Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ސްޓޮޕެއް ހެދުން

އަތޮޅު ފެރީ އުޅަނދުފަހަރު ލަފައި ފުރާ ސަރަހައްދުގައި ޓެކްސީ މަޑުކުރުމަށް ޚާއްޞަ ތަނެއް ހެދުމުގެ މަސައްކަތް ފަށައިފި

4 އޯގަސްޓު 2021 | ބުދަ 01:50

މިސަރަހައްދުގައި ތަރުތީބެއް ނެތުމުގެ ސަބަބުން ލަފާ ފުރާ މީހުންނަށް ގިނަ ދަތިތައް ކުރިމަތިވަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޯގަސްޓު 2021 | ބުދަ 01:50
ޓެކްސީ މަޑުކުރާނެ ޖާގައެއް ހެދުމުގެ މަސައްކަތުގެ ތެރެއިން

ޓެކްސީ މަޑުކުރާނެ ޖާގައެއް ހެދުމުގެ މަސައްކަތުގެ ތެރެއިން

މާލޭގެ އުތުރުފަރާތުން އަތޮޅުތަކަށް ދަތުރުކުރާ ފެރީ އުޅަނދުފަހަރު ލަފައި ފުރާ ސަރަހައްދުގައި ޓެކްސީ މަޑުކުރާނެ ޖާގައެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

އަންގާރަ ދުވަހު ފެށި މި މަސައްކަތާ ބެހޭ ގޮތުން ސިޓީ ކައުންސިލުން ބުނީ މި ސަރަހައްދަކީ ގިނަ ބަޔަކު ލަފައި ފުރާ ސަރަހައްދެއް ކަމަށާއި، މިތަނުގެ ތަރުތީބެއް ނެތުމުގެ ސަބަބުން ލަފައި ފުރާ މީހުންނާއި އަދި ވެހިކަލް ދުއްވާ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އަދި ނުރައްކާތެރި ހާދިސާއެއް ހިނގުމަށް ވެސް މަގުފަހިވާނެ ކަމަށް ފެންނާތީ އެކަންކަން ހައްލުކޮށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ބޭނުމުގައި ފެށި މަސައްކަތެއް ކަމަށް ކައުންސިލުން ބުނެއެވެ.

Advertisement - newsAdvertisement

ޓެކްސީ މަދުކުރާނެ ޖާގަ ހަދަނީ މާލޭގެ އުތުރުފަރާތުން އިއްޒުއްދީން ފާލަމުގެ ހުޅަނގުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކުރިމައްޗަށް ވާގޮތަށް އޮންނަ ސަރަހައްދުގައެވެ. ކައުންސިލުން ބުނީ އަތޮޅުތަކުން މާލެ އަންނަ އަދި ރަށްރަށަށް ފުރާ ގިނަ މީހުން ބޭނުންކުރަނީ މިތަނުގައި އޮންނަ ތޮށި ކަމަށެވެ. އެގޮތުން އެކިއެކި ބަންދުތަކާ ގުޅިގެން މި ސަރަހައްދަށް ބާރުބޮޑުވެ ތޮއްޖެހުން އިތުރުވެގެންދާ ކަމަށާއި، މަގު ތޮއްޖެހި، މީހުން ޓެކްސީތަކަށް އެރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި ޓެކްސީތައް މަޑުކުރުމުގައި ވެސް ދަތިތަކާ ކުރިމަތިވަމުންދާކަން ކައުންސިލުން ފާހަގަކުރިއެވެ.

މާލޭގެ އެކި ސަރަހައްދުގައި އެކި ކަންކަމަށް ހަރަކާތްތެރިވާ ފަރާތްތްކަށް ފަސޭހަ ގޮތްތައް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޕާކިންގް ޒޯންތައް ހަދައި މަގުތައް ތަރުތީބުކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ޓެކްސީ ޚިދުމަތްމާލެ ސިޓީމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް