Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެން އަދި ކަރަންޓު ބިލްތަކުގެ ޑިސްކައުންޓް

ފެނާއި ކަރަންޓު ބިލްތަކަށް 172.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި

276,203 ގޭބީސީއެއްގެ ކަރަންޓު ބިލަށް 146.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 21 ޖުލައި 2021 | ބުދަ 04:32
ސްޓެލްކޯ

ސްޓެލްކޯ

ކޮވިޑް-19ގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް އައި ލޮޅުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދިން ސަބްސިޑީގެ އެހީގައި އާންމު ގޭބީސީތަކުގެ ފެން އަދި ކަރަންޓު ބިލްތަކަށް ވަނީ ޑިސްކައުންޓް ދީފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ޖޫން މަހުގެ ނިޔަލަށް ކަރަންޓު ބިލް ތަކުން 146.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފައެވެ. އަދި ފެން ބިލް ތަކުން 26 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 276,203 ގޭބީސީއެއްގެ ކަރަންޓު ބިލަށް ވަނީ ޑިސްކައުންޓް ދީފައެވެ. އެއީ ފެނަކަ ކޯޕަރޭޝަނުން 137,584 ގޭބީސީއަށް 61.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް، އެމްޑަބްލިއުއެސްސީ އިން 2,093 ގޭބީސީއަށް 8 ލައްކަ ރުފިޔާގެ ޑިސްކައުންޓްގެ އިތުރުން ސްޓެލްކޯ އިން 136,526 ގޭބީސީއަށް 84.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެވެ.

އޭގެ އިތުރުން 110,966 ގޭބީސީއެއްގެ ފެން ބިލަށް ވަނީ ޑިސްކައުންޓް ދީފައެވެ. އެގޮތުން ފެނަކަ އިން 25,661 ގޭބީސީއަށް 6 ލައްކަ ރުފިޔާގެ ޑިސްކައުންޓް، އެމްޑަބްލިއުއެސްސީ އިން 84,187 ގޭބީސީއަށް 25.2 މިލިއަން ރުފިޔާގެ ޑިސްކައުންޓް އަދި ސްޓެލްކޯ އިން 1,118 ގޭބީސީއަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފައެވެ.

މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ފެންބިލާއި ކަރަންޓު ބިލުން ބޮޑެތި ލުއިތަކެއް ދެ ވަނަ ފަހަރަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވައި އެކަން އިއުލާނުކުރައްވާފައި ވަނީ މެއި 25 ވަނަ ދުވަހުއެވެ. އެގޮތުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ފެންބިލުން 30 އިންސައްތައިގެ ޑިސްކައުންޓެއް އަދި ވިޔަފާރިތަކުގެ ފެންބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވިއެވެ. ރާއްޖޭގެ ހުރިހާ ރަށަކުން ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް ދެއްވާފައިވާއިރު، ވިޔަފާރިތަކަށް 20 އިންސައްތައިގެ ޑިސްކައުންޓެއް ވަނީ ދެއްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް ކުރި އަސަރާއެކު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެންމެ ފުރަތަމަ ފެން އަދި ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދިނުމަށް ނިންމާ އެކަން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެފަހަރު ކަރަންޓު ބިލުން 40 އިންސައްތައިގެ ޑިސްކައުންޓެއް އަދި ފެން ބިލުތަކުން 30 އިންސައްތައިގެ ޑިސްކައުންޓެއް ވަނީ ދީފައެވެ. އަދި ބިލްތައް ދައްކަން ދަތިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އެކި މަސް މަހަށް ބަހާލައިގެން ބިލަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.

ކަރަންޓު ބިލްފެން ބިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ކަރަންޓު ބިލުތަކަށް އިތުރަށް ފައިސާ ނަގާކަމުގެ ތުހުމަތުތަކާއި އެކު، ސްޓެލްކޯގެ ހުރިހާ މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކުރަނީ

ކަރަންޓު ބިލުތަކަށް އިތުރަށް ފައިސާ ނަގާކަމުގެ ތުހުމަތުތަކާއި އެކު، ސްޓެލްކޯގެ ހުރިހާ މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކުރަނީ

09 ޖުލައި 2025
ފާޑުކިޔުން އަމާޒުވުމާއެކު، ބޮޑުވި ބިލްތަކުން ޑިސްކައުންޓް ދޭން ނިންމައިފި

ފާޑުކިޔުން އަމާޒުވުމާއެކު، ބޮޑުވި ބިލްތަކުން ޑިސްކައުންޓް ދޭން ނިންމައިފި

02 މެއި 2024

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު