Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަޝްހޫރު ފޮޓޯ ޖަރނަލިސްޓް މަރާލުން

އިންޑިޔާގެ މަޝްހޫރު ފޮޓޯ ޖަރނަލިސްޓް ދާނިޝް ސިއްދީގީ އަފްޣާނިސްތާނުގައި މަރާލާއިފި

17 ޖުލައި 2021 | ހޮނިހިރު 03:06

ސިއްދީގީ މަރުވީ ތާލިބާނުންނާއި އަފްޣާނިސްތާނުގެ ސިފައިންނާ ދެމެދު ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ޖުލައި 2021 | ހޮނިހިރު 03:06
އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ކަވަރުކުރަމުންދަނިކޮށް މަރާލި ދާނިޝް ސިއްދީގީ

އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ކަވަރުކުރަމުންދަނިކޮށް މަރާލި ދާނިޝް ސިއްދީގީ

ރޮއިޓަރސް ގައި މަސައްކަތްކުރަމުން އަންނަ މަޝްހޫރު ފޮޓޯ ޖަރނަލިސްޓް ދާނިޝް ސިއްދީގީ އަފްޣާނިސްތާނުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ކަވަރުކުރަމުންދަނިކޮށް މަރާލައިފިއެވެ.

ރޮއިޓަރސް ގައި އަފްޣާނިސްތާނުގެ ކޮމާންޑަރަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިޔާއަށް ނިސްބަތްވާ ދާނިޝް ސިއްދީގީ މަރާލާފައިވަނީ ޕާކިސްތާނު ބޯޑަރާއި ކައިރި ސަރަހައްދެއްގައި ތާލިބާނުންނާއި އަފްޣާނިސްތާނުގެ ސިފައިންނާ ދެމެދު ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައެވެ.

އަފްޣާނިސްތާނުގެ ސިފައިން މަސައްކަތް ކުރަމުންދިޔައީ ތާލިބާންގެ އަތްދަށުގައިވާ ސްޕިން ބޮލްޑަކް ސަރަހައްދު އަފްޣާންގެ އަސްކަރިއްޔާގެ ދަށަށް ގެނައުމަށްޓަކައެވެ. ރޮއިޓަރސްގައި އޮފިޝަލާއި ހަވާލާދީ ބުނެފައިވަނީ ސިއްދީގީއާއެކު އަފްޣާނިސްތާނުގެ ސީނިއަރ އޮފިސަރުންތަކެއްވެސް ތާލިބާނުން ދިން ހަމަލާގައި މަރުވެފައިވާކަމަށެވެ.

އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ކަވަރުކުރުމަށް ސިއްދީގީ ހަމަޖެއްސީ ނިމެމުންމިދާ ހަފްތާގެ ކުރީކޮޅުއެވެ. ސިއްދީގީ މަސައްކަތްކުރަމުން އަންނަނީ ކަންދަހާރުގެ ދެކުނުގައިވާ ޕްރޮވިންސެއްގައި އަފްޣާނިސްތާނުގެ އަސްކަރިއްޔާއާއެކުއެވެ. ހަމަލާބަދަލުކުރުންތަކުގެ ތެރޭގައި ސިއްދީގީ މަރުވުމާއި ގުޅިގެން ރޮއިޓަރސްގެ ރައީސް މައިކަލް ފްރެޑިންބާގު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެސަރަހައްދުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދަމުން އަންނަކަމަށެވެ.

"ދާނިޝް ސިއްދީގީއަކީ ކުޅަދާނަ ނޫސްވެރިއެއް، އެހާމެ ރަނގަޅު ފިރިޔެއް އަދި ބައްޕައެއް، އެންމެންގެ ލޯބި ލިބިފައިވާ މީހެއް. އަހަރުމެންގެ ދުއާ މިވަގުތު ވަނީ ދާނިޝް ސިއްދީގީ އާއި އޭނާގެ އާއިލާއާއެކު." ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ސިއްދީގީގެ މަރުގެ ޚަބަރާއެކު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ "ސިއްދީގީގެ މަރުގެ ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު, އާއިލާއަށް ތައުޒިޔާ ދަންނަވަން" އެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިއްދީގީ ވަނީ ހުކުރު ދުވަހުގެ ކުރީކޮޅު ބަދަލުކުރި ހަމަލާތަކެއްގައި ޒަޚަމްވެފައެވެ. ނަމަވެސް ފަރުވާދިނުމަށްފަހު ރަނގަޅުވެފައިވާކަމަށް އޭނާ ބުނިކަމަށް ރޮއިޓަރސް އިން ވަނީ ރިޕޯޓްކޮށްފައެވެ. ސިއްދީގީ މަރާލާފައިވަނީ އޭގެ ފަހުން ތާލިބާނުން ދިން ހަމަލާތަކެއްގައެވެ.

އަފްޣާނިސްތާނުގެ ކޮމާންޑަރ ބުނެފައިވަނީ ތާލިބާނުން ހަމަލާދިންއިރު ސިއްދީގީ ހުރީ ފިހާރައިގެ ސޭޓުންތަކަކާއި ވާހަކަދައްކާށެވެ.

ރޮއިޓަރސް އިން ބުނެފައިވަނީ ލިބިފައިވާ މިމައުލޫމާތުގެ ތެދު ދޮގު އަދި ބެލިފައިނުވާކަމަށެވެ. އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބަޔާނެއް ނެރުމުގެ ކުރިން ރޮއިޓަރސް އަށް މައުލޫމާތު ދީފައިވާ އަފްޣާނިސްތާނުގެ އޮފިޝަލްގެ ނަން ހާމަކުރުމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށް ރޮއިޓަރސްއިން ބުނެއެވެ.

ސިއްދީގީގެ މަރާގުޅިގެން ތާލިބާންގެ ސްޕޯކްސްމަން ޒަބީހުﷲ މުޖާހިދު ބުނެފައިވަނީ ހަނގުރާމަ ހިނގަމުންދިޔަ ސަރަހައްދުގައި ނޫސްވެރިއަކު ހަރަކާތްތެރިވަމުންދިޔަ ކަން އެމީހުންނަށް ނޭނގޭކަމަށެވެ. އަދި ކުރިޔަށްދިޔައީ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ކަމަށާއި އެހެންކަމުން ސިއްދީގީ މަރުވި ގޮތް ސާފުނުވާކަމަށް ވަނީ ބުނެފައެވެ.

ސިއްދީގީ ދިޔައީ 2010 ވަނަ އަހަރުން ފެށިގެން ރޮއިޓަރސްގައި ފޮޓޯ ޖަރނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. އޭނާވަނީ އިރާގާއި އަފްގާނިސްތާން ފަދަ ގައުމުތަކުގައި ހިނގާ ހަނގުރާމަތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވެފައެވެ. ހަމައެއާއެކު ރޮހިންގްޔާ ރެފިޔުޖީންގެ ހާލަތު ކަވަރުކުރުމުގައިވެސް ހަރަކާތްތެރިވި ރޮއިޓަރސްގެ ޓީމާއެކު އޭނާ ވަނީ މަސައްކަތްކޮށްފައެވެ. މިފޮޓޯތަކުގެ ސަބަބުން އޭނާ ވަނީ 2018 ވަނަ އަހަރު ޕުލިޒަރ ޕްރައިޒް ހޯދާފައެވެ. ޕުލިޒަރ ޕްރައިޒް އަކީ ނޫސްވެރިކަމާއި އާރޓާއި މިޔުޒިކާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދޭ ޕްރައިޒެކެވެ. 1917 ވަނަ އަހަރުން ފެށިގެން މިޕްރައިޒް އަންނަނީ ދެމުންނެވެ.

ރޮހިންގްޔާ ރެފިޔުޖީ ކޭމްޕްގެ ހާލަތު ދައްކުވައިދޭ މިފޮޓޯތަކަކީ އެމީހުންގެ ހާލަތު ދުނިޔެއަށް ވަރަށް ރަނގަޅަށް ދައްކުވައިދިން ފޮޓޯތަކެއްގެ ގޮތުގައި ޖަޖުންގެ ކޮމިޓީން ވަނީ ބުނެފައެވެ.

މީގެއިތުރުން މިފަހުން ސިއްދީގީގެ އެންމެ ފާހަގަކޮށްލެވުނު މަސައްކަތަކީ ކޮވިޑް-19ގެ ތެރޭގައި އިންޑިއާގައި އޭނާކޮށްފައިވާ މަސައްކަތެވެ. އިންޑިޔާއަށް ކުރިމަތިވި ކޮވިޑްގެ ނުރައްކާތެރި ދެ ވަނަ ރާޅުގެ ހާލަތު ދުނިޔެއަށް ގެނެސްދިނުމަށް އޭނާ ނަގާފައިވާ ފޮޓޯތަކަކީ އަދިވެސް ގިނަ ބަޔެއްގެ ސަމާލުކަން ލިބެމުން އަންނަ ފޮޓޯތަކެކެވެ.

ތާލިބާނު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށަށް ދިޔަ ސަރަހައްދެއްގައި ޒަޚަމްތަކަކާއެކު ތާށިވެ ހުރެ އެހީއަށް އެދުނު އަފްޣާނު ފުލުހަކު ސަލާމަތްކުރުމަށްޓަކައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ދާދި ފަހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ސިއްދީގީ ވަނީ ބައިވެރިވެފައެވެ. ކަންދަހާރުގެ ރަށްބޭރުގައި ހިންގި މި މިޝަން ހިނގައިދިޔަ ގޮތް ސިއްދީގީ ވަނީ އޭނާގެ ޓްވިޓާގައި ޑޮކިއުމެންޓުކޮށް, އަދި ރޮއިޓާޒްގައި މިކަމާއި ބެހޭގޮތުން ލިޔެފައެވެ.

އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމައިގައި 2018 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ މިހާތަނަށް 33 ނޫސްވެރިން މަރާލާފައިވާކަމަށް އދން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެކަނިވެސް 10 ނޫސްވެރިން މަރާލާފައިވެއެވެ. އޭގެތެރޭގައި ނުވަ ނޫސްވެރިންނާއި ފޮޓޯގްރާފަރެއް ހިމެނެއެވެ. އެއީ ކާބުލްގައި ދިން ހަމަލާއެއްގައެވެ. އެދުވަހަކީ 2001 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން ކުރިޔަށްގެންދާ ހަނގުރާމައިގައި އެންމެ ގިނަ ނޫސްވެރިން މަރާލި ދުވަހެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް