Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

25 އެޕްރީލު 2020 | 06:20

އައިޖީއެމްއެޗްގައި މާބަނޑު މީހުންނަށް ހާއްސަ އުސޫލު ތަކެއް

25 އެޕްރީލު 2020 | 06:19

ވެމްކޯއިން ޑަސްބިން ކޮތަޅު ވިއްކަނީ!

24 އެޕްރީލު 2020 | 22:19

އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 129 އަށް!

24 އެޕްރީލު 2020 | 21:13

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2.8 މިލިއަނަށް ވުރެ މައްޗަށް!

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2.8 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

24 އެޕްރީލު 2020 | 17:10

ވައިރަސްއާއެކީ އުޅެން ދަސްކުރަން ޖެހޭ: ޑރ. އަފްޒަލް

ލޮކްޑައުންގެ ހާލަތު އުވާލި ނަމަވެސް، ވައިރަސްއާއެކީ އުޅެން އަޅުގަނޑުމެން ދަސްކުރުންޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެ. އަދި ކުރިއަށް އޮތް ތަނުގައި ވައިރަސްއަށް ޕޮޒިޓިވްވާ ފަރާތްތައް އިތުރު ވެދާނެ ކަމަށާއި، އާންމު ހާލަތަށް އަނބުރާ ރުޖޫއަ ވާން ދުވަސްތަކެއް ނަގާނެ.

24 އެޕްރީލު 2020 | 16:58

އެއްވެސް ހުއްޓުމެއްނެތި އައިޖީއެމްއެޗް އިން އެމަރޖެންސީ ހިދުމަތްތައް ލިބޭނެ: ޑރ. މޫސާ މުރާދު

އައިޖީއެމްއެޗް ވަނީ ކޮވިޑް19 ގެ ބޮޑު މެޑިކަލް ބައެއް އަދާކުރަމުން އެބަގެންދޭ. ސީރިއަސްވާ ބަލިމީހުން ބަލަހައްޓަނީ އައިޖީއެމްއެޗްގެ ސްޓާފުން. އެޗްއައިއެޗްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި ގިނައިން ހަރަކާތްތެރިވަމުން އަންނަނީ އައިޖީއެމްއެޗްގެ ސްޓާފުން. ބައެއް ރޫޓީން މަސައްކަތްތައް ހުއްޓާލި ނަމަވެސް، އެމެރޖެންސީގައި ދޭންޖެހޭ ހުރިހާ ހިދުމަތަކަށް ބުރޫނާރާ ހިދުމަތް ލިބޭނެ.

24 އެޕްރީލު 2020 | 16:55

ގޭތެރެ ސާފުކުރަން ޑރ. އަފްޒަލް އިލްތިމާސްކުރައްވައިފި

މި ދުވަސްވަރަކީ ބޯކޮށް ވާރޭވެހޭ ދުވަސްކޮޅަކަށް ވުމާއި ގުޅިގެން، ގޭބިސީތައް ރަނގަޅަށް ސާފުކުރުމަށް ޑރ. އަފްޒަލް އިލްތިމާސްކުރައްވައިފި. ގޭތެރެ ސާފުކުރުމުގައި މަދިރި އާލާވާނެ ފަދަ ނައްތާލުމަށް ހާއްސަ އިސްކަމެއް ދިނުމަށް ޑރ. އަފްޒަލް އެދިލެއްވި. އަދި މިއީ ޑެންގީ އަދި އެހެނިހެން ބައެއް ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވުމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިލެއްވި.

24 އެޕްރީލު 2020 | 16:52

އިތުރު 12 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު 12 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ. މިއާއެކުު ކޮވިޑް19 ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 128 އަށް އަރާފައި. މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި އައު ކްލަސްޓަރތަކެއް (ކުރީގެ އެއްވެސް ކްލަސްޓަރއަކަށް ނިސްބަތްނުވާ) ކޭސްތަކެއް ފެނިފައިވޭ.

24 އެޕްރީލު 2020 | 10:51

އަލުން ފަތުރުވެރިކަމަށް ހުޅުވާލެވޭނެކަމަށް ބެލެވެނީ ޖުލައި މަހުގެ ތެރޭގައި: ފިނޭންސް މިނިސްޓަރ

24 އެޕްރީލު 2020 | 10:50

ޚަރަދު ކުޑަ ކުރުމަށް އެއްގަމު އުޅަނދުފަހަރު ގަތުން ހުއްޓާލަނީ

24 އެޕްރީލު 2020 | 09:52

ފަތުރުވެރިކަމުގެ އަންދާޒާގައި މިވަގުތަށް އެންމެ ކައިރިކުރަނީ ސިނާރިއޯ 3

ސިނާރިއޯ 3 ގައި އަހަރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެނީ 462،868 ފަތުރުވެރިން، އެއީ 50 އިންސައްތަ. އެއީ ބެޑް ނައިޓްސްގެ އިންސައްތައަށް ބަލާނަމަ 39 އިންސައްތަ ފަތުރުވެރިން

އަލުން ފަތުރުވެރިކަމަށް ހުޅުވާލެވޭނެކަމަށް ބެލެވެނީ ޖުލައި މަހުގެ ތެރޭގައި

24 އެޕްރީލު 2020 | 09:49

2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އަންދާޒާ 5 ސިނާރިއޯއަކަށް ވަނީ ބަހާލާފައި

ހުކުރު ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2020 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ އަންދާޒާ 5 ސިނާރިއޯއަކަށް ބަހާލައިގެން ސަރުކާރުން ލަފާކޮށްފައިވާއިރު،

ސިނާރިއޯ 1 އިން 5 އަށް ބަހާލެވިފައިވާއިރުު، ސިނާރިއޯ 5 ގައި ރާއްޖެއަށް އަހަރުގެ ބާކީ އޮތް މުއްދަތުގައި އެއްވެސް ފަތުރުވެރިއަކު ނާންނާނެކަމަށް ބެލެވޭ

ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ މިންވަރު:

ސިނާރިއޯ 1 ގައި: 44 އިންސައްތަ ފަތުރުވެރިން

ސިނާރިއޯ 2 ގައި: 48 އިންސައްތަ ފަތުރުވެރިން

ސިނާރިއޯ 3 ގައި: 50 އިންސައްތަ ފަތުރުވެރިން

ސިނާރިއޯ 4 ގައި: 63 އިންސައްތަ ފަތުރުވެރިން

ސިނާރިއޯ 5 ގައި: 78 އިންސައްތަ ފަތުރުވެރިން

އަލުން ހުޅުވާލެވޭނެކަމަށް ލަފާކުރާ މުއްދަތު:

ސިނާރިއޯ 1 ގައި: މޭ މަހު

ސިނާރިއޯ 2 ގައި: ޖޫން މަހު

ސިނާރިއޯ 3 ގައި: ޖުލައި މަހު

ސިނާރިއޯ 4 ގައި: އޮކްޓޯބަރ މަހު

ސިނާރިއޯ 5 ގައި: ޖަނަވަރީ 2021 ގައި

24 އެޕްރީލު 2020 | 08:40

އިތުރު 6 މީހަކު ކޮވިޑް-19 އިން ޕޮޒިޓިވްވެއްޖެ

24 އެޕްރީލު 2020 | 02:52

ޒަކާތުގެ ފައިސާ ކޮވިޑް-19 ޖެހިފައިވާ ފަޤީރުންނަށް ދެވިދާނެ: ދުބާއީ އިސްލާމިކް އެފެއަރޒް

ޒަކާތު ފައިސާ ކޮވިޑް-19 ޖެހިފައިވާ ފަޤީރުންނަށް ދިނުން ހުއްދަ ކަމަށް ދުބާއީގެ އިސްލާމިކް އެފެރއަޒް އެންޑް ޗެރިޓޭބަލް އެކްޓިވިޓީސް ޑިޕާޓްމަންޓުގެ ގްރޭންޑް މުފްތީ އަދި ޑިރެކްޓަރ އޮފް އިފްތާ, އަޙްމަދު ބިން އަބްދުލް އަޒީޒް އަލް-ހަދާދު ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލަކަށް ނުވަތަ ފަރުވާދޭ މަރުކަޒަކަށް ބޭނުންވާ ފަންނީ އާލާތްތައް ގަތުމަށާއި، މުވައްޒަފުންނަށް މުސާރަދިނުމަށް އެހީއެއްގެ ގޮތުން ޒަކާތު ފައިސާ ހަދިޔާނުކުރެވޭނެކަމަށް މުފްތީ ވިދާޅުވެފައިވެއެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާގޮތުގައި ޒަކާތް ދޭން ޖެހެނީ އެއަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމުގައި ވާތީއެވެ. އެހެންނަމަވެސް ތަނަވަސް މީހުން އެފަދަ މަރުކަޒުތަކައް ޞަދަޤާތުގެގޮތުގައި މާލީގޮތުން އެހީތެރި ވެވިދާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މި ފަތުވާ މުފްތީ ދެއްވާފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ޙަދީޘްތަކައް ރިޢާޔަތްކުރެއްވުމަށްފަހުއެވެ.

24 އެޕްރީލު 2020 | 02:50

ދެ ވޮލިންޓިއަރުންނާއެކު އޮކްސްފޯޑް ޔުނިވަރސިޓީގެ ކޮވިޑް-19 ވެކްސިން ޓްރައަލް ފަށައިފި

24 އެޕްރީލު 2020 | 02:49

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނެގެޓިވްވެގެން ކަރަންޓީނުން ދޫކުރި މީހަކު ހިމެނޭ

24 އެޕްރީލު 2020 | 02:48

ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ 5000 ކިޓު ލިބިއްޖެ

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ކިޓުގެ 5000 ކިޓު ލިބިފައިވާކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މި 5000 ކިޓު އައިޖީއެމްއެޗްގެ ލެބޯޓަރީއަށް ގެންދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ޕޮލިސް އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަރާތްތައް ޓެސްޓް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭނުންކުރަން ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ބުރާސްފަތި ދުވަހުގެ ރޭ މި މެޝިން ބޭނުންކުރަން ފަށާފައިވާއިރު، ދުވާލަކު 50 ޓެސްޓް އިތުރަށް ހެދޭނެ ކަމަށާއި، އަދި މެޝިންގެ މަސައްކަތް ރަނގަޅަށް ހިނގައިގަތުމުން އެއަށްވުރެ އިތުރަށް ޓެސްޓްތައް ހެދޭނެ ކަމަށެވެ.

24 އެޕްރީލު 2020 | 02:48

ބޭރުގައި ތިބި އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އުސޫލުތަކެއް ކަނޑައަޅައިފި

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންތިޒާމެއްގެ ތެރެއިން ރޭވިގެން ވަކިގޮތަކަށް ކުރުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި އުސޫކުގެ ދަށުން ރާއްޖެއިން ބޭރަށް ކުރު ދަތުރެއްގައި (ޓުއަރިސްޓް ވިސާގައި) ގޮސް ތިބި ފަރާތްތަކުގެ ތެރެއިން ނާދެވި ތާށިވެފައި ތިބި ފަރާތްތަކާއި، ބޭސްފަރުވާއަށް ގޮސް ނާދެވި ތިބި ފަރާތްތަކަށް ދޭނެ އެހީ ތެރިކަން ހަމަޖައްސާފައިވާ ކަމަށެވެ. މީގެއިތުރުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އާއި ގުޅިގެން އެމީހަކު ހުރި ގައުމަކުން ލިބެމުން އައި އާމްދަނީއެއް ހުއްޓިފައިވާނަމަ އެ ފަރާތްތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ

24 އެޕްރީލު 2020 | 02:47

ވަޒީފާއިން ވަކިކުރި މީހުންނަށް ކުރިޔަށް އޮތް ތިން މަސްދުވަހު މަހަކު 5000 ރުފިޔާ ދެނީ

24 އެޕްރީލު 2020 | 02:45

ރާއްޖެއިން ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީ ސަރުކާރުން ފޯރުކޮށްދޭނެ: ފޮރިން މިނިސްޓަރ

24 އެޕްރީލު 2020 | 02:44

މިހާތަނަށް 105 މީހުން ޖޫރިމަނާކުރެވި، 21 މީހުން ހައްޔަރުކުރެވިފައިވޭ: ފުލުހުން

24 އެޕްރީލު 2020 | 02:43

ފުލުހުންގެ ފޮރެންސިކް ލެބްގައި ކޮވިޑް-19 އަށް ޓެސްޓު ކުރަނީ

މޯލްޑިވިސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ލެބޯރަޓަރީ ގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެެވެ.

ބުރާސްފަތި ދުވަހުގެރޭ ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ޕޮލިސް އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަރާތްތައް ޓެސްޓް ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭނުންކުރަން ފަށާފައިވާ ކަަމަށެވެ. ނަވީން ވިދާޅުވީ، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާނީ ފުލުހުންގެ ލެބޯޓަރީގައި ތިބި ފޮރެންސިކް އެނަލިސްޓުން ކަމަށެވެ.

24 އެޕްރީލު 2020 | 02:41

ލޮކްޑައުންއަށްފަހު އެންމެ ގިނައިން ހުށައަޅާފައި ވަނީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަތައް: ޖެންޑަރ

ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލަތައް ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު މިހާތަނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެދި 40 މައްސަލައެއް ހުށަހަޅާފައިވެއެވެ. މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ކުއްޔަށް އުޅޭ ފަރާތްތަކަށް ކުލި ނުދެއްކުމުގެ ސަބަބުން ގެތަކުން ބޭރުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

24 އެޕްރީލު 2020 | 02:39

ތަރާވީހުގެ ޖަމާއަތެއް ހެދީ މަރުކަޒުގައި ލޮކްޑައުންވެގެން ތިބި މުވައްޒަފުން: މިނިސްޓަރ

އިސްލާމީ މަރުކަޒުގައި ބުރާސްފަތު ދުވަހުގެ ރޭ ތަރާވީހު ނަމާދު ކުރީ އިސްލާމީ މަރުކަޒުގައި ލޮކްޑައުންގައި ތިއްބެވި މިނިސްޓްރީގެ މުވައްޒަފުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ،. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ، މިހާލަތަށް ރިޔާއަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިދިޔަ މާރޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން، މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ސަރުކާރުން ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ވަނީ ނިންމާފައެވެ.

24 އެޕްރީލު 2020 | 02:38

އައިޖީއެމްއެޗްގައި ކޮވިޑް-19 ޓެސްޓް ހަދަން 16 ލެބް ޓެކްނިޝަނުން ތަމްރީންކޮށްފި

24 އެޕްރީލު 2020 | 02:37

އިއްޔެއަކީ އެންމެ ގިނަ ކޭސް ފެނުނު ދުވަސް، 24 ގަޑިއިރުގެ ތެރޭގައި 23 ކޭސް!

24 އެޕްރީލު 2020 | 02:36

ބޭސް ޑެލިވަރީ ކުރުމުގައި ކުރިން އައި ދަތިކަމެއް ދެން ނާންނާނެ: އަމްރު

24 އެޕްރީލު 2020 | 02:35

ފަތިހު ޕޮޒިޓިވްވި 2 މީހުންނާއެކު ކޭސްތަކުގެ އަދަދު 110ށް

23 އެޕްރީލު 2020 | 16:20

ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް: ޑރ. ނަޒްލާ

ކޭސްތަކުގެ އަދަދު އިތުރުވިނަމަވެސް، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް. ގިނައީ ކުރީގެ ކްލަސްޓަރތަކާ ގުޅުންހުރި ކޭސްތައް. ޑޭޓާ ހެންޑްލް ކުރުމުގެ ނިޒާމް ވެސް އިތުރަށް ހަރުދަނާކުރެވިފައި ވާނީ. ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް އަތޮޅު ތެރެއަށް ފުޅާކުރެވުމުގެ މަސައްކަތް ކުރިއަށް ދަނީ.

23 އެޕްރީލު 2020 | 16:17

ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުގެ ސްކްރީނިންގ މަސައްކަތް ކުރެވޭ: ޑރ. ނަޒްލާ

ތޮއްޖެހިގެން ބިދޭސީން ދިރުއުޅޭ ތަންތަން ދެނެގަނެ، އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ސްކްރީނިންގ މަސައްކަތް ކުރިޔަށްދޭ.

23 އެޕްރީލު 2020 | 16:07

ކޭސް ނަމްބަރ 26 ކޮންފަރމްޑް ކޭސްތަކުން އުނިކުރަނީ

ކޭސް ނަމްބަރު 26 އަކީ ޕްރޮބަބަލް ކޭސްއަކަށް ވުމުން، މިހާ ހިސާބުން އެ ކޭސް އުނިކުރަން ނިންމައިފިން. ދެން އެންމެ އަވަހަށް ފެންނަ ކޭސްއަކާ އެސައިން ކުރާނީ އެ ނަމްބަރު.

-ޑރ. ނަޒްލާ-

23 އެޕްރީލު 2020 | 16:06

ވަކި ބަޔަކަށްވީތީ ތަފާތުކުރާ ނަމަ ފިޔަވަޅު އަޅަނީ!

ވަކި ބަޔަކަށް ވީތީ ތަފާތުކުރާނަމަ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން އެކަން ކުރާ ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން. މިކަހަލަ ޝަކުވާތަކެއް ވަނީ ލިބިފައި.

-ރަޖިސްޓްރަރ އޮފް ކޮމްޕެނީސް ވިސާމް-

23 އެޕްރީލު 2020 | 16:01

ނޯތަ ހާބަރުން އެޕްރޫވަލް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިފި

އެޕްރޫވަލް ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން އެހެން އެޖެންސީތަކާ ގުޅިގެން، އެތަނުން އެޕްރޫވަލް ލިބޭނެ އިންތިޒާމްތައް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި

23 އެޕްރީލު 2020 | 15:58

105 ފަރާތެއް ޖޫރިމަނާކޮށް، 21 މީހަކު ހައްޔަރަށް

އެއްވެސް ފާހެއް ނެތި މަގުމަތީގައި އުޅުނު 21 މީހަކު ފުލުހުން ހައްޔަރުކޮށްފި. އަދި 105 ފަރާތެއް މިއަދު އެކަނިވެސް ޖޫރިމަނާކޮށްފައިވޭ.

23 އެޕްރީލު 2020 | 15:56

24 ގަޑިއިރުގެ ތެރޭގައި ފެނުނު ކޭސްތަކުގެ އަދަދު 23 އަށް!

ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު 23 އަށް އަރައިފި. މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ ކޭސް ފެނުނު ދުވަސް.

23 އެޕްރީލު 2020 | 15:55

އިތުރަށް ފެނުނު ކޭސްތަކަކީ އެއްތަނަކުން ފެނުނު 14 ކޭސް

މިއަދު ފެނުނު ކޭސްތަކުގެ ތެެރެއިން ފެނުނު 14 ކޭސްއަކީ އެއް ތަނަކުން ފެނުނު 14 ކޭސް: ޑރ. ނަޒްލާ

23 އެޕްރީލު 2020 | 15:53

މިއަދު ފެނުނު 9 ކޭސްއާ ކުރީގެ ކޭސްތަކާ ގުޅުން އެބައޮތް

މިއަދު ފެނުނު ކޭސްތަކުގެ ތެރޭގައި އެހެން ކްލަސްޓަރތަކާ ނުގުޅޭ ކޭސްތަކާއި، އެހެން ކްލަސްޓަރތަކާ ގުޅިފައިވާ ހަތް ކޭސްއެއް ހިމެނޭ

23 އެޕްރީލު 2020 | 15:49

ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ޕީސީއާރް މެޝިނެއް ބޭނުންކުރަން ފަށައިފި

މިހާރުގެ ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ފުލުހުންގެ އިންޓެލިޖެންސުން ގެންގުޅޭ އިތުރު ޕީސީއާރް މެޝިނެއް ބޭނުންކުރަން ފަށައިފި. މި މެޝިނުން ދުވާލެއްގެ މައްޗަށް އިތުރު 50 ޓެސްޓު ހެއްދޭނެ. އަދި ކުރިއަށް އޮތް ތަނުގައި ކެޕޭސިޓީ އިތުރުކުރެވޭނެ.

23 އެޕްރީލު 2020 | 14:14

ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ޤައުމާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅު

23 އެޕްރީލު 2020 | 14:08

މި ދަނޑިވަޅުގައި ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން: ރައީސް

ރައީސްގެ ޚިތާބުގައި ވިދާޅުވީ މި ދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަމަށާއި އަދި މި މި ދަނޑިވަޅުގައި ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ.

45 / 81