Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުންގެ އަހަރީ ބައްދަލުވުން

ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން ފަށައިފި

މި ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނަކީ އުއްތަމަފަނޑިޔާރު

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 12 ޖޫން 2021 | ހޮނިހިރު 07:39
ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން 2021

ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން 2021

ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން އިންތިޒާމުކޮށް، ކުރިއަށްދާ "ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން 2021" ފަށައިފިއެވެ.

މި ބައްދަލުވުން ފަށާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނުގެ 9:00 ޖެހި އިރުއެވެ. މި ބައްދަލުވުމުގެ ޝަރަފުވެރި މެހެމާނަކީ ދިވެހިރާއްޖާގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

Advertisement - newsAdvertisement

ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ކޮވިޑްގެ ޙާލަތާއި ގުޅިގެން މިހާރުގެ މަސައްކަތުގެ ނިޒާމް އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުވެފައިވާކަމާއި، އަދި ދުރުން ނުވަތަ ރިމޯޓްކޮށް ޝަރީޢަތްކުރުން ބަދަލުވެފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތަށް ޝަރީޢަތް ހިންގުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމާއި، ކުރިއަށް މިދާ ބައްދަލުވުމުގައި މެޖިސްޓްރޭޓުން މަސައްކަތްކުރުމުގައި، އަދި މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ފާހަގަކުރައްވައި އެކަންކަން ރަނގަޅުކުރާނެ ގޮތުގެ ރިކޮމެންޑޭޝަން ހުށަހެޅުމުން، އެކަންކަން ޙައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މެޖިސްޓްރޭޓުންނަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކޮށް، ހުރިހާ މެޖިސްޓްރޭޓު ކޯޓުތައް ތަމްސީލުވާގޮތަށް ކަރުދާސްތަކެއް ހުށަހަޅަމުންދާ ކަމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން މައުލޫމާތު ދިނެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި މި ބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2022

ވަކީލުންނަށް ބާއްވާ، މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފި

17 ސެޕްޓެމްބަރު 2022
ވަކީލުންނަށް ބާއްވާ، މަދަނީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު