Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެރިކަން ކުރަން ދެ ދައުރު ދިނުން

ރައީސް ޞާލިހަށް ދެ ދައުރުދޭން އެމްޑީޕީއަށް މަޖުބޫރުވާނެ - މޫސަ

7 ޖުލައި 2021 | ބުދަ 06:23

އެއް ދައުރު ވެރިކަން ކުރެއްވި ބޭފުޅަކަށް ދެ ވަނަ ދައުރެއް ދޭން އެމްޑީޕީން ނިންމާފައިވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 ޖުލައި 2021 | ބުދަ 06:23
މޫސާ މަނިކު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި

މޫސާ މަނިކު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި

ކުރިއަށް އޮތް 2023 ވަނަ އަހަރަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޕްރައިމަރީ އިލެކްޝަނެއް ބާއްވައިފިނަމަ ބަހާއި އަމަލާ ދިމާނުވާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެ ދައުރު ދޭން ޕާޓީއަށް މަޖުބޫރު ވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕަރސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސާ މަނިކު ވަނީ 2023 ވަނަ އަހަރަށް އެމްޑީޕީގައި ޕްރައިމަރީއެއް ބޭއްވިގެން ނުވާނެ ކަމަށް ވިދާޅުވެ، 2013 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވާދަ ކުރެއްވިއިރު، އެއް ދައުރު ވެރިކަން ކުރެއްވި ބޭފުޅަކަށް ދެ ވަނަ ދައުރެއް ދޭން ޕާޓީން ނިންމާފައިވާނެކަން ފާހަގަކުރައްވާފައެވެ. އެނިންމުން އެގޮތަށް އޮވެ، އެމްޑީޕީގެ ޕްރައިމަރީއެއް ބާއްވައިފި ނަމަ ބަހާއި އަމަލާ ދިމާނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވަނީ ރައީސް ޞާލިހަށާއި ސަރުކާރަށް ތާއީދު ކުރައްވާ ކަމަށާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތަށް ބަލާއިރު، ސަރުކާރުުގެ ދުވެލި ލަހެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާކަން މޫސަ ފާހަގަކުރެއްވިއެވެ.

މޫސަ ވަނީ އެމްޑީޕީގެ އާންމު މެމްބަރުންނަކީ ހިތްވަރުގަދަ ބައެއް ކަމަށާއި ޕާޓީ ދެބައިވެ ރޫޅިގެންދާން އެ މެމްބަރުން ތަން ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ އާންމު މެމްބަރުގެ ބޮޑު މެޖޯރިޓީއެއް ރައީސް ޞާލިހަށް ތާއީދު ކުރާ ކަމަށާއި އެކަން އެގޮތަށް ހިފެހެއްޓިއްޖެނަމަ ޕާޓީ ދެބައި ވެގެން ނުދާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ގޮތެއްވިޔަސް ރައީސް ނަޝީދު ވެރިކަމަށް ގެންނަން ބޭނުންވާ ފަރާތްތަކުގެ ސަބަބުން ޕާޓީއަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ނަޝީދާއި ރައީސް ޞާލިހްއާ ދެބޭފުޅުން އެއް ގަލަކަށް އަރާވަޑައިނުގަންނަވާ ކަމަށްވާނަމަ ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ނުކުމެވަޑައިގަންނަވަން ތާއީދު ނުކުރައްވާ ކަމަށް ވެސް އެ ޕްރޮގްރާމްގައި މޫސަ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ތާއީދު ނުކުރެއްވިއަސް، ރައީސް ޞާލިހްގެ ހިތްވަރާއި ސަރުކާރުގެ ބާރު އޮވެއްޖެނަމަ 2023 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ރައީސް ޞާލިހަށް އެބައޮތް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް އެ ކާމިޔާބީ ދޭން ބޭނުންނުވާނަމަ ރައީސް ނަޝީދު ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގެވިކަމަށް ފާހަގަކުރައްވައި މޫސަ ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު، އެ މަނިކުފާނަށް ތާއީދުކުރެއްވި ކަމަށާއި އެހެން ނަމަވެސް އަލުން އެ މަނިކުފާނު ވެރިކަމަށް ގެންނަން ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެވަނަ ފަހަރަށް ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. މޫސަ ވަނީ އަދިވެސް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސިޔާސަތުތަކަށް ތާއީދު ނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

ރީކޯ މޫސަ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2023

ތަނަކުން ފޮއްޓެއް ހިފައިގެން ސިފައިންގެ މީހަކު އަރާ ކޮންމެ ފަހަރަކު ގައުމުގެ އިސްތިޤްލާލެއް ނުގެއްލޭނެ - މޫސަ

14 ސެޕްޓެމްބަރު 2023
ތަނަކުން ފޮއްޓެއް ހިފައިގެން ސިފައިންގެ މީހަކު އަރާ ކޮންމެ ފަހަރަކު ގައުމުގެ އިސްތިޤްލާލެއް ނުގެއްލޭނެ - މޫސަ
18 ޖުލައި 2023

ރަނިންގމޭޓް ކަމަށް ޝައުގްވެރިކަމެއް ނެތް: ފައްޔާޒު

18 ޖުލައި 2023
ރަނިންގމޭޓް ކަމަށް ޝައުގްވެރިކަމެއް ނެތް: ފައްޔާޒު
09 ނޮވެމްބަރު 2022

އެމްޑީޕީ އިން މިވަގުތު ވެރިކަމަށް ނެރެން ހުރި އެންމެ ރަނގަޅު ޕްރޮޑަކްޓަކީ ރައީސް ޞާލިހު: ރީކޯ މޫސަ

09 ނޮވެމްބަރު 2022
އެމްޑީޕީ އިން މިވަގުތު ވެރިކަމަށް ނެރެން ހުރި އެންމެ ރަނގަޅު ޕްރޮޑަކްޓަކީ ރައީސް ޞާލިހު: ރީކޯ މޫސަ
08 ނޮވެމްބަރު 2022

މޫސަ ޕާޓީއާ އަލުން ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ރައީސް

08 ނޮވެމްބަރު 2022
މޫސަ ޕާޓީއާ އަލުން ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ރައީސް
08 ނޮވެމްބަރު 2022

ރީކޯ މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި

08 ނޮވެމްބަރު 2022
ރީކޯ މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި
21 އޯގަސްޓު 2022

ކޮންގްރެސްގެ ނިންމުމާއި ޚިލާފުވެއްޖެނަމަ ނަޝީދު ޕާޓީ އިން ވަކި ކުރަން ޖެހޭނެ: މޫސަ

21 އޯގަސްޓު 2022
ކޮންގްރެސްގެ ނިންމުމާއި ޚިލާފުވެއްޖެނަމަ ނަޝީދު ޕާޓީ އިން ވަކި ކުރަން ޖެހޭނެ: މޫސަ
01 އޯގަސްޓު 2022

ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ސާލިޙު: ރީކޯ މޫސާ

01 އޯގަސްޓު 2022
ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ސާލިޙު: ރީކޯ މޫސާ
31 ޖުލައި 2022

މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީގައި ހަރުދަނާ ސިޔާސަތެއް އޮންނަންޖެހޭ: މޫސަ

31 ޖުލައި 2022
މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީގައި ހަރުދަނާ ސިޔާސަތެއް އޮންނަންޖެހޭ: މޫސަ
14 މެއި 2022

2023ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާނެކަމަށް ރައީސް ސޯލިހު އަޅުގަނޑުގާތު ވިދާޅުވި - ރީކޯ މޫސަ

14 މެއި 2022
2023ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާނެކަމަށް ރައީސް ސޯލިހު އަޅުގަނޑުގާތު ވިދާޅުވި - ރީކޯ މޫސަ
01 ފެބުރުއަރީ 2022

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

01 ފެބުރުއަރީ 2022
ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް