Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

05 މެއި 2020 | 10:05

މަރުވި ބިދޭސީ މީހާގެ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް މިހާރު ދަނީ ކުރިއަށް

ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މަބްރޫކު ވިދާޅުވި، އަދި އެކަމުގެ ތަފްސީލުތައް ހާމަކުރައްވާނެކަމަށް ވިދާޅުވި،

05 މެއި 2020 | 09:54

މަރުވި ބިދޭސީ މީހާގެ އުމުރަކީ 33 އަހަރު

އޭނާއަކީ މިހާރު ފެނިފައިވާ ބިދޭސީ ކްލަސްޓަރއަކާ ގުޅުމެއް އޮތް މީހެއްތޯ ދަނީ ބަލަމުން، ރޭ ދަންވަރު ޓެސްޓްގެ ނަތީޖާ ލިބުނީވެސް، މިރޭ ޖަވާބެއް ދެވޭނީ އެކަމަށް،

އޭނާގެ އުމުރަކީ 33 އަހަރު،

ނިޔާވި ބިދޭސީ މީހާގެ ޓެސްޓް ހެދީ އެއްފަހަރު

05 މެއި 2020 | 09:50

ބިދޭސީ މީހާ ވަޅުލާނީ ރާއްޖޭގައި އެސްއޯޕީގައި އޮންނަ ގޮތަށް

އެމްބަސީގެ ފަރާތުން އާއިލާއަށް ކޮމިއުނިކޭޓް ކޮށްފައިވޭ، ރާއްޖޭގައި އެސްއޯޕީގައި އޮންނަ ގޮތަށް ވަޅުލުމުގެ ކަންކަން ކުރަން އާއިލާއިން ކޮންސެންޓް ދީފައިވޭ

05 މެއި 2020 | 09:49

ބިދޭސީ މީހާ ސިކުނޑީގެ ސީޓީ ސްކޭން ހެދިއިރު ސިކުނޑިއަށް ލޭ އެޅިފައިވޭ

ބިދޭސީ މީހާ ނިޔާވީ މިއަދު ހެނދުނު، ސިކުނޑިއަށް ލޭއެޅިފައިވޭ، ދިމާވި އެންމެ ބޮޑު މައްސަލައަކީ އެއީ، ކުޑަ ވަގުތުކޮޅެއް ލިބުނީ،

ސިކުނޑީގެ ސީޓީ ސްކޭން ހެދިއިރު ސިކުނޑިއަށް ލޭ އެޅިފައިވޭ، ބެލެވެނީ ލޭ ހޮޅިއެއް ފަޅައިގެން ގޮސް ކަމަށް އަދި ކުރިންވެސް ހުރި ބައްޔެއް ކަމަށް ބޮޑަށް ބެލެވެނީ، މިސާލަކަށް ލޭ ހޮޅިއެއް އުފެދުމުގައި ހުރި އައިބެއް ކަހަލަ ކަމެއް ކަމަށް،

-ޑޮކްޓަރުން-

05 މެއި 2020 | 08:10

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ދެ ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ދެ ވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ އެވެ. ރާއްޖެ އެމްވީއަށް އިތުބާރު ހުރި މަސްދަރަކުން އިނގިފައިވަނީ ނިޔާވެފައިވަނީ ދިވެއްސެއް ނޫން ކަމެވެ. މީގެކުރިން ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ ދިވެއްސެކެވެ. ރޭގެ ވަގުތެއްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފަ އެވެ.

05 މެއި 2020 | 06:58

އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

04 މެއި 2020 | 19:30

އިތުރު 6 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަަދަދު 551 ށް

04 މެއި 2020 | 17:59

"ވަކި ބަޔަކަށް ރައްކާތެރިކަން ލިބި، އަނެއްބަޔަކު ނުރައްކަލުގައި ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"

04 މެއި 2020 | 17:34

ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބި 6 މީހުންގެ ތެރެއިން 3 މީހުން ސްޓޭބަލް

ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް 6 މީހުންގެ ޙާލަތު

- 80 އަހަރުގެ ފިރިހެން މީހާ: އޮކްސިޖަން ދޭން ފެށިފައި

- 58 އަހަރުގެ އަންހެން މީހާ: ޙާލު ސްޓޭބަލް

- 48 އަހަރުގެ ފިރިހެން މީހާ: ޙާލު ސްޓޭބަލް

- 70 އަހަރުގެ މިހާ: އޮކްސިޖަން ދޭން ފެށިފައި

- 88 އަހަރުގެ މީހާ: ވެންޓިލޭޓަރުގައި

- އެހެން ކަމަކާ ޑޮކްޓަރަށް ދެއްކި މީހެއް- ޙާލު ސްޓޭބަލް

04 މެއި 2020 | 17:21

މަގުމަތީގައި އުޅެގެން 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލޮކްޑައުންގެ ވަގުތުގައި މަގުމަތީގައި އުޅެގެން މިހާތަނަށް 139 މީހަކު ހައްޔަރުކޮށްފައިވާއިރު، ހޯމަ ދުވަހު އެކަނިވެސް 6 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވޭ

04 މެއި 2020 | 17:20

މިހާތަނަށް ޑެލިވަރީއަށް 6000 ޕާމީޓް، ވެހިކަލްއަށް 4000 ޕާމިޓް ދޫކޮށްފައިވޭ

ޑެލިވަރީއަށް 6000 ޕާމީޓް، ވެހިކަލްއަށް 4000 ޕާމިޓް ދޫކޮށްފައިވޭ

އަދި ސަޕޯޓް ސްޓާފުންނަށް 5000 ޕާމިޓް ދޫކޮށްފައިވޭ

04 މެއި 2020 | 17:17

ރާއްޖެއިން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، މިހާތަނަށް 9231 ސާމްޕަލް ނެގިފައިވާ ކަމަށާއި، އޭގެ ތެރެއިން 545 މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް.

އަދި 8344 މީހެއްގެ ނަތީޖާ ނެގެޓިވްވެފައިވާއިރު، ނަތީޖާ ނުލިބިވެސް 345 ސާމްޕަލްއެއްވާކަމަށް ވިދާޅުވި

މިހާތަނަށް 4049 ކޮންޓެކްޓެއް މި ކޭސްތަކާ ގުޅިގެން ފާހަގަވެފައިވާއިރު، 234 ތަނެއް ވަނީ މޮނިޓަރިންއަށް ލެވިފައި

އައިސޮލޭޝަންގައި މިވަގުތު ތިބީ 458 މީހުން އަދި ކަރަންޓީންގައި 1759 މީހުން

04 މެއި 2020 | 13:54

ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅު

"ރާއްޖޭގައި ކޯވިޑް-19 ގެ ޙާލަތު ވަޒަންކުރައްވާ ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް.

އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު.

މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް މި ކުރާ މަސައްކަތް، އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެނެއް ނުދޭ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ އުންމީދެއްވެސް ނުގެއްލޭ."

04 މެއި 2020 | 13:00

ތަމްރީނު ލިބިފައިވާ ފަރާތްތައް ސިއްހީ ހިދުމަތްތެރިންގެ ސަފުތަކާ ގުޅެން ރައީސް އެދިވަޑައިގެންފި

ކޮވިޑް-19 ގެ ސަބަބުން، ރާއްޖެ މިވަނީ ވަރަށް ބޮޑަށް ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވެފައިވާކަމަށާއި ހިދުމަތުން ރިޓަޔަރކުރައްވައިގެން ތިއްބެވި ބޭފުުޅުންނާއި ހިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

04 މެއި 2020 | 12:42

ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރާނެ: ރައީސް

ކޮވިޑް-19 އިން ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް، ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު، ސަރުކާރުން އަންނަނީ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި

މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ.

04 މެއި 2020 | 12:40

އަންނަ ހަފުތާގެ ތެރޭގައި ބަންގްލަދޭޝްގެ 1500 މީހަކު ގައުމަށް ފޮނުވާލަނީ

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބީދޭސީންގެ ތެރެއިން 1500 ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގައި ފެށިގެންދާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ގައުމާ މުޚާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ބަންގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް އޮތް ހަފުތާގައި ފެށިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ ކަމަށެވެ.

04 މެއި 2020 | 12:39

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 541 އަށް އަރައިފި

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 541 އަށް އަރައިފި އެވެ.

މިކަން އިއުލާންކުރެއްވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭގޮތުން ގައުމާ މުހާތަބް ކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން، އެބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި 356 ބިދޭސީންނެވެ. އަދި މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 523 މީހުންގެ ތެރެއިން، ވަރަށް މަދު މީހެއް ފިޔަވައި، އެންމެންގެ ހާލު ރަނގަޅުކަމަށް ރައީސް ވިދާޅުވި އެވެ.

03 މެއި 2020 | 17:36

މާލޭގައި ތާށިވެފައި ތިބި މީހުންނާ ބެހޭ އުސޫލާ ގުޅޭގޮތުން ކައުންސިލްތަކާ މަޝްވަރާ ކުރަނީ

ރަށްރަށުން އައިސް މާލޭގައި ތާށިވެފައި ތިބި މީހުންނާ ބެހޭ އުސޫލަށް ބަދަލުތަކެއް އެބައާދޭ، ކައުންސިލްތަކާ އެބަ މަޝްވަރާ ކުރޭ އަމަލުކުރަން ބޭނުންވާ ގޮތާމެދު، އަދި އުސޫލު އެކުލަވާލުމުގެ ކުރިން ކޮންމެހެން ބަލަންޖެހޭ ކަންކަން އެބަހުރި،

-މަބްރޫކް-

03 މެއި 2020 | 17:32

ވޭތުވެ 3 ދުވަހު މަދުން ފެނުނު ނަމަވެސް ކުއްލިއަކަށް އިތުރު ކްލަސްޓަރތަކެއް ފެނުން އެކަށީގެންވޭ

އެކްޓިވް ސަވައިލެންސްގެ ދަށުން ރަނގަޅަށް ކްލިއަރވެ ބެލިފައިވަނީ 7 ސައިޓް، އިތުރު ސައިޓްތައްވެސް ބެލުމުގެ މަސައްކަތް ދަނީ ކުރިއަށް، ސާމްޕަލް ނަގާ ވަރަކަށް އިތުރަށް ޕޮޒިޓިވް ވުމުގެ ފުރުސަތު އެބައޮތް، ވޭތުވެ 3 ދުވަހު މަދުން ފެނުނު ނަމަވެސް ކުއްލިއަކަށް އިތުރު ކްލަސްޓަރތަކެއް ފެނުން އެކަށީގެންވޭ

-ޑރ އަފްޒަލް -

03 މެއި 2020 | 17:30

ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު ޙާލު ބޮޑުވެ ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ޙާލު ސީރިއަސްވެ ނޭވާލާން އުނދަގޫވެ ވެންޓިލޭޓަރަށް ލެވިފައިވޭ، ހަށިގަނޑަށް އޮކްސިޖަން ލިބޭ މިންވަރު މަދު، މިއަދު މެންދުރު ވެންޓިލޭޓަރަށް ލާފައިވަނީ، މިވަގުތަށް ޙާލަތު އިތުރަށް ގޯސްވަމުންނެއް ނުދޭ،

- ޑރ މުޙައްމަދު އަލީ-

03 މެއި 2020 | 17:30

ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހަކު ޙާލު ބޮޑުވެ ވެންޓިލޭޓަރަށް ލައިފި

އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ޙާލު ސީރިއަސްވެ ނޭވާލާން އުނދަގޫވެ ވެންޓިލޭޓަރަށް ލެވިފައިވޭ، ހަށިގަނޑަށް އޮކްސިޖަން ލިބޭ މިންވަރު މަދު، މިއަދު މެންދުރު ވެންޓިލޭޓަރަށް ލާފައިވަނީ، މިވަގުތަށް ޙާލަތު އިތުރަށް ގޯސްވަމުންނެއް ނުދޭ،

- ޑރ މުޙައްމަދު އަލީ-

03 މެއި 2020 | 17:19

ގްރޯސަރީ ޕާރމިޓް ގޮތުގައި 27860 ހުއްދަ ދޫކުރެވިފައިވޭ،

މިހާތަނަށް ވިޔަފާރިތަކަށް ދޫކޮށްފައިވާ ޕާމިޓްތަކުގެ ތެރެއިން 27860 ގްރޯސަރީ ޕާމިޓެއް ވަނީ ދޫކުރެވިފައި، އަދި ވިޔަފާރި ޕާމިޓްވެސް 14،000ށް ވުރެ ގިނައިން ދޫކުރެވިފައިވޭ

03 މެއި 2020 | 17:17

ނ ކެނދިކުޅުދޫގެ މޮނިޓަރިންގ ޙާލަތު އުވާލައިފި

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ނ ކެނދިކުޅުދޫގެ މޮނިޓަރިންގެ އުވާލާފައިވާ ކަމަށް،

03 މެއި 2020 | 17:16

ނ މަނަދޫއިން 15 މީހުން ވަނީ އައިސޮލޭޓް ކުރެވިފައި

ނ މަނަދޫއިން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން 15 މީހުން ވަނީ އެކަހެރި ކުރެވިފައި. އަދި ހޮސްޕިޓަލުގައި މީހުން ބަލާ ގަޑިވެސް ވަނީ މަދުކޮށްފައި،

03 މެއި 2020 | 13:13

އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

03 މެއި 2020 | 08:06

އައްޑޫ ހެރަތެރަ ރިސޯޓް އައިސޮލޭޝަން ފެސިލިޓީއަކަށް ހަދައިފި

03 މެއި 2020 | 08:06

ވައިގެ ދަތުރުފަތުރު ޢާންމު ޙާލަތަކައް ގެންނަން ތިން އަހަރު ނަގާނެ: ޔޫއޭއީގެ އެއަރލައިންތައް

03 މެއި 2020 | 08:05

މާލެއިން ރަށަށް ދާން ބޭނުންވާ 80 މީހަކަށް ދަތުރު ހަމަޖައްސައިދީފި

03 މެއި 2020 | 08:04

ކެނޯއެއްގައި ދަރަވަންދޫއަށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

03 މެއި 2020 | 02:47

ޗައިނާއިން 16 ގައުމަކަށް މެޑިކަލް ޓީމުތަކެއް ފޮނުވައިފި

03 މެއި 2020 | 00:27

ޕޮޒިޓިވް ނުވާ ކުއްޖަކު ކަރަންޓީނަށް ގެންދެވުނީ ނަމުގެ އެއް އަކުރު ބަދަލުވެގެން، މައާފަށް އެދެން: މަބްރޫކް

02 މެއި 2020 | 23:52

ޚާއްސަ ވިސާގެ ދަށުން ރާއްޖެ އައުމަށް ވަކި ފަރާތްތަކަކަށް ހުއްދަދޭން ނިންމައިފި

02 މެއި 2020 | 23:52

ކުޅުދުއްފުއްޓަށް ބަޔަކު ގެންގޮސްފައިވަނީ އާސަންދައިން ކައުންސިލަށް އެންގުމަށްފަހު: މަބްރޫކް

02 މެއި 2020 | 23:51

ރާއްޖެއިން ކޮވިޑް-19 ޖެހުނު އިތުރު މީހަކު ބަލިން ރަނގަޅުވެ، ޖުމުލަ އަދަދު 18އަށް!

02 މެއި 2020 | 17:58

ތަކަންދޫން ޕޮޒިޓިވްވި ކުއްޖާ ކަރަންޓީނަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުން

ތަކަންދޫން ޕޮޒިޓިވްވި ކުއްޖާ ކަރަންޓީނަށް ގެންދިޔުމަށް މަސައްކަތްކުރާ ކަމަށާއި ކަރަންޓީނަށް ގެންދެވުނީ ޕޮޒިޓިވްވި މީހެއްގެ ކްލޯޒް ކޮންޓެކްޓެއް ކަަމަށް މަބްރޫކް ވިދާޅުވި އެވެ.

02 މެއި 2020 | 17:57

މިވަގުތު ފޯކަސް ކުރަނީ ބަލިމަޑުކަމުން އަރައިގަތުމަށް

މިވަގުތު ފޯކަސް ކުރަމުންދަނީ ބަލިމަޑުކަމުން އަރައިގަތުމަށް ކަމަށާއި އެއަށްފަހު އިގްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

02 މެއި 2020 | 17:25

ބިދޭސީން ދިރިއުޅޭ ތަންތަން އަދިވެސް ދަނީ ބަލަމުން

ބިދޭސީން ދިރިއުޅޭ ތަންތަން މިހާރުވެސް ބަލަމުންދާ ކަމަށާއި މީގައި އުނދަގޫވަނީ ރަޖިސްޓްރީކޮށްފައި ނުވާތީ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް އެތަންތަން ބަލަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ގުޅީފަޅުގައި ހުންނާނީ 674 މީހުންގެ ޖާގައިގެ ތަނެއް ނިމިފައި ހުރީ 600 ޖާގައިގެ ތަނެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހަދަނީ އިކޮނޮމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީން ހަދާ ތަންތަން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

02 މެއި 2020 | 17:19

އައު ކޮންޓެކްޓް ތަކެއް ލިބިފައެއް ނުވޭ

މިއަދު އައު ކޮންޓެކްޓް ތަކެއް ލިބިފައިނުވާ ކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

02 މެއި 2020 | 17:18

އަމާޒު ބޯޓުން އިތުރު 3 ކޭސް ފެނިފައިވޭ

އަމާޒު ބޯޓާ ގުޅިގެން އިތުރު 3 ކޭސް ފެނިފައިވާ ކަމަށާއި މިއީ ކްރޫންގެ އާއިލާގެ މީހުން ކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

02 މެއި 2020 | 17:16

މާލޭގައި އަތޮޅު ތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ތަމްރީން ކުރަމުންދޭ

މާލޭގައި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން މިހާރު ތަމްރީން ކުރަމުންދާ ކަމަށާއި އެމީހުން ތަމްރީން ވުމަށްފަހު އަނބުރާ ރަށަށްދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

40 / 81