Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

1369 މީހުން ބަލިން ރަނގަޅުވިއިރު، އަންގާރަ ދުވަހު 370 މީހުން ޕޮޒިޓިވް

4263 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 370 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖޫން 2021 | އަންގާރަ 17:40
ކޮވިޑް-19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމަކުން ހަރަކާތްތެރިވަނީ

ކޮވިޑް-19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ޓީމަކުން ހަރަކާތްތެރިވަނީ

ކޮވިޑަށް އިތުރު 370 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހޯމަ ދުވަހުގެ އިރުއޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާއި ހަމައަށް ނެގުނު 4263 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 370 މީހުންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 217 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 148 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 4 މީހުންނެވެ. މީގެ އިތުރުން ތަރައްގީކުރަމުން އަންނަ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަންގާރަ ދުވަހުގެ އަދަދާއެކު މިހާތަނަށް 68،872 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި 51،213 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ހިމެނެނީ 17،461 މީހުންނެވެ. އަދި މީގެ ތެރެއިން 152 މީހަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ހޯމަ ދުވަހުގެ އިރު އޮއްސި 6:00ން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ދެމެދު 2 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ. މިއާއެކު ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 189ށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، ނިޔާވި މީހުންގެ ތެރެއިން 93 އިންސައްތަ މީހުންނަކީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންނެވެ.

މިހާތަނަށް 71 ރަށެއް މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ.

ކޮވިޑް-19އެޗްޕީއޭހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު

23 ޑިސެމްބަރު 2025
ފޯކައިދޫ ސިއްހީ މަރުކަޒު ގެ ވަށާ ފާރު ގެ ބެރީގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރު
23 ޑިސެމްބަރު 2025

ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

23 ޑިސެމްބަރު 2025
ނުރައްކާ މިންވަރަށް ރާއްޖޭގައި ވައި ނުސާފުވެ މާސްކު ބޭނުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި
18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު