ކޮވިޑް-19: އެންމެ ފަހުގެ

18,673,001
  • ކޮވިޑް-19 އިކޮނޮމިކް ރިލީފް ޕެކޭޖް: ރިސޯޓަކަށް 7.71 މިލިއަން، ވިޔަފާރިއަކަށް 1 މިލިއަން ރުފިޔާ
  • މަސައްކަތް ކުރުމުގައި ރައްކާތެރިކަމުގެ މިންގަނޑު ހިފެހެއްޓުން މުހިންމު
  • ކާފިއު ގަޑީގައި މިއަދު ވެސް ގިނަ އަދަދެއްގެ ބަޔަކު ހިފަހައްޓާފައިވޭ
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އިކޮނޮމިކް ރިލީފް ޕެކޭޖް: ރިސޯޓަކަށް 7.71 މިލިއަން، ވިޔަފާރިއަކަށް 1 މިލިއަން ރުފިޔާ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތެރެއިން ރިސޯޓަކަށް 7.71 މިލިއަން އަދި ވިޔަފާރިއަކަށް 1 މިލިއަން ދޭގޮތަށް ހަމަޖައްސައިފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 21:22
Writer Profile Picture
ސިމާހާ ނަސީމް
މަސައްކަތް ކުރުމުގައި ރައްކާތެރިކަމުގެ މިންގަނޑު ހިފެހެއްޓުން މުހިންމު

މަސައްކަތް ކުރުމުގައި ރައްކާތެރިކަމުގެ މިންގަނޑު ހިފެހެއްޓުން މުހިންމު ކަމަށާއި ފައިސާ އަތްލާއިރު އަންގި ލެއްވުން މުހިންމު ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ. މޫސުމީ ބަލިތައް މިހާރު އެބައުޅޭ ކަމަށާއި ޑެންގީ ފަދަ، މިދުވަސްކޮޅުގައި ގޭގައި ތިބޭއިރު ގެ ރަނގަޅަށް ސާފުކުރުން މުހިންމު ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 21:20
Writer Profile Picture
ސިމާހާ ނަސީމް
ކާފިއު ގަޑީގައި މިއަދު ވެސް ގިނަ އަދަދެއްގެ ބަޔަކު ހިފަހައްޓާފައިވޭ

182 މީހަކު މިއަދު ކާފިއު ގަޑީގައި ހިފަހައްޓާފައިވޭ

152 ދިވެހިން

29 ބިދޭސީން ހިމެނޭ

އެއްވެސް މީހަކު ޖޫރިމަނާ ކުރިކަމެއް ޓާސްކް ފޯހުން ހާމައެއް ނުކުރޭ

7 އޭޕްރިލް 2020 | އަންގާރަ 21:16
Writer Profile Picture
ސިމާހާ ނަސީމް
ޖޮބް ސެންޓަރަށް ހުށަހެޅުނު ޝަކުވާ

857 މީހަކު ރަޖިސްޓަރީވެފައިވޭ

92 އަމިއްލަ މަސައްކަތް ކުރާ މީހެއް އޭގެ ތެރޭގައި ހިމެނޭ

7 އޭޕްރިލް 2020 | އަންގާރަ 21:15
Writer Profile Picture
ސިމާހާ ނަސީމް
ޖޮބް ސެންޓަރަށް ހުށަހެޅުނު ޝަކުވާ

857 މީހަކު ރަޖިސްޓަރީވެފައިވޭ

92 އަމިއްލަ މަސައްކަތް ކުރާ މީހެއް އޭގެ ތެރޭގައި ހިމެނޭ

7 އޭޕްރިލް 2020 | އަންގާރަ 21:15
Writer Profile Picture
ސިމާހާ ނަސީމް
ރިސޯޓުތަކުގައި ތިބޭ މުވައްޒަފުން

ރިސޯޓުތަކުގައި ތިބޭ މުވައްޒަފުންނަށް ފޭބޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ. އެންމެ ފަހުން އެ ރިސޯޓުން ފުރާ ގެސްޓް މީހާ ފުރިތާ 14 ދުވަސް ފަހުން އެ މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެ ކަމަށް ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 21:14
Writer Profile Picture
ސިމާހާ ނަސީމް
ޖޯލި ރިސޯޓުން ޕޮޒިޓިވްވި މީހާ

އެ މީހާ އަނބުރާ ޤައުމަށް ދިޔުމަށްފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ. މި މަހުގެ 6 ވަނަ ދުވަހު އޭނަ ޕޮޒިޓިވްވިކަން އެނގުނީ ޓެސްޓުތަކުން. އެމީހާ އަކީ ޖޯލި މޯލްޑިވްސް ރިސޯޓުގެ މީހެއް. ކުރެއްދޫ ރިސޯޓުގައި އޮރެންޖް ލެވަލްގައި އޮތީ އެ ރަށުން ފުރި މީހާގެ ކިބައިން އެހެން މީހުންނަށް ބަލި ޖެހުނީ، އެ ރިސޯޓު ވަނީ 28 ދުވަހުގެ މޮނީޓަރިންގ އަށް ލެވިފައި.

7 އޭޕްރިލް 2020 | އަންގާރަ 21:12
Writer Profile Picture
ސިމާހާ ނަސީމް
ކޮވިޑް-19 ރާއްޖޭގެ ހާލަތު

8076 މީހަކު ކަރަންޓީން ފެސިލިޓީގައި އެބަތިބި. މިހާތަނަށް 2010 ސާމްޕަލް ނެގިފައިވޭ. އޭގެ ތެރެއިން 1911 ސާމްޕަލެއް ނެގެޓިވްވެފައިވޭ. 80 ސާމްޕަލެއްގެ ނަތީޖާ ވަނީ ނުލިބި.

7 އޭޕްރިލް 2020 | އަންގާރަ 21:09
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ބަލިން އަވަސް ޝިފާއަކަށް އެދިވަޑައިގެން އިނގިރޭސި ބޮޑުވަޒީރަށް ރައީސް ސާލިހު މެސެޖެއް ފޮނުއްވައިފި

ކޮވިޑް-19އަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މެސެޖެއް ފޮނުއްވައިފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 20:22
Writer Profile Picture
ޒިހްނަތު ހަސަން
މާލެސިޓީ ލޮކްޑައުންކުރާ ހާލަތެއްގައި ގޭތަކަށް ޑެލިވަރީކޮށްދޭނެ ފިހާރަތައް ހޯދައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި މާލެސިޓީ ލޮކްޑައުންކޮށްފިނަމަ، ގޭގެއަށް ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މަޢުލޫމާތު މާލޭ ސިޓީ ކައުންސިލުން އެއްކޮށްފި އެވެ.

7 އޭޕްރިލް 2020 | އަންގާރަ 20:21
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މާލޭގެ 306 ޓެކްސީއެއްގެ މައުލޫމާތު ހޯދައިފި

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ޓެކްސީ ސެންޓަރ ތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުންކޮށްފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 20:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މާލެސިޓީގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ހޯދަނީ

ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަސޭހަކުރުމަށް މާލޭސިޓީގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މާލޭސިޓީ ކައުންސިލުން ފަށައިފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 20:20
Writer Profile Picture
ޒިހްނަތު ހަސަން
ރައްޔިތުންނަށްވާ ދަތިތަކުގައި "ވީހާލެއްގައި ވާން" މިހުރީ ތައްޔާރަށް: ރައީސް ނަޝީދު

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކުގައި، "ވީހާލެއްގައިވާން" ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

7 އޭޕްރިލް 2020 | އަންގާރަ 20:19
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފުރައިގެން ދިޔަ ފަހުން ކޮވިޑްއަށް މީހަކު ޕޮޒިޓިވްވެގެން 2 ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ރާއްޖެއަށް އައި ބިދޭސީ މީހަކު އަނބުރާ ޤައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރާއްޖޭގެ ދެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 20:17
Writer Profile Picture
ޒިހްނަތު ހަސަން
އައިސޮލޭޝަން ފެސިލިޓީން ދޫކުރާ މީހުންނާމެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް އިލްތިމާސްކޮށްފި

އައިސޮލޭޝަން ފެސިލިޓީގައި ތިބޭ މީހުންގެ ތެރެއިން މުޖުތަމަޢަށް ދޫކުރާ މީހުންނާ މެދު ތަފާތު ކުރުންތައް ނުގެންގުޅުމަށް އިލްތިމާސްކޮށްފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 02:02
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމެރިކާގައި މަރުވީ މީހުންގެ އަދަދު 10 ހާހަށް ވުރެ މައްޗަށް އަރައިފި

ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވީ މީހުންގެ އަދަދު 10 ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

އެންމެފަހުގެ ޑޭޓާތަކައް ބަލާލާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި އެމެރިކާއިން 25,653 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެ، ފަރުވާދެމުން ދަނިކޮށް 1,098 މީހުން ވަނީ މަރުވެފައެވެ.

7 އޭޕްރިލް 2020 | އަންގާރަ 01:48
Writer Profile Picture
ޒިހްނަތު ހަސަން
ބޭރުގައި ތިބި ދިވެހިން ގެނައުމުގައި އެންމެ އިންސާފުވެރިކޮށް އެކަންކުރެވޭނެ ގޮތެއް އަދިވެސް ބަލަންޖެހޭ: މަބްރޫކް

ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި މިހާރު ސަރުކާރުން ގެންގުޅެމުންދާ އުޞޫލުތައް އަދިވެސް ބަލާ އެކަން އެންމެ އިންސާފުވެރިކޮށް ކުރެވޭނީ ކިހިނެއްތޯ އަދިވެސް ބަލަންޖެހޭކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

7 އޭޕްރިލް 2020 | އަންގާރަ 01:13
Writer Profile Picture
ޒިހްނަތު ހަސަން
މެލޭޝިޔާގައި ދިރިއުޅޭ ފަރާތްކަށް ތަކެތި ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެނީ

މެލޭޝިޔާގައި ދިރިއުޅޭ ފަރާތްތަކައް "ކެއަރ ޕެކޭޖް" ފޮނުވުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 01:07
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރުގެ ހާލުކޮޅު ބޮޑުވުމުގެ ސަބަބުން އައިސީޔޫއަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިވަގުތު ހޮސްޕިޓަލްގައި އޮންނެވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކޮށްފި އެވެ.

7 އޭޕްރިލް 2020 | އަންގާރަ 01:03
Writer Profile Picture
ޒިހްނަތު ހަސަން
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭންފަށައިފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދެމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 01:03
Writer Profile Picture
ޒިހްނަތު ހަސަން
އިނގިރޭސި ބޮޑުވަޒީރު ހޮސްޕިޓަލުގައި، މަޤާމުގެ ޒިންމާ އުފުއްލެވުމުގައި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ތަހުލީލުކުރެއްވުމަށްޓަކައި، ހޮސްޕިޓަލުގައި އެޑްމިޓްކުރިނަމަވެސް، މަޤާމުގެ މަސްއޫލިއްޔަތު ދޫކޮށްނުލައްވާ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

7 އޭޕްރިލް 2020 | އަންގާރަ 00:59
Writer Profile Picture
ޒިހްނަތު ހަސަން
މި މަހުގެ މުސާރައާއެކު މާރޗް މަހުގެ އޯޓީވެސް ލިބޭނެ: ފިނޭންސް

ސިވިލް ސަރވިސް މުވައްޒަފުންނަށް މިހިނގާ އެޕްރީލް މަހުގެ މުސާރައާއެކު ފާއިތިވެދިޔަ މާރޗް މަހުގެ އޯވަރޓައިމް އެލަވެންސް(އިތުރުގަޑީގެ ފައިސާ) ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކްޓިވް މުޙައްމަދު ޝަނޫން ވިދާޅުވެއްޖެއެވެ.

7 އޭޕްރިލް 2020 | އަންގާރަ 00:03
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: މާފަށް އެދުމަށްފަހު ލިވަޕޫލްގެ ނިންމުން ބަދަލުކޮށްފި

ސަޕޯޓަރުންގެ ކިބައިން މާފަށް އެދުމަށްފަހު، ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމި ނިންމުން ލިވަޕޫލުން ބަދަލުކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ހޮނިހިރު ދުވަހު ވަނީ ބައެއް މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ލިވަޕޫލަށް އަމާޒުވިއެވެ.

6 އޭޕްރިލް 2020 | ހޯމަ 23:04
Writer Profile Picture
ޒިހްނަތު ހަސަން
ކާފިއު ހިންގި ވަގުތު ބޭރުގައި އުޅުނު 150 ދިވެހިން ފުލުހުން ހުއްޓުވި: މަބްރޫކް

މާލެ ހިމެނޭ ޞަރަޙައްދުގައި ހިންގަން ފަށާފައިވާ ކާފިއުގައި ހޯމަ ދުވަހު އެކަނި ވެސް 150 ދިވެހިން ފުލުހުން ހުއްޓުވި ކަމަށް ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

6 އޭޕްރިލް 2020 | ހޯމަ 23:01
Writer Profile Picture
ޒިހްނަތު ހަސަން
އިންޑިއާ ޓްރެފިކް ފުލުހުން ކޮވިޑް-19 ތީމްގެ ހެލްމެޓް އަޅައިގެން ޑިއުޓީގައި

އިންޑިއާ ޓްރެފިކް ފުލުހުން ކޮވިޑް-19 ތީމްގެ ހެލްމެޓާއި ޝީލްޑް ހިފައިގެން ޑިއުޓީއަށް ނިކުމެއްޖެއެވެ. ފުލުހުން ބުނެފައިވަނީ، މިގޮތައް ކަންތައް ކުރަމުންދަނީ މި ވައިރަސްގެ ނުރައްކާ އާންމުންނަށް އަންގައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ފުލުހުން ދަނީ އުޅަނދުތައް ހުއްޓުވާ ނަޞޭހަތް ދެމުންނެވެ. އަދި ގޭގެއަށް ގޮސް ވެސް ނަސޭހަތް ދެމުންނެވެ. އަދި ކޮވިޑް-19 އަށް ހޭލުންތެރިކުރުމުގައު ފުލުހުންގެ ދައުރު ބޮޑުކަމަށް ބުނެ، އިންޑިއާ ފުލުހުންދަނީ ކޮވިޑްއާއި ގުޅޭ މަޢުލޫމާތުވެސް ފަތުރަމުންނެވެ.

6 އޭޕްރިލް 2020 | ހޯމަ 22:27