Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ

އާޖެންޓީނާ އާއި ޗިލީގެ ކުރިމަތިލުން އެއްވަރު

މީގެ ކުރިން ކުޅުނު މެޗުންވެސް މި ދެ ގައުމު ވަނީ އެއްވަރުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޖޫން 2021 | ހޯމަ 23:32
އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި ޗިލީ އެއްވަރުވެއްޖެއެވެ.

ބްރެޒިލުގައި ކުރިއަށްދާ މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން އާޖެންޓީނާ އާއި ޗިލީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ގައުމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ ކެރިއަރުގައި މެސީ ކާމިޔާބުކުރި 57 ވަނަ ހިލޭ ޖެހުމެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޗިލީން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ޗިލީގެ އާޓޫރޯ ވިޑާލަށް ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ދިން ޕެނަލްޓީއެކެވެ. އެއާއެކު ވިޑާލް ފޮނުވާލި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު އެމީލިއާނޯ މާޓިނޭޒް މަތަކުރި ނަމަވެސް، ޗިލީގެ އެޑުއާޑޯ ވާގަސް ވަނީ ރިބައުންސް ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ކޮޕާ އެމެރިކާގައި ކުޅުނު ފުރަތަމަ މެޗުން އާޖެންޓީނާ އާއި ޗިލީ އެއްވަރުވިއިރު، ދެކުނު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި މި ފަހުން ކުޅުނު މެޗުންވެސް މި ދެ ގައުމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ކޮޕާ އެމެރިކާ

އިތުރަށް ކިޔާލަން

08 ޖޫން 2024

ކޮޕާ އެމެރިކާ، ޔުނައިޓެޑް ސްޓޭޓްސްގައި ބާއްވަނީ ކީއްވެ؟

08 ޖޫން 2024
ކޮޕާ އެމެރިކާ، ޔުނައިޓެޑް ސްޓޭޓްސްގައި ބާއްވަނީ ކީއްވެ؟
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
07 ޖުލައި 2021

ފައިނަލުގެ ފަހު ޖާގަ އާޖެންޓީނާއަށް

07 ޖުލައި 2021
ފައިނަލުގެ ފަހު ޖާގަ އާޖެންޓީނާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު