Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުން

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓަރަށް އަމާޒުކޮށް ހަމަލާއެއްދީފި

4 އޯގަސްޓު 2021 | ބުދަ 09:14

ޑިފެންސް މިނިސްޓަރ މުހައްމަދީގެ ހަށިކޮޅަށް ގެއްލުމެއް ލިބިފައެއް ނުވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 އޯގަސްޓު 2021 | ބުދަ 09:14
 މި ހަމަލާ އަމާޒުވެފައިވަނީ ކާބުލްގެ ގްރީން ޒޯނަކަށް

މި ހަމަލާ އަމާޒުވެފައިވަނީ ކާބުލްގެ ގްރީން ޒޯނަކަށް

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓަރ ބިސްމިﷲ މުހައްމަދީއަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއްދީފިއެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ބޮންތަކެއް ގޮއްވާލާފައިވާއިރު މި ހަމަލާ އަމާޒުވެފައިވަނީ ކާބުލްގެ ގްރީން ޒޯނަކަށެވެ. އެ ސަރަހައްދަކީ ފޮރިން އެމްބަސީތަކާއި ސަރުކާރުގެ އޮފީސްތައް ހުންނަ ސަރަހައްދެއްކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. މިހަމަލާއާ ގުޅިގެން ސީނިއަރ ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވީ ހަމަލާ ދީފައިވަނީ ކާރެއް ގޮއްވާލައިގެން ކަމަށާއި ހަމަލާ އަމާޒުކޮށްފައިވަނީ ޑިފެންސް މިނިސްޓަރުގެ އިތުރުން ޕާލިމަންޓުގައި ހިމެނިވަޑައިންނަވާ މެންބަރެއްގެ ގެކޮޅަށް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރ މުހައްމަދީގެ ހަށިކޮޅަށް ގެއްލުމެއް ލިބިފައިނުވާއިރު ސެކިއުރިޓީ ގާޑުންނަށް ވަނީ އެކިވަރުގެ އަނިޔާތައްވެފައެވެ. މިކަމާ ގުޅިގެން އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ހަތިޔާރު އެޅި މީހުން އެ ސަރަހައްދަށް ވަދެފައިވަނީ ކާރު ގޮއްވާލުމަށް ފަހުގައި ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ ހަމަލާދިނުމަށް އައި މީހުންގެ ތެރެއިން ތިން މީހުން ހަމަލާ ބަދަލުކުރުންތަކުގައި މަރުވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގިތާ ދެ ގަޑިއިރު ވެސް ނުވެ އިތުރު ހަމަލާތަކެއް ވަނީ ދީފައެވެ. އެގޮތުން އެ ސިޓީގެ ހަމަ އެ ސަރަހައްދުގައި ބަޑީގެ އަޑުތަކުން މުޅި ސަރަހައްދު ގުގުމާލި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ސަތޭކައަށް ވުރެ ގިނަ އާންމުން ރައްކާތެރި މާހައުލުތަކަށް ބަދަލުކުރެވިފައިވާއިރު ކާބުލްގެ ޕޮލިސް ޗީފްގެ ތަރުޖަމާނު ފިރްދައުސް ވިދާޅުވީ އެ ސަރަހައްދުގެ ވަކިވަކި ގެތައް ބަލައި ފާސްކުރަމުންދާ ކަމަށެވެ. އެތަނުގައި ވެސް ހަނގުރާމަވެރި މީހުން ފިލާ ތިބުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކުގެ ސަބަބުން ދިހަ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި ހޮސްޕިޓަލަށް ގެންދެވުނުކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މި ހަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު ނަގާފައެއް ނުވެއެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ހަނގުރާމަ ހޫނުވެފައިވަނީ އެ ގައުމުގައި ތިބި އެމެރިކާ ސިފައިން ފައިބަން ފެށުމާ ގުޅިގެންނެވެ. އަފްޣާނިސްތާނުގެ 50 އިންސައްތަ ސަރަޙައްދުތައް އޮތީ ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށުގައިކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޮއިންޓު ޗީފް އޮފް ސުޓާފުގެ ޗެއާމަން ޖެނެރަލް މާކު މިލީ ވިދާޅުވީ އަފްޣާނިސްތާނުގައި ޠާލިބާނުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަމަށެވެ. އެ ގޮތުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެ ގައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުންގެ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކޮށްފައިވާކަމަށާއި މުހިންމު ސަރަޙައްދީ ރޮނގުތައް ވެސް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައިކަމަށް ޖެނެރަލް މިލީ ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުގެ 419 ޑިސްޓްރިކްޓްގެ ތެރެއިން 200 ޑިސްޓްރިކްޓް އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައިކަމަށް އޭނާ ވިދާޅުވިއެވެ.

20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިހާދު، ނޭޓޯއިންވަނީ އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިން ވެސް ވަނީ ފަށާފައެވެ.

އެގޮތުން އަފްޣާނިސްތާނުގެ ކަންދަހާރުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒު ވެސް ވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ހަވާލުކޮށްފައެވެ. އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން މިހާރު ޙަރަކާތްތެރިވަނީ ވެރިރަށް ކާބުލްގެ އިތުރުން އެ ގައުމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެކަންޏެވެ.

ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖަކިސްތާނާއި އުޒުބެކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަހައްދީ ރޮނގުތައް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރު ދަށުގައެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް