Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާން މައްސަލަ

ގައުމު ދޫކުރައްވައި ވަޑައިގަތީ ލޭއޮހުރުވުމަކަށް ނުގޮސް އިންސާނީ ކާރިސާއެއް ހުއްޓުވުމަށް – ރައީސް ޣަނީ

ގައުމު ދޫކުރައްވައި ވަޑައިގެން ފުރަތަމަ ފަހަރަށް އާންމުންނަށް މެސެޖެއް ދެއްވާފައިވަނީ ފެސްބުކް ޕޯސްޓެއް މެދުވެރިކޮށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އޯގަސްޓު 2021 | ހޯމަ 10:59
އަފްގާނިސްތާންގެ ސަރުކާރުގެ އިސްވެރިންނާއި އެގައުމުގެ ރައީސް ޢަނީ

އަފްގާނިސްތާންގެ ސަރުކާރުގެ އިސްވެރިންނާއި އެގައުމުގެ ރައީސް ޢަނީ

ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފަން މަސައްކަތް ކުރަނިކޮށް ގައުމު ދޫކުރައްވައި ވަޑައިގަތީ ލޭއޮހޮރުވުމަކަށް ނުގޮސް އިންސާނީ ކާރިސާއެއް ހުއްޓުވުމަށް ކަމަށް އެ ގައުމުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެއެވެ.

ގައުމު ދޫކުރައްވައި އާދީއްތަ ދުވަހު ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ވާހަކަފުޅުއްދަކަވަމުން ރައީސް ޣަނީ ވަނީ ވެރިކަމުގެ ބާރުތައް އަތުލައިގެން ޠާލިބާނުން ކުރަން އުޅޭ ކަންކަމުގެ މައުލޫމާތު ހާމަކުރެއްވުމަށާއި، ގައުމުގެ ކުރިމަގާ މެދު ސުވާލުމާކެއްގެ ތެރޭގައި ތިބި ރައްޔިތުންނަށް ކަންކަން ސާފުކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

ޠާލިބާނުން އަފްޣާނިސްތާނުގެ ބާރުތައް އެމީހުންގެ މުށުތެރެއަށް ގެނެސްފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ވެރިރަށް ކާބުލް އެމީހުންގެ އަތްދަށަށް ގެނައުމަށްފަހުގައެވެ. އާދިއްތަ ދުވަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ތާލިބާނުންނާއި ސަރުކާރާއި ދެމެދު ސުލްހައިގެ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، ބާރުތައް ބަދަލު ކުރުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ދިޔަ ކަމަށެވެ.

ނަމަވެސް މާ ގިނައިރު ތަކެއް ނުވަނީސް އެގައުމުގައި ތިބި ބޭރުގެ ޑިޕްލޮމެޓުން އަނބުރާ އެހެން ގައުމުތަކަށް ވަޑައިގެންނަވަން ފެއްޓެވިކަމަށް ރިޕޯޓްކޮށްފައިވާ އިރު، ރައީސް ޣަނީ ވެސް ގައުމު ދޫކުރައްވައި ވަޑައިގެންނެވި ކަމުގެ ޚަބަރުތައް ތާލިބާނުންނާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓްކުރިއެވެ.

ގައުމު ދޫކުރައްވައި ވަޑައިގެންނެވި ފަހުން ވާހަކަފުޅު ދައްކަވަމުން ޣަނީ ވިދާޅުވެފައިވަނީ ކުރިމަތި ކުރުވީ އުނދަގޫ ހާލަތަކާއި ކަމަށާއި، އެއްގޮތަކީ ހަތިޔާރު އެޅި ތާލިބާނުންގެ އަތްދަށަށް ދިއުން ކަމަށެވެ. އަނެއް ގޮތަކީ 20 އަހަރު ވަންދެން ޚިދުމަތް ކުރެއްވި ގައުމު ދޫކުރައްވައި ވަޑައިގެންނެވުން ކަމަށެވެ.

އަދި އެމީހުންނާއި ދެކޮޅަށް ނުކުތްނަމަ އެތަކެއް މީހުން މަރުވާނެ ކަމަށާއި، ކާބުލް ސުންނާފަތިވެގެންދާނެ ކަމަށްވެސް ޣަނީ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން 6 މިލިއަން މީހުން ދިރިއުޅެމުން އައި ކާބުލްގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.

ފިއްލަވައިގެން ވަޑައިގެންނެވީ ނޫން ކަމަށާއި، ތާލިބާނުން ގަދަބާރުން ވެރިކަމުން ދުރުކުރީ ކަމަށް ޣަނީ ވިދާޅުވިއެވެ. އަދި ލޭ އޮހޮރުވުމަކަށް ދާން ބޭނުންފުޅު ނުވި ކަމަށާއި، ގައުމަށް އެންމެ ރަނގަޅު ގޮތަކީ ދިއުން ކަމަށް ވިދާޅުވިއެވެ.

ޣަނީ ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ތާލިބާނުން މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި، އާންމުންނާއި، އެކި ދާއިރާތަކާއި އަންހެނުންނަށް ޔަގީންކަން ދޭން ޖެހޭނެ ކަމަށެވެ.

އަފްޣާނިސްތާންތާލިބާން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު