Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިސް ގޮއްވާލުމުގެ އިންޒާރު

މަޖިލިސް އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހާ ދޫކޮށްލައިފި

އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 3 ޖުލައި 2021 | ހޮނިހިރު 05:50
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރުދިން މީހާ އެއްމަސްދުވަހަށް ފަހު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ފޭސްބުކް ޕޯސްޓަކަށް މަޖިލިސް އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ކޮށްފައިވާ ކޮމެންޓަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ އަށް ދެފަހަރު ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ދީފައެވެ. އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ ދޫކޮށްލީ އެ މައްސަލައިގެ ތަހުގީގު ނިމިފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެމީހާގެ ކޮމެންޓުގައިވާ ފަދައިން ތަނެއް ގޮއްވާލާނެ ކަމަށް ބުނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ އިންޒާރު ދިނުމެވެ. އަދި އެއީ ގާނޫނީ ކުށެކެވެ. ގާނޫނުގައި "އިންޒާރުދިނުން" ގެ މާނައިގައި މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ޒަރީޢާއެއް މެދުވެރިކޮށް، ލިޔުމުން ނުވަތަ އަނގަބަހުން ދެވޭ އިންޒާރު ހިމެނެއެވެ. އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ހަތަރު އަހަރާއި ހައަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ގާނޫނުގައި ބުނެފައި ވެއެވެ.

އެމީހާގެ އިންޒާރަށް ފަހު އޭރު ވަނީ ރައްޔިތުންގެ މަޖިލީސް އިދާރާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ. އެ ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މާލެ ތެރެ ހަލަބޮލިވެ އެފަދަ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް އެންމެންގެ ފަރާތުން ވެސް ލިބެމުން އައި ދުވަސްވަރެކެވެ. އަދި އޭގެ ފަހުން އަދިވެސް މަޖިލިސް އިދާރާއާއި އެ ނޫން ވެސް ބައެއް އެހެން ތަންތަނުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.

މިފަދަ އިތުރު އިންޒާރެއް އަނެއްކާވެސް ޓުވިޓާގައި ފެންމަތިވެފައިވާއިރު، އެމީހާ އިންޒާރުދީފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށެވެ. އަދި އެކަމަށް ވަކި ފިޔަވަޅެއް ފުލުހުންނާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަޅާފައި ނުވިނަމަވެސް ޓުވިޓަރއިން ވަނީ އެ އެކައުންޓު ސަސްޕެންޑް ކޮށްފައެވެ. އަދި އިންޑިއަން ހައިކޮމިޝަނުން އެދިގެން އެތަނުގެ ސެކިއުރިޓީވެސް އެމްއެންޑީއެފިން ވަނީ ވަރުގަދަކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްމޯލްޑިވްސް ޕޮލިސް ސަރވިސްޓެރަރިސްޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު