Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގެސްޓްހައުސްތަކަށް ދިމާވާ ގޮންޖެހުންތައް

ރަށު ގެސްޓްހައުސްތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް މަޝްވަރާކުރަނީ

ގެސްޓްހައުސްތައް ހިންގާ ރަށްރަށުގެ ކައުންސިލްތަކާ އެކު ދަނީ މަޝްވަރާ ކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 31 މެއި 2021 | ހޯމަ 15:30
ގޭމް އިން ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން

ގޭމް އިން ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން

ރާއްޖޭގެ އެކި ރަށްރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންތައްތަކަށް ހައްލުހޯދުމުގެ މަސައްކަތް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ފަށައިފިއެވެ.

ގޭމް އިން އިސްނަގައިގެން، އެރަށްރަށުގެ ކައުންސިލްތަކާ އެކު ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކައުންސިލްތަކުގެ ތެރޭގައި، ފުވައްމުލަކު ސިޓީ ކައުންސިލް، އައްޑޫ ސިޓީ ކައުންސިލް، އަދި ނ. އަތޮޅު ކައުންސިލް ހިމެނެއެވެ.

ގޭމް އިން ބުނީ މި ބައްދަލުވުންތަކުގެ ބޭނުމަކީ ރަށްރަށުގައި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހޯދައި، އެކަންކަން ހައްލުކުރުމަށް ރަށު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކާއެކު ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އެ އެސޯސިއޭޝަންގެ އަމާޒަކީ، ސަރުކާރާއި އަދި ކައުންސިލްތަކުގެ އެއްބާރުލުމާއެކު، މިވިޔަފާރި ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށް، ގެސްޓްހައުސްތައް މާކެޓްކޮށް، އަދި މިވިޔަފާރި އިތުރަށް ފުޅާކުރުން ކަމަށެވެ. އަދި މިކަންތައް ހާސިލްކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރު ޖަމިއްޔާތަކާއެކު މަސައްކަތްކުރަން ތައްޔާރުކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގައި ޓޫރިސްޓު ބީޗެއް ނެތުން ކަމަށް ގޭމް އިން ފާހަގަކުރެއެވެ. އަދި ރަށް ކައިރީގައި ޕިކްނިކް އައިލެންޑެއް ނެތުމާއި ދަތުރުފަތުގެ ދަތިކަންވެސް ގޭމް އިން ފާހަގަކުރެއެވެ.

ރާއްޖެއަށް ކޮވިޑް-19ގެ އަސަރުކުރުމާއި އެކު އެންމެ ބޮޑު ގެއްލުމެއް ވެގެންދިޔައީ ގެސްޓްހައުސް ވިޔަފާރިއަށެވެ. ފަތުރުވެރިން ރަށްރަށަށް ދިއުން މަނާކުރުމާއެކު އެތައް ގެސްޓްހައުސެއް ބަންދުކުރަން ޖެހުނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިނަމަވެސް ގެސްޓްހައުސް ވިޔަފާރި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބުނީ އެތައް މަހެއް ފާއިތުވެ ދިޔަފަހުންނެވެ.

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2019

ފަޅުރަށްރަށުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވަނީ!

05 ޑިސެމްބަރު 2019
ފަޅުރަށްރަށުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވަނީ!
15 ސެޕްޓެމްބަރު 2019

ކެލާ އަދި ބާރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ގާއިމްކޮށްފި

15 ސެޕްޓެމްބަރު 2019
ކެލާ އަދި ބާރަށުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ގާއިމްކޮށްފި
07 ޖުލައި 2019

ރަށު މާރުކެޓް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

07 ޖުލައި 2019
ރަށު މާރުކެޓް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
18 މެއި 2019

ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި މާކެޓިންގ ސެމިނަރތައް ހިންގައިފި

18 މެއި 2019
ގެސްޓްހައުސްތަކަށް އަމާޒުކޮށްގެން 11 ސަރަހައްދެއްގައި މާކެޓިންގ ސެމިނަރތައް ހިންގައިފި
29 އެޕްރީލު 2019

ރަށު މާރުކޭޓް ގޮޅިތައް ލިބުނު މީހުންގެ ނަންތައް އެޗްޑީސީން އާންމުކޮށްފި

29 އެޕްރީލު 2019
ރަށު މާރުކޭޓް ގޮޅިތައް ލިބުނު މީހުންގެ ނަންތައް އެޗްޑީސީން އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު