Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑު ބަލީގައި މީހަކު މަރުވުން

އަނެއްކާވެސް އިތުރު 2 މަރު

ނިޔާވެފައި ވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނެއްގެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖޫން 2021 | އަންގާރަ 13:31
ހުޅުމާލެ މެޑިކަލް ފެސިލިޓީ

ހުޅުމާލެ މެޑިކަލް ފެސިލިޓީ

ކޮވިޑް ބަލީގައި، އަންގާރަދުވަހު އިތުރު 2 މީހަކު ނިޔާވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެ އޭޖެންސީން މައުލޫމާތު ދޭ ގޮތުގައި، އަންގާރަ ދުވަހު 01:51 ހާއިރު ނިޔާވެފައި ވަނީ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދިޔަ އުމުރުން 89 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭގެ އިތުރުން އެރޭގެ 02:43ގައި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ ނިޔާވެފައި ކަމަށާއި، އޭނާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. މި ދެ މަރާއެކު މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 167 އަށް އަރާފައެވެ.

އަންގާރަ ދުވަހު މެންދުރު ކުރިިންވެސް ރާއްޖެއިން ކޮވިޑްގައި ހަތަރު މީހަކު ނިޔާވެގެން ރިޕޯޓު ކޮށްފައިވެއެވެ

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ހޯމަ ދުވަހު ވެސް މި ބަލީގައި ތިން މީހަކު ވަނީ ނިޔާވެފައެވެ. ފަރުވާދޭނެ ސިއްހީ ޚިދުމަތްތެރިން ވެސް މަދުވެ އެނދުތައް ވެސް ދަނީ ފުލްވަމުންނެވެ. އޭގެ ސަބަބުން ރާއްޖެ މި ބަލީގެ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އެކަމަށްޓަކައި ފިޔަވަޅުތަކެއް ވެސް އަޅާފައިވާއިރު، ކާފިއު ވެސް ވަނީ އިއުލާންކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު