Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީންގެ މައްސަލަ

ރާއްޖޭގެ އައިއެސްލީޑަރުކަމަށް ބުނާ އަމީނަށް ލިބުނު ފުރުސަތުގައި ހެކި ހުށަނޭޅުމުން އެ ފުރުސަތު ގެއްލިއްޖެ

ދިފާއީ ވަކީލު ވަނީ މައްސަލަ މަޑުޖައްސާލުމަށް އެދިވަޑައިގެންފައި، އެހެނަނަމަވެސް މައްސަލަ މަޑުޖައްސާލެވެން ނެތްކަމަށް އިސް ގާޒީ ނިންމެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2021 | ހޯމަ 09:34
އަމީން - އަމީނަކީ ބޭރުގެ ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތު ކުރެވޭ ރާއްޖޭގެ އައިއެސްގެ ލީޑަރު

އަމީން - އަމީނަކީ ބޭރުގެ ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތު ކުރެވޭ ރާއްޖޭގެ އައިއެސްގެ ލީޑަރު

ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީނަށް ހެކި ހުށަހަޅަން ދިން ފުރުސަތުގައި ހެކި ހުށަހަޅާފައިވާ ނުވާތީ އެ ފުރުސަތު ގެއްލިއްޖެއެވެ.

އަމީނަކީ ރާއްޖޭގެ އައިއެސްގެ ލީޑަރު ކަމަށާއި، ހަނގުރާމަތަކަށް އޭނާ މީހުން ރެކްރޫޓް ކުރާ ކަމަށް ދައުލަތުން ހޯމަ ދުވަހުގެ އަޑު އެހުމުގައި ބުނެފައިވެއެވެ. އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އަމީނަށް ހެކި ހުށަހަޅަން ފުރުސަތު ގެއްލިފައިވާ އިރު، އިބްތިދާއީ މަރުހަލާގައި އަމީނަށް ހެކި ހުށަހަޅަން ފުރުސަތު ދިނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި އަމީންގެ ފަރާތުން ހުށަހަޅާނެ ހެއްކެއް ނެތް ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް ހޯމަ ދުވަހުގެ އަޑުއެހުމުގައި އިބްތިދާއީ ބަޔާން އިއްވަމުން އަމީންގެ ވަކީލް އަހުމަދު ޔާމީން ވަނީ ދިފާއީ ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ދައުލަތުގެ ދައުވާތަކަށް އަމީން އިންކާރު ކުރާ ކަމަށާއި، އެ ދެ ދައުވާއަކީ ވެސް އެއްވެސް ހަގީގަތެއް ނެތް އަސްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުވާތަކެއް ކަމަށް ދިފާއީ ވަކީލު ވިދާޅުވެ، ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

އަމީންގެ ފަރާތުން ދިފާއުގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ދިފާއީ ވަކީލު ވިދާޅުވުމާ ގުޅިގެން ދައުލަތުން އެކަމަށް އިއުތިރާޒު ކޮށްފައިވެއެވެ. ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ހިންގާއިރު މި މަރުހަލާއަކީ އާ ހެކި ހުށަހަޅަން ފުރުސަތު ދެވޭނެ މަރުހަލާއެއް ނޫން ކަމަށެވެ.

ދިފާއީ ވަކީލް ޔާމީން ވަނީ ހުށަހަޅާ ހެކިތަކަކީ ދައުލަތަށް ދިރާސާ ކުރެވޭނެ ހެކިތަކެއް ކަމަށް ވިދާޅުވެ އެކަމުގެ ސަބަބުން އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލައިގައި އިންސާފު ގާއިމްވުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގާޒީއަށް ލިބިވަޑައިގަންނަވާ އިހްތިޔާރީ ބާރުގެ ދަށުން އެ ފުރުސަތު ދެއްވުމަށް ދިފާއުން އެދިވަޑައިގެންނެވިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގައި ދިފާއަށް ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް، ހެކި ހުށަހެޅިފައި ނުވަނީ ހެކިތައް ޖަމާ ނުކުރެވޭތީ ކަމަށް ދިފާއީ ވަކީލު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ބައްލަވާ ގާޒީ، އިސްގާޒީ އަހުމަދު ޝަކީލް ވަނީ އިބްތިދާއީ މަރުހަލާ ފެށުމަށް ވެސް ހެކި ހާމަކުރުމަށް އަމީނަށް އެކަށީގެންވާ މުއްދަތެއް ލިބުނު ކަމަށް ވިދާޅުވެ، އެ މުއްދަތުގެ ބޭނުން ނުހިފައި މި މަރުހަލާގައި ހެކި ހުށަހަޅަން ފުރުސަތަށް އެދުނު ނަމަވެސް، އެ ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

އަޑުއެހުމުގައި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ވެސް ހޯމަ ދުވަހު ވަނީ އެކުލަވާލާފައެވެ. ދެން މި މައްސަލައިގައި އޮތީ ހެކިބަސް ނެގުން ކަމަށް ވާތީ އެކަމަށް ތިން އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހަށް އެއް އަޑުއެހުން އަދި އަންނަ މަހަށް ދެ އަޑުއެހުމެވެ. މައްސަލައިގެ ހުލާސާ ބަޔާން އަންނަ މަހު 29 ގައި އިއްވައި، އޮކްޓޯބަރު މަހުގެ ފަހު ކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ހުކުމް އިއްވޭނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލަ މަޑުޖައްސާލުމަށް ވެސް ދިފާއީ ވަކީލު ޔާމީން ވަނީ އެދިވަޑައިގެންފައެވެ. ދިފާއީ ވަކީލު ޔާމީން އިޖުރާއީ މައްސަލަތަކެއް ނަންގަވައި، މައްސަލަ މަޑުޖައްސާލުމަށް އެދިވަޑައިގެންފައިވަނީ މި މައްސަލައިގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ބެހޭގޮތުން ނިންމި ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ އާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދެއް ހަދާފައި ނުވުމުންނެވެ.

ޔާމީންގެ މި އެދިވަޑައިގަތުމަށް ދައުލަތުން ދެކޮޅު ހެދިއިރު، އިސް ގާޒީ ޝަކީލު ނިންމެވީ މައްސަލަ ކުރިއަށްގެންދަވާށެވެ. އިސް ގާޒީ މިގޮތަށް ނިންމެވީ މަތީ ކޯޓަކުން ޝަރީއަތް މަޑުޖައްސާލަން އަންގާފައި ނެތުމުންނެވެ.

ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި އަޑު އެހުމުގައި ދައުލަތުން ބުނެފައިވަނީ އަމީނަކީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރި މީހެއް ކަމަށެވެ.

އަދި ބޭރުގެ ހަނގުރާމަތަކަށް މީހުން ފޮނުވުމަށް ރެކްރޫޓް ކުރާ ކަމަށާއި، އެގޮތުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ޚުރަސާންގެ ދިވެހިރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުން ހ. މޫންލައިޓްވެލީ އަލީ ޝާފިއު އެގައުމަށް ފޮނުވި ކަމަށެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފައެވެ.

އަދި ދިވެހިން ރެކްރޫޓް ކުރުމުގެ މަސައްކަތުގެ ތެރެއިން ޚުރަސާންގައި ގާއިމްވުމުން އިތުރު ދިވެހިން އެ ގައުމަށް ހަނގުރާމަކުރުމަށް ފޮނުވުމަށް އޭނާ ރާވާފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.

އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައިފަހުން ފުލުހުން ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ބާއްވަމުންދާއިރު އަމީން ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ މ. ވޯލްނަޓް ގެއިންނެވެ.

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ޓެރަރިސްޓުންގެ ލިސްޓެއް ހަދައި، އެ ލިސްޓުގައި ހިމަނާފައިވާ އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިއެސްއަށް މަސައްކަތްކޮށްދޭ މީހެއް ކަމަށް ބުނެފައިވެއެވެ. އަދި ކުރިން ސީރިއާއަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޖަމާއަތްތަކަށް އަމީން އެހީތެރިވާކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

އަމީންކްރިމިނަލް ކޯޓްޕީޖީ އޮފީސްޓެރަރިސްޓްއަފްޣާނިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު