Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިމަގުގައި އުޅޭ ވަގުތު އުޅަނދު ދުއްވުން

ފައިމަގުގައި އުޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި ކޮންމެ ޓެކްސީ ސެންޓަރަކަށް ދޫކުރާނީ 2 ސްޓިކާ

20 ޖުލައި 2021 | އަންގާރަ 09:05

މިވަގުތުގައި ވެހިކަލް ދުއްވޭނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 20 ޖުލައި 2021 | އަންގާރަ 09:05
މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަވީރު 4:00ން ރޭގަނޑު 8:00ށް ހިނގާފައި އުޅޭ ގޮތަށް ވަނީ ހަމަޖައްސާފައި

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަވީރު 4:00ން ރޭގަނޑު 8:00ށް ހިނގާފައި އުޅޭ ގޮތަށް ވަނީ ހަމަޖައްސާފައި

ފައިމަގުގައި އުޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި ކޮންމެ ޓެކްސީ ސެންޓަރަކަށް ދޫކުރާނީ 2 ސްޓިކާ ކަަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން ބުނީ ސްޓިކާ ދޫކުރަމުން ދާނީ މެންދުރު 01:00ން މެންދުރުފަހު 03:00ށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ އޮފީހުން ކަމަށެވެ.

Advertisement - newsAdvertisement

އަޟްހާ އީދު ދުވަހުގެ ހަވީރު 4:00ން ރޭގަނޑު 8:00ށް މާލެ ސިޓީގައި ހިނގާފައި އުޅޭ ގޮތަށް ނިންމާފައިވާއިރު މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ އަކީ ތޮއްޖެހިފައިވާ ތަނަކަށްވާއިރު، މިފަދަ ދުވަހެއްގައި އާއިލާއާއެކު ބޭރަށް ނުކުމެ ހިނގާލަން ބޭނުންވާ އާއިލާތައް ވަރަށް ގިނަ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ވެހިކަލްގެ ބިރެއް ނެތި ބޭރުގައި އުޅުމުގެ ފުރުސަތު ގިނަ ބަޔަކު ބޭނުންވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެވަގުތުގައި ވެސް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުކުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މުއިއްޒު އިލްތިމާސްކުރެއްވިއެވެ.

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަވީރު 4:00ން ރޭގަނޑު 8:00ށް ހިނގާފައި އުޅޭ ގޮތަށް ނިންމާފައިވާއިރު، މިވަގުތުގައި ވެހިކަލް ދުއްވޭނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އެ ވަގުތު ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުން ދާނެ ކަމަށާއި، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނެއެވެ.

މީގެ ކުރިން ވެސް އީދު ދުވަސްތަކާ ގުޅިގެން މާލެ އަދި ވިލިމާލޭގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސާފައިވެއެވެ. މިގޮތަށް ހަމަޖައްސަނީ މާލޭގެ މަގުތައް ކާރޫބާރުބޮޑު މަގުތަކަކަށް ވެފައި އީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ގިނަ އަދަދަކަށް މުސްކުޅިންނާއި ކުޑަކުދިން އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް މާލޭގެ މަގުތަކަށް ނިކުމެ އުޅޭ ވަގުތު މީހަކަށް ގެއްލުމެއް ލިބިދާނެތީއެވެ. އަދި އާއިލާއެކު އުފާވެރި މަޖާ ވަގުތު ކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުންނެވެ.

އަޟްހާ އީދުމާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް