Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަފްޣާނިސްތާނުގެ ޖަލުގައި ތިބި ދިވެހި ކުދިން

އަފްޣާނިސްތާނުގެ ޖަލެއްގައި ތިބި ދިވެހި ކުދިން ނުގެނެވުނީ ބެލެނިވެރިން ދެކޮޅު ހެދުމުން: އެޗްއާރްސީއެމް

19 ޖޫން 2021 | ހޮނިހިރު 07:35

މައްސަލައާ ގުޅިގެން އެކިފަހަރުމަތިން އާއިލާއާ ބައްދަލުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖޫން 2021 | ހޮނިހިރު 07:35
އެޗްއާރްސީއެމް މެމްބަރުން،

އެޗްއާރްސީއެމް މެމްބަރުން،

އަފްޣާނިސްތާނުގެ ޖަލެއްގައި ތިބި ދިވެހި އާއިލާއެއްގެ ހަތަރު ކުޑަކުދިން ދިވެހިރާއްޖެއަށް ގެނައުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ދެކޮޅު ނުހަދާ ކަމަށާއި، އެކުދިން ރާއްޖެއަށް ނުގެނެވުނީ އެކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ހ. މޫންލައިޓްވެލީ، އަލީ ޝާފިއު އާއި އޭނާގެ އަންހެނުން އަދި 4 ދަރިންނާބެހޭ ގޮތުން މީޑިއާގައި ދައުރުވަމުންދާ މައްސަލައަކީ 2019 ޑިސެންބަރު 12 ވަނަ ދުވަހު ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. މައްސަލައާ ގުޅިގެން އެކިފަހަރުމަތިން އެ އާއިލާއާ ބައްދަލުކޮށްފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

Advertisement - newsAdvertisement

އެޗްއާރްސީއެމުން ބުނީ މިމައްސަލަ ސަމާލު ކަމަށް އައިހިސާބުން ޚާއްސަ އިސްކަމެއް ދިނުމުގެ އިތުރުން ކަމާގުޅޭ އެންމެހައި މުއައްސަސާތަކުގެ ސަމާލުކަމަށް މިމައްސަލަ ގެނެސް މައްސަލައާ ގުޅޭ މައުލޫމާތު ދިޔައީ ހޯދަމުން ކަމަށެވެ. މިމައްސަލައާ ގުޅިގެން ކޮމިޝަނުން ބެލިބެލުމުން މައްސަލާގައި ހިމެނޭ ޝާފިއުއާ އޭނާގެ އަންހެނުންނަކީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ތަހުގީގުކޮށް އެގައުމުގެ ސުޕްރީމްކޯޓުން ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ ދެމަފިރިންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ދެމަފިރިންނާއެކު 4 ކުޑަކުދިން ވެސް ޖަލުގައި ތިބިކަން ފާހަގަކުރެވުނު ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ މިހާދިސާ ހިނގިތާ ކުރީކޮޅު މައްސަލާގައި ހިމެނޭ 4 ކުޑަކުދިން ރާއްޖެ ގެނައުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ވެސް ދެކޮޅު ނޫންކަމާއި ކުދިން ރާއްޖެ ގެނެވޭގޮތަށް އޮތް ކަމަށެވެ. ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ގެނައުމުގެ މަސައްކަތް ހުއްޓުނުކަން ކަމާބެހޭ ފަރާތްތަކުން ހިއްސާކުރި މައުލޫމާތުން ފާހަގަކުރެވުނު ކަމަށް އެކޮމިޝަނުން ބުނެއެވެ.

މި 4 ކުދިންނަކީ އެއްވެސް ކުށެއްނެތި ޖަލުގައި ތިބޭ ކުދިންތަކެއް ކަމުން ކުދިން ގެނައުމާ ގުޅޭގޮތުން ޝާފިއުގެ އާއިލާއާ އިސްވެ މަޝްވަރާކޮށްފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ އެކުދިންގެ ބެލެނިވެރިން ކުދިން ގެނައުމަށް ފަހުން އެއްބަސްވާ ކަމަށް އާއިލާއިން މައުލޫމާތު ހިއްސާކުރުމުން އެކަން ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކުދިން ގެނައުމުގެ މަސައްކަތް ކުރިއަށްދާގޮތް އެޗްއާރްސީއެމުން ގާތުން ބަލަމުންދާ ކަމަށް ކޮމިޝަނުން ބުނެއެވެ. އަދި ކޮވިޑް-19 ގެ ހާލަތާ އަދި އެހެނިހެން މައްސަލަތަކާ ހެދި ކުދިން ރާއްޖެ ގެނައުމުގައި ގޮންޖެހުންތައް ހުރިކަމަށް ކަމާބެހޭ މުއައްސަސާތަކުން ހިއްސާކުރި މައުލޫމާތުން ހާމަވެފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ލިބެމުންދާ ކުރިއެރުންތަކާ ގުޅޭ މައުލޫމާތާއި، މައްސަލައާއި ގުޅިގެން އާއިލާއިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ އަދި ޖަލުގައި ތިބި 4 ކުދިން ގެނައުމާ ގުޅޭގޮތުން، ކަމާގުޅުންހުރި މުއައްސަސާތަކާއެކު އެކިފަހަރުމަތިން އެޗްއާރްސީއެމުން ވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި މިމައްސަލަ ކުރިއަށްދާ ގޮތުގެ އެންމެފަހުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުންދާކަން ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ މިމައްސަލައާ ގުޅިގެން އަފްޣާނިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މުއާމަލާތްކޮށް އެ އާއިލާއަށް ޒިޔާރާތް ކުރުމަށް އެދިފައިވާ ކަމަށެވެ. ކޮމިޝަންގެ އެދުމުގެ މަތިން އަފްޣާނިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެ އާއިލާއަށް ޒިޔާރާތްކޮށް ހާލަތު ބެލުމަށްފަހު ފާހަގަވިކަންކަން ހިއްސާކޮށްފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ މި މައްސަލައިގައި ހިމެނޭ 4 ކުދިން ރައްކާތެރި މައުހާލަކަށް ގެންދިއުމަށް އެދިފައިވާތީ އެމުއައްސަސާއިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުދިން ބަހައްޓާ މަރުކަޒުތަކުން މިކުދިން އެ މަރުކަޒުތަކަށް ނެގުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން، މިކަން އަދި ހަމަޖެހިފައިނުވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް