ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ރަމަޟާން މަހު ދުޢާ ކުރަންވީ މި ބަލި މަޑުކަމުން ސަލާމަތްކުރައްވާތޯ: ރައީސް
ރަމަޝާން މަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްވި ހިޓާބުގައި ވިދާޅުވީ މި ރަމަޟާން މަގު ދުޢާ ކުރަންވީ ކޮވިޑް-19ގެ ބަލި މަޑުކަމުން ސަލާމަތްކުރައްވާތޯއެވެ.
ކޮވިޑް 19 ގެ ކުއްލިހާާލަތާއި ގުޅިގެން ހައުސިންގ މިނިސްޓްރީން ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފި
ސައޫދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް ފަށައިފި
އަސާސީ ހިދުމަތްތަކަށް 27 އަދި 29 ވަނަ ދުވަހު ބީއެމްއެލް ހުޅުވަނީ
ކޮރޯނާވައިރަސް އާއެކު އިންސާނީ ހައްގުތައް ނުރައްކަލުގެ ތެރޭގައިވާ ކަމުގެ އިންޒާރު އދ އިން ދީފި
ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް
އެޗްސީކިއުގެ 50،000 ގުޅަ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފި
ބޭސް ނެގުމަށް އެސްޓީއޯއިން ކަނޑައަޅާފައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށް އެދެފި
ވެމްކޯގެ މުވައްޒަފަކު ގެއިން މަގުމަތިކުރުމުގެ ހާދިސާއެއް ހިންގިކަމުގެ ޚަބަރާއި ގުޅޭގޮތުން ވެމްކޯއިން ނޫސްބަޔާނެއް ނެރެފި
ޓެސްޓެއްގެ ނަތީޖާ އެޗްޕީއޭއިން ހާމަނުކުރާތާ 24 ގަޑިއިރަށްވުރެ ގިނަ އިރުވެއްޖެ
ރާއްޖެއަށް 28.9 މިލިއަން ޑޮލަރު ދޭން އައިއެމްއެފްގެ ބޯޑުން ފާސްކޮށްފި
ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް އެހީވުމަށް ޒަކާތު ފަންޑުން 4 މިލިއަން ރުފިޔާ ހަރަދުކޮށްފި
ބަލި ފެތުރިއްޖެނަމަ ތޮއްޖެހިގެން އުޅޭ ބިދޭސީންނަށް ނުރައްކާ ބޮޑު: މޭޔަރު ސޯދިގު
ތޮއްޖެހިގެން ބިދޭސިން ދިރިއުޅޭ ތަންތަނަށް ވަދެ ނިކުތުން ކޮންޓްރޯލް ކުރަނީ
ކޮކާކޯލާގެ އެހީތެރިކަމާއިއެކު މަޓާޓޯ އާއި އެންބީއެމުން 500 މީހުންނަށް ރޯދަ ވީއްލުން
ފިހާރަތަކާއި ހޯލްސޭލް ކުރާ ތަންތަނާއި ގުދަންފަދަ ތަންތަން ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުމުގެ ޢަމަލުކުރަން ޖެހޭ ގޮތްތައް
އެންއޯއީސީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުން ކެންސަލް
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދިނުމަށް އެންއޯއީސީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ހާލުގައިޖެހޭ ފަރާތްތައް ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްގެ ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިމިފައި
ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހާއްސައެހީއަށް ބޭނުންވާ މީހުން
މާލޭގައި މިހާތަނަށް 96 މީހަކު ހާލުގައި ޖެހިގެން އެހީތެރިކަން ފޯރުކޮށްދީފައިވޭ. މީގެ ތެރޭގައި ބިދޭސީންނާއި ދިވެހިންނާއި ހާއްސައެހީއަށް ބޭނުންވާ މީހުން އަދި ޑްރަގުގެ ޝިކާރައަކަށް ވެފައި ތިބި މީހުން އެބަތިބި.
ސާމްޕަލް ނެގުމުގެ ކަންކަން ހުރިހާ ރަށަކުން ވެސް ކުރެވޭނެ
ސާމްޕަލް ނެގުމުގެ ކަންކަން ހުރިހާ ރަށަކުން ވެސް ކުރެވޭނެ. އަދި އެކަމަށް ޓްރެއިންކޮށްފައި ތިބި މީހުން ވެސް އުޅޭނެ.
އިންޑިއާއިން އައިސް ކަރަންޓީންގައި ހުއްޓާ ހާލުބޮޑުވި މީހަކު އައިޖީއެމްއެޗްގައި ނިޔާވެއްޖެ
ކަރަންޓީން ފެސިލިޓީއަކުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ނިޔާވެއްޖެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްއެއް ނޫން. ނަމަވެސް އޭނާގެ ސިއްހީ މައްސަލަ އަށް ފަރުވާދީފައިވޭ އޭނާ އަކީ އިންޑިޔާއިން އައި ދިވެއްސެއް.
ކޭސް 86 ގައި ހިމެނޭ ދިވެހި މީހާއަކީ ކޭސް 36 އާ ގުޅިފައިވޭ
ކޭސް 86 ގައި ހިމެނޭ ދިވެހި މީހާއަކީ ކޭސް 36 އާ ގުޅިފައިވާ ކޮންޓެކްޓެއް. އޭނާ އަކީ އެސްޓީއޯގައި ސެކިއުރިޓީ ވެސް ބަލަހައްޓާ މީހެއް. އަދި އޭނާ އަކީ ޓެކްސީ ވެސް ދުއްވާ މީހެއް. އޭނާ އަކީ އަމީން ހިޔާގެ ކޭސްއާ ގުޅުން ހުރި މީހެއް. އޭނާ ޓޭކްސީ ވެސް ކުރި.
ރައްޔިތުން ކެތްތެރިވެ ތިބުމަށް ޑރ. އަފްޒަލް އެދިއްޖެ
ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު ބައެއް ކަންތައްތަކުގައި ލަސްތަކެއް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމަށް ކެތްތެރިވެ ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކޮންޓެކްޓް ކޭސްތައް
20 އެޕްރީލް - 300 އަށްވުރެ ގިނަ ކޮންޓެކްޓް ކޭސް ފެނިފައިވޭ
21 އެޕްރީލް - 400 އަށްވުރެ ގިނަ ކޮންޓެކްޓް ކޭސް ފެނިފައިވޭ
ކޭސް 85 އަދި 86
85 އުޅުނީ ފުރަތަމަ ރައްޓެއްސެއް ކައިރި. އެހެން ކުލަސްޓާއަކާއި ގުޅުމެއް ނެތް. 14 އެޕްރީލްއާ ހަމައަށް އީދު މިސްކިތަށް ނަމާދަށް އަރާފައިވޭ. އޭނާގެ 13 ކޮންޓެކްޓް މިހާތަނަށް ވަނީ ހޯދިފައި.
85 - އެހެން ކްލަސްޓާއަކާ ގުޅުމެއް ނެތް.
މިއީ 2 ދިވެހިން
ވިލިވަރަށް ގެންދިޔަ ބިދޭސީންގެ ކިބައިން މާފަށް އެެދިއްޖެ
ބިދޭސީންގެ 80 އެއްހާ މީހުން ވަނީ އެހެން ތަނަކަށް ގެންދެވިފައި. ރާއްޖޭގައި އުޅޭ ބިދޭސީން ބައެއް މީހުންނަށް ޑެލިވަރީ އާއި ޓޭކްއަވޭގައި ވެސް ވަރަށް ބޮޑަށް ދަތިވަމުން އެބަދޭ. އަދި އިއްޔެ ނިންމުނު ނިންމުމެއް އެކަހަލަ މީހުން އެހެން ތަނަކަށް ބަދަލުކުރުމަކީ. އެހެންވެ، އެ މީހުން ގެންދިޔައީ ވިލިވަރަށް.
އެހާ ފެންވަރު ދަށްކޮށް ހުރި ތަނަކަށް ގެންދެވުމަކީ އަޅުގަނޑުމެން މާފަށް އެދެން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން.
ކޮންޓެކްޓް ޓްރޭސްވި މީހުންގެ އަދަދު 2391 އަށް
ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓެރޭސްވި 2391 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށާއި، އަދި އެކަމާ ގުޅިގެން ޖުމްލަ 240 ތަނެއް ވަނީ ބަންދު ކުރެވިފައިވޭ
އެންއޯއީސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދުގެ 15:30 ގައި
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް އެންއޯއީސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު 15:30 ގައި އޮންނާނެކަމަށް އެ ސެންޓަރުން ބުނެފި އެވެ.