Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ

ޗެމްޕިއަން ބްރެޒިލަށް ރަނގަޅު ފެށުމެއް

14 ޖޫން 2021 | ހޯމަ 03:51

ކޮލަމްބިއާއިން ވަނީ 1-0 ގެ ނަތީޖާއަކުން އެކުއެޑޯ ބަލިކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޖޫން 2021 | ހޯމަ 03:51
ބްރެޒިލާއި ވެެނެޒުއޭލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 3-0 ން

ބްރެޒިލާއި ވެެނެޒުއޭލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 3-0 ން

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް މޮޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ވެެނެޒުއޭލާ އަތުން ބްރެޒިލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ލީޑު ނެގިއިރު، މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކުއީނިއޯސްއެވެ. އަދި ބްރެޒިލުގެ ދެވަަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ނޭމާ ޖެހިއިރު، މިއީ އޭރިއާ ތެރެއިން ވެނެޒުއޭލާގެ ޔޯހަން ކުމާނޯ ބްރެޒިލުގެ ޑަނީލޯއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. ދެން މި މެޗުގައި ބްރެޒިލުން ޖެހި އަނެއް ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ބާބޯސާއެވެ.

މި މެޗުން ބްރެޒިލް މޮޅުވިއިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު އަނެއް މެޗުން ކޮލަމްބިއާއިން ވަނީ 1-0 ގެ ނަތީޖާއަކުން އެކުއެޑޯ ބަލިކޮށްފައެވެ.

ކޮޕާ އެމެރިކާގެ ކުޅުން އާދީއްތަ ދުވަހުގެރޭ ފެށިއިރު، މި މުބާރާތަކީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި މުބާރާތެކެވެ. ކަމަކު ކޮވިޑް-19 އާ ގުޅިގެން މުބާރާތް މި އަހަރަށް ފަސްކުރިއިރު، މި ފަހުން މުބާރާތް ބާއްވާ ގައުމުވެސް ކޮންމެބޯލްއިން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން މިހާރު މުބާރާތް ކުރިއަށްދަނީ 2019 ވަނަ އަހަރު މުބާރާތް ބޭއްވި ގައުމު ކަމަށްވާ ބްރެޒިލުގައެވެ.

ކޮޕާ އެމެރިކާ

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އީރާނުން އަމިއްލައަށް އުފައްދާފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން ފަހުގެ ހަނގުރާމައިގައި ދުޝްމަނުންގެ 200 އަށްވުރެ ގިނަ މަތިންދާބޯޓު ވައްޓާލި

އިތުރަށް ކިޔާލަން

08 ޖޫން 2024

ކޮޕާ އެމެރިކާ، ޔުނައިޓެޑް ސްޓޭޓްސްގައި ބާއްވަނީ ކީއްވެ؟

08 ޖޫން 2024
ކޮޕާ އެމެރިކާ، ޔުނައިޓެޑް ސްޓޭޓްސްގައި ބާއްވަނީ ކީއްވެ؟
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
07 ޖުލައި 2021

ފައިނަލުގެ ފަހު ޖާގަ އާޖެންޓީނާއަށް

07 ޖުލައި 2021
ފައިނަލުގެ ފަހު ޖާގަ އާޖެންޓީނާއަށް
06 ޖުލައި 2021

ޕެރޫ ބަލިކޮށް ބްރެޒިލް ފައިނަލަށް

06 ޖުލައި 2021
ޕެރޫ ބަލިކޮށް ބްރެޒިލް ފައިނަލަށް
04 ޖުލައި 2021

މެސީއަށް ކޮޕާ އެމެރިކާ ހައްގު: ރޮނާލްޑޯ

04 ޖުލައި 2021
މެސީއަށް ކޮޕާ އެމެރިކާ ހައްގު: ރޮނާލްޑޯ
04 ޖުލައި 2021

އާޖެންޓީނާ އާއި ކޮލަމްބިއާ ސެމީއަށް

04 ޖުލައި 2021
އާޖެންޓީނާ އާއި ކޮލަމްބިއާ ސެމީއަށް
03 ޖުލައި 2021

ބްރެޒިލާއި ޕެރޫ ސެމީއަށް

03 ޖުލައި 2021
ބްރެޒިލާއި ޕެރޫ ސެމީއަށް
14 ޖޫން 2021

އާޖެންޓީނާ އާއި ޗިލީގެ ކުރިމަތިލުން އެއްވަރު

14 ޖޫން 2021
އާޖެންޓީނާ އާއި ޗިލީގެ ކުރިމަތިލުން އެއްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް