Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ

އަފްޣާނުގެ އިތުރު ތިން ޕްރޮވިންސެއްގެ ވެރިކަންކުރާ ސިޓީ ޠާލިބާނުންގެ އަތްދަށަށް

ޠާލިބާނުންގެ އަތްދަށުގައި މިވަގުތު ހުރި ސިޓީތަކަކީ ކުންދުޒް، ތޮލަގަން، ސަރެޕުލް އަދި ޒަރަންޖް ސިޓީގެ އިތުރުން ޝެބެރްގާން ސިޓީ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 8 އޯގަސްޓު 2021 | އާދީއްތަ 17:18
މި ވަގުތު އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދަނީ އަފްޣާނިސްތާނުގެ ހޭރަތު ޕްރޮވިންސް ހިމެނޭ ސަރަހައްދުގައި

މި ވަގުތު އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދަނީ އަފްޣާނިސްތާނުގެ ހޭރަތު ޕްރޮވިންސް ހިމެނޭ ސަރަހައްދުގައި

ޠާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާނުގެ އިތުރު ތިން ސިޓީއެއް ގޮސްފައިވާ ކަމަށް ބޭރު ދުނިޔޭގެ ރިޕޯޓްތައް ބުނެފިއެވެ.

އަރަބް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އިތުރު ތިން ޕްރޮވިންސެއްގެ ވެރިކަންކުރާ ސިޓީ ޠާލިބާން ޖަމާއަތުގެ އަތްދަށް ގޮސްފައި ވަނީ އާދީއްތަ ދުވަހުއެވެ. މިއާއެކު ފަސް ޕްރޮވިންސެއްގެ ވެރި ސިޓީ މިހާރު އޮތީ އެ ޖަމާއަތުގެ އަތްދަށުގައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ސިޓީތަކަކީ ކުންދުޒް، ތޮލަގަން، ސަރެޕުލް އަދި ޒަރަންޖް ސިޓީގެ އިތުރުން ޝެބެރްގާން ސިޓީ އެވެ.

ސަރުކާރާ ދެކޮޅަށް އެ ޖަމާއަތުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، 2020 ވަނަ އަހަރު އެމެރިކާގެ ސިފައިންނާ ޠާލިބާނުންނާ ދެމެދު ވެވުނު އެއްބަސްވުމަށް ފަހު އަނެއްކާވެސް އެގައުމުގެ ޕްރޮވިންސްތަކުގެ ވެރި ސިޓީތައް މިވަނީ އެ ޖަމާއަތުގެ އަތްދަށަށް ދާން ފަށާފައެވެ. އެންމެ ފަހުން ޠާލިބާނުންގެ އަތްދަށަށް އަފްޣާން ޕްރޮވިންސެއްގެ ވެރިކަން ކުރާ ސިޓީ ގޮސްފައިވަނީ 2016 ވަނަ އަހަރުއެވެ. އެއީ ކުންދުޒް ޕްރޮވިންސްގެ ވެރިރަށް ކުންދުޒް އެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ހޫނުވެފައިވަނީ އެ ގައުމުގައި ތިބި އެމެރިކާ ސިފައިން ފައިބަން ފެށުމާ ގުޅިގެންނެވެ. 20 އަހަރު ދުވަހަށްފަހު އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިހާދު (ނޭޓޯ)އިންވަނީ އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ, އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބާފައެވެ.

އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިން މިހާރު ފަށާފައިވާއިރު، އެގައުމުގެ ކަންދަހާރުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު ވެސް ވަނީ ސަރުކާރުގެ ސަލާމަތީ ބާރުތަކާ ހަވާލުކޮށްފައެވެ. އެގައުމުގައި އެމެރިކާގެ ސިފައިން މިހާރު ޙަރަކާތްތެރިވަނީ ވެރިރަށް ކާބުލްގެ އިތުރުން އެ ގައުމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެކަންޏެވެ.

ޠާލިބާން ޖަމާއަތުގެ ބާރު ވަރުގަދަކޮށްފައިވާ މިދަނޑިވަޅުގައި އެ ޖަމާއަތުން ވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖަކިސްތާނާއި އުޒުބެކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަހައްދީ ރޮނގުތައް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަހައްދު އޮތީ އެ ޖަމާއަތުގެ ބާރު ދަށުގައެވެ. ނަމަވެސް އެމެރިކާ އިން ބުނަނީ ޠާލިބާނުންގެ ބާރުގެ ދަށުގައި އޮތީ އަފްޣާނިސްތާނުގެ 50 އިންސައްތަ ސަރަޙައްދު ކަމަށެވެ.

އަފްޣާނިސްތާންތާލިބާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު