Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ޖެހުން

އިތުރު ވޭރިއަންޓެއް ފެނުމުގެ ފުރުސަތު ބޮޑު، ޑޯޒްތައް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފި

ރައްޔިތުންގެ އިތުރުން ކައުންސިލްތަކުން ވެސް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އޯގަސްޓު 2021 | ބުދަ 06:44
މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު މަދުވި ނަމަވެސް ރަށްތަކުން ފެންނަ ކޭސްތަކުގެ އަދަދު މިވަނީ އިތުރުވެފައި

މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު މަދުވި ނަމަވެސް ރަށްތަކުން ފެންނަ ކޭސްތަކުގެ އަދަދު މިވަނީ އިތުރުވެފައި

އިތުރު ވޭރިއަންޓެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށާއި ހުރިހާ އެންމެން ވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ބަލާއިރު މިހާރު މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު މަދުވި ނަމަވެސް ރަށްތަކުން ފެންނަ ކޭސްތަކުގެ އަދަދު މިވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި ފަސް ދުވަހަށް ބަލާއިރު ރަށްތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 70ށް ވުރެ މައްޗަށް އަރާފައެވެ. މިކަމާ ގުޅިގެން އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން އައުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެ ރަށެއްގެ ރައްޔިތުންގެ އިތުރުން ކައުންސިލްތަކުން ވެސް މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް އޮފިޝަލް ވިދާޅުވީ، ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާނަމަ ކޭސްތައް މިހާރު ހުރި މިންވަރަށް ވުރެ ވެސް އިތުރުވެގެން ހިނގައިދާނެ ކަމަށެވެ.

ގެސްޓް ހައުސްތައް ހުންނަ ރަށްރަށަށް ޝަރުތުތަކަކާއެކު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަތުރުވެރިންނަށް ޖުލައި 26 ވަނަ ދުވަހުން ފެށިގެން ދަތުރުކުރެވޭ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ރަށުގައި ދިރިއުޅޭ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުމާއި، ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާނަމަ އެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވާން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް އިން ވުމާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިނުވާ ނަމަ، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކަށް ޗެކް-އިން ކުރާ، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށް ވެސް ޗެކް-އިން ވެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ވެކްސިން ޑޯޒް ފުރިހަމަވެފައިވާ ކަމަށް ބަލާނީ ޖަހަންޖެހޭ ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު 14 ދުވަސް ވުމުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ސަރުކާރުން އަނެއްކާވެސް އާންމުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު ވެކްސިން ޖަހަންދާ މީހުންގެ އަދަދު މަދުކަން އެޗްއީއޯސީން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. ރާއްޖެ މިހާރު އައު އާންމު ހާލަތަކަށް ދިޔަ ނަމަވެސް ކޮވިޑުގެ ނުރައްކާ އަތުވެދާނެ ކަމަށް ސަމާލުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރީ ވަރަށް ދަތިކަމުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އަދިވެސް ކޮވިޑުގެ ނުރައްކާ ފިލައިގެން ދިޔަ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށާއި ނުރައްކާ އަތުވެދާނެ ކަމަށް އަދިވެސް ސަމާލުވާން ޖެހޭނެ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ އާންމު ހާލަތަކަށް އާދެވިފައިވާ އިރު މިހާރު ލިބުނު ކުރިއެރުންތައް ދަމަހައްޓަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުން މުހިންމު ކަމަށާއި، ހުރިހާ އިދާރާއެއްގެ މީހުން ވެސް، އަދި އާންމު ރައްޔިތުން ވެސް އެގޮތަށް އަމަލުތައް ބެހެއްޓެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. ރައީސް ވަނީ ކޮވިޑް-19ގެ ހާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި, މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ އެންމެން ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަން ފާހަގަކުރައްވާފައެވެ. އަދި ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި, ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުން ވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

23 އެޕްރީލު 2022

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން
23 ފެބުރުއަރީ 2022

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި
23 ފެބުރުއަރީ 2022

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ
23 ފެބުރުއަރީ 2022

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

23 ފެބުރުއަރީ 2022
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި
12 ފެބުރުއަރީ 2022

މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

12 ފެބުރުއަރީ 2022
މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ
11 ފެބުރުއަރީ 2022

އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެ

11 ފެބުރުއަރީ 2022
އިތުރު 1406 މީހުން ޕޮޒިޓިވްވެއްޖެ
07 ފެބުރުއަރީ 2022

އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު 60ށް

07 ފެބުރުއަރީ 2022
އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު 60ށް
06 ފެބުރުއަރީ 2022

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފި

06 ފެބުރުއަރީ 2022
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ދޮޅުލައްކައަށް އަރައިފި
26 ޖެނުއަރީ 2022

ބުދަ ދުވަހު 2805 މީހުން ބަލިން ރަނގަޅުވެއްޖެ

26 ޖެނުއަރީ 2022
ބުދަ ދުވަހު 2805 މީހުން ބަލިން ރަނގަޅުވެއްޖެ
25 ޖެނުއަރީ 2022

ރެކޯޑް އަދަދަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 120،000ށް

25 ޖެނުއަރީ 2022
ރެކޯޑް އަދަދަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 120،000ށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު