Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ މެންބަރަކު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުން

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރަށް ބަދަލުތަކެއް

ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މިނިވަން މެންބަރުންގެ ގޮތުގައި 8 މެންބަރުން ތިއްބަވާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 އޯގަސްޓު 2021 | ހޯމަ 08:02
މިހާރު ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ މެންބަރުންގެ އަދަދު ވަނީ 3ށް ދަށްވެފައި

މިހާރު ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ މެންބަރުންގެ އަދަދު ވަނީ 3ށް ދަށްވެފައި

ރައްޔިތުންގެ މަޖިލީހުގެ ދަފްތަރަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތުން އަންގަވާ އެންގެވުންތައް އަންގަވަމުން އީވާ ވިދާޅުވީ މަޖިލީހުގެ ދަފްތަރަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިވާކަން އިލެކްޝަނުން އަންގަވާފައިވާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 34 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅުއްވާފައިވާތީ އެ މާއްދާގެ (ބ)ގެ ދަށުން އެކަން އިއުލާނު ކުރާ ކަމަށެވެ. މިިއާއެކު މިހާރު ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ މެންބަރުންގެ އަދަދު ވަނީ 3ށް ދަށްވެފައެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މިނިވަން މެންބަރުންގެ ގޮތުގައި 8 މެންބަރުން ތިއްބަވާނެއެވެ.

އެމްޑީޕީގެ ފަަރާތުން މަޖިލީހުގައި ތިއްބަވަނީ 65 މެންބަރުންނެވެ. މީގެ އިތުރުން ޕީޕީއެމަށް ނިސްބަތްވެވަޑައިންނަވާ 6 މެންބަރުން، ޕީއެންސީގެ 3 މެންބަރުން އަދި އެމްޑީއޭގެ 2 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ.

މެންބަރު ނާޒިމް އަދި ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައިވާއިރު އެ ދެ މެންބަރުންގެ އިތުރުން މަޖިލީހުގައި ތިއްބަވާ ނިލަންދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްމުހްސިން ހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މިނިވަން މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރުމަށް ހުއްދަ ދީފައެވެ.

އެމްއެންޕީ އުފެއްދުމާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، އެ ޕާޓީއަށް ގިނަ މެމްބަރުންތަކެއް ވަންނާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އެގޮތުން ރާއްޖޭގެ 50 އިންސައްތަ މީހުންނަކީ ޕާޓީއަކާ ގުޅިފައިނުވާ މީހުން ކަމަށާއި، ޕާޓީތަކާ ގުޅިގެން ތިބި މީހުން ތިބީ ދެފަރާތަށް ގޮސް ހުސްވެފައިކަމަށެވެ. އަދި މެދުތެރޭގައި ވަރަށް ބޮޑު ބައެއް އެބަ އުޅޭކަމަށާއި، މެދުތެރޭގައި އޮތް ފިކުރަކީ އެމްއެންޕީގެ ފިކުރު ކަމަށް ގަބޫލުކުރައްވާކަމަށެވެ. މި ފިކުރާއެކު ޕާޓީއަށް މެމްބަރުން އިތުރުކުރެވޭނެ ކަމަށާއި، ޕާޓީން އަބަދުވެސް މެމްބަރުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

އެމްއެންޕީ މަޖިލީހުން ބަލައިގަންނާނީ، އެ ޕާޓީ އީސީގައި ރަސްމީކޮށް ރަޖިސްޓަރީ ކުރުމަށްފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ. އީސީން އެ ޕާޓީ ރަޖިސްޓަރީ ކޮށްދޭނީ 3،000 މެންބަރުންގެ ސޮޔާއެކު ހުށަހެޅުމުންނެވެ.

ޖުމްހޫރީ ޕާޓީރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ނޭޝަނަލް ޕާޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު