ދިވެއްސެއްކަމުގައި ވުމާއި، އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުމާއި، ވައްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވުން ހިމެނެއެވެ. އަދި މުސްތަޤިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަޤާމެއް ފުރާ ފަރާތެއް ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ޙުކުމް ތަންފީޒު ކުރެވުނުތާ 3 އަހަރު ވެފައިވުން ފަދަ ގިނަ ޝަރުތުތަކެއް ބަޔާންކޮށްފައިވެއެވެ.

މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 އޮގަސްޓް މަހުގެ 8ވަނަ ދުވަހުގެ 10:00ން ފެށިގެން 2021 އޮގަސްޓް މަހުގެ 26ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލް (އެމްޑަބްލިޔު އެސްސީ ކަސްޓަމަރ ސަރވިސް ހަތަރުވަނަ ފަންގިލާ)އިން ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މާލޭ ސިޓީގެ ބުލޮކުތަކުގެ ވެރިޔާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޯބަރ މަހުގެ 9ވާ ހޮނިހިރު  ދުވަހުގެ 10:00އިން 16:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ, ވޯޓު ނަގާނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޯބަރ 14ވާ ބުރާސްފަތި ދުވަހުގައެވެ.

މާލޭ ސިޓީ ކައުންސިލްމާލެ ސިޓީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު