Raajje.mv

ކޮވިޑް-19: އެންމެ ފަހުގެ

ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

28 ޖެނުއަރީ 2020
61179852
ކޮރޯނާވައިރަސް

ކޮރޯނާވައިރަސް

02 މެއި 2020 | 17:11

113 މީހަކު ގުޅީފަޅަށް ވަނީ ބަދަލުކުރެވިފައި

113 ބިދޭސީއަކު ގުޅީފަޅަށް ވަނީ ބަދަލުކޮށްފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

02 މެއި 2020 | 17:11

އެސްޓީއޯގެ ލޭބަރ ކުޔަރޓަރގައި އުޅޭ މީހަކު ވަނީ ޕޮޒިޓިވްވެފައި

އެސްޓީއޯ ސުޕަރމާކެޓާއި ގުދަން ޑީކޮންޓިމިނޭޝަން ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އީސްޓޯރުގެ ޚިދުމަތް މެދުކެނޑިފައި ވަނީ . ނަމަވެސް މާދަމާ އަލުން ޚިދުމަތް ދޭން ފަށާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

02 މެއި 2020 | 14:18

ކޮވިޑް-19 އަށް އިތުރު 23 މީހަކު ޕޮޒިޓިވްވެއްޖެ

02 މެއި 2020 | 11:57

ޓްރީ ޓޮޕް ހޮސްޕިޓަލް އޮޕަރޭޝަނަލައިޒް ކުރެވޭއިރު، އެނދުމަތި ކުރަންޖެހޭ ބަލިމީހުންގެ އަދަދު އިތުރުވެދާނެ: އައިޖީއެމްއެޗް

02 މެއި 2020 | 11:26

ނަރުދޫއިން އިތުރު މީހަކު ޕޮޒިޓިވްވެ، އަދަދު 11 އަށް

02 މެއި 2020 | 11:22

ކޮވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން ކަރަންޓީނު ކުރަނީ

ކޮވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

02 މެއި 2020 | 11:12

ފުވައްމުލައް ސިޓީގައި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، ކޮވިޑް-19 ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާތީ، އެސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

02 މެއި 2020 | 11:10

މަސައްކަތްކުރަނީ ކޮންމެ ވަގުތެއްގަވެސް ކޮވިޑް-19 ވައިރަސްހުރި މީހަކު އައިސްދާނެ ކަމަށް ބަލައިގެން: އައިޖީއެމްއެޗް

ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗު)ގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަމުންދަނީ، ކޮވިޑް-19 ވައިރަސްހުރި މީހަކު ކޮންމެ ވަގުތެއްގައިވެސް ހޮސްޕިޓަލަށް އައިސްދާނެ ކަމަށް ވިސްނައިގެން ކަމަށް އެ ހޮސްޕިޓަލިމް ބުނެފިއެވެ.

02 މެއި 2020 | 11:07

380 އެނދުގެ ޖާގަ އެބަހުރި: އައިޖީއެމްއެޗް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)ގައި 380 އެނދުގެ ޖާގަ އެބަހުރި ކަމަށް އެ ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓަރ، ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ.

02 މެއި 2020 | 09:52

ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެކަކުގެ ފުރަތަމަ ސާމްޕަލްގެ ނަތީޖާ ނެގެޓިވް

ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ 6 މީހުންގެ ތެރެއިން އެކަކު ޑީއެޗް-17 އަށް ބަދަލުކޮށްފި ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. އޭނާ އެ ފްލޯރ އަށް ބަދަލުކޮށްފައިވަނީ އޭނާގެ ހާލު ރަނގަޅުކަމަށް ފާހަގަކުރެވުމާއި އެކުއެވެ. ޑރ ވިދާޅުވީ އޭނާގެ ހަމައެކަނި މައްސަލައަކީ ލިވަރގައި ހުރި މައްސަލައެއް ކަމަށެވެ. އޭނާގެ އެއް ސާމްޕަލްގެ ނަތީޖާ ނެގެޓިވްކަމަށް ވެސް ވިދާޅުވިއެވެ. ދެވަނަ ސާމްޕަލްގެ ނަތީޖާ ޕެންޑިންގ ކަމަށް ވިދާޅުވިއެވެ.

02 މެއި 2020 | 09:47

އައިޖީއެމްއެޗް އަށް އައިސޮލޭޝަން އަށް 160 މީހުން ގެންދެވުނު: ޑރ. އަލީ ނަޒީމް

އައިޖީއެމްއެޗް އަށް އައިސޮލޭޝަން އަށް 160 މީހުން ގެންދެވުނު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ، ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ. ޑރ އަލީ ނަޒީމް ވިދާޅުވީ އޭގެ ތެރެއިން 60 މީހުން އެޑްމިޓްކޮށްގެން ފަރުވާދީފައިވާކަމަށެވެ.

02 މެއި 2020 | 01:08

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފުލުހުންނާއި ސިފައިންގެ އަދަދު ވަކިން ހާމަނުކުރުމަށް މަޝްވަރާކުރަނީ

02 މެއި 2020 | 01:08

އެވަރެޖް ބިލް ލިބުނަސް މީޓަރުގެ ފޮޓޯ ފޮނުވުމުން އެކިއުރޭޓް ބިލް ލިބިގެންދާނެ: ސްޓެލްކޯ އެމްޑީ

02 މެއި 2020 | 01:07

އެންމެ ބޮޑު އެއް ކްލަސްޓަރ: ކޮކާކޯލާގެ ތަނެއްގައި ތިބި އެންމެން ޕޮޒިޓިވް، ބަލި ފެތުރުމުގެ ފުރުސަތެއް ނެތް

02 މެއި 2020 | 01:07

ޖަޕާނު ސަރުކާރުން 8 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދީފި

02 މެއި 2020 | 01:06

އިންޑޮނޭޝިއާގައި ތިބި 18 ދިވެހިން ރާއްޖެ ގެނެސްފި

02 މެއި 2020 | 01:06

މަނަދޫ 80 އަހަރުގެ މީހާ ޕޮޒިޓިވްކަން އެނގުނީ ސާމްޕަލް ނަގައި އައިޖީއެމްއެޗުން ދޫކޮށްލާފައިވަނިކޮށް: ޑޮކްޓަރ

02 މެއި 2020 | 01:05

ބަލީގެ އަލާމާތް ނުފެނި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަ، ކަންބޮޑުވުންތަކެއް ހުރިނަމަވެސް ފައިދާވެސް ކުރޭ

02 މެއި 2020 | 01:05

171 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

02 މެއި 2020 | 01:04

ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 3600 މީހަކު ފާހަގަ ކުރެވިއްޖެ

02 މެއި 2020 | 01:03

ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ދެވޭނެ އުސޫލު ހޮނިހިރު ދުވަހު އާންމުކުރަނީ

02 މެއި 2020 | 01:03

ޔޫއޭއީން ބުނަނީ ހާލަތު ބަދަލު ކޮށްލާނެ ފަރުވާއެއް ކޮވިޑް-19 އަށް ހޯދިއްޖެ ކަމަށް

02 މެއި 2020 | 01:02

ކޮވިޑް-19 ގެ ފުރަތަމަ މަރާއެކު ސުވާލުތަކެއް - ކަންކަން ދިޔައީ އިހުމާލުންބާ؟

01 މެއި 2020 | 19:05

އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

01 މެއި 2020 | 17:11

ބޭނުންޖެހިއްޖެ ހާލަތެއްގައި ޓްރީޓޮޕް ބޭނުންކުރުމަށް 3 މަސްދުވަހުގެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި

ސަރުކާރުން ބޭނުންޖެހިއްޖެ ހާލަތެއްގައި ޓްރީޓޮޕް ބޭނުންކުރުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައިކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ ހޮސްޕިޓަލް ބޭނުންކުރުމަށް ސަރުކާރުން ވަނީ އެދިފައެެވެ. ޓްރީޓޮޕްގައި ތިބި ބަލި މީހުން އައިޖީއެމްއެޗަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައިކަމަށް މަބްރޫކް ވިދާޅުވި އެވެ.

01 މެއި 2020 | 17:09

މާލޭގައި ތިބި ރަށްރަށުގެ މީހުންނަށް ރަށްރަށަށް ދިޔުމުގެ ކަންކަމާއި ގުޅޭ އިއުލާނެއް މާދަމާ ހާމަކުރާނެ

މާލޭގައި ތިބި ރަށްރަށުގެ މީހުންނަށް ރަށްރަށަށް ދިޔުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އުސޫލު މާދަމާ ޖެންޑަރ މިނިސްޓްރީން ހާމަކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެމީހުންގެ މައުލޫމާތު ވަނީ ޖެންޑަރ މިނިސްޓްރީން އެއްކޮށްފަ އެވެ.

01 މެއި 2020 | 17:08

ފަރުކޮޅުފުށިން 28 މީހަކު ބަނޑޮހަށް މިރޭ ބަދަލުކުރެވޭނެ

ފަރުކޮޅުފުށިން 28 މީހަކު މިރޭ ބަނޑޮހަށް ބަދަލުކުރާނެ ކަމަށާއި އެމީހުންނަކީ ހާލަތު ރަނގަޅު މީހުންކަމަށް މަބްރޫކް ވިދާޅުވި އެވެ.

01 މެއި 2020 | 17:06

ނ މަނަދޫ އަދި ހއ ތަކަންދޫ ވަނީ މޮނިޓަރިން އަށް ގެނެވިފައި

3 ރަށެއްގެ މޮނިޓަރިންގެ ހާލަތު ވަނީ އުވާލާފައި

30 އެޕްރީލު 2020 | 17:43

މީހަކު ބަލިވާ ހިސާބުން ފަރުވާދޭން ފަށާނެ، ނަތީޖާ ލިބޭތޯ ނުބަލާނެ

މީހަކު ބަލިވާ ހިސާބުން ފަރުވާދޭން ފަށާނެ ކަމަށާއި ފަރުވާދޭން ފަށާނީ ޓެސްޓްގެ ނަތީޖާ ލިބުމުން ނޫންކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

30 އެޕްރީލު 2020 | 17:23

އައިސޮލޭޝަންގައި އޮތް އެއްތާކުން 95 މީހުން ވަނީ ޕޮޒިޓިވްވެފައި

މިއަދު ޕޮޒިޓިވްވި 119 މީހުންގެ ތެރެއިން 95 މީހުންނަކީ އައިސޮލޭޓް ކޮށްފައިވާ އެއްތާކުން ޕޮޒިޓިވްވި މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި ޕޮޒިޓިވްވާ މީހުން އިތުރުވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މީގެއިތުރުން ކުރިޔަށް އޮތްތަނުގައި ފާހަގަކުރެވޭ ވަކި ތަންތަނަށް އަމާޒުކޮށްގެން ޓެސްޓް ހަދާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

30 އެޕްރީލު 2020 | 17:20

އަމާޒު ބޯޓުން އިތުރު 2 ކޮންޓެކްޓްސް ފެނިފައިވޭ

އަމާޒު ބޯޓު ކޭސް އާ ގުޅިގެން އިތުރު މީހަކު ޕޮޒިޓިވްވެފައި ނުވާކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އެހެންނަމަވެސް އިތުރު 2 ކޮންޓެކްޓްސް ފެނިފައިވާކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

30 އެޕްރީލު 2020 | 17:18

ޑީއެޗް11 ގައި 6 މީހަކު އެބަތިބި

އެއީ 5 ދިވެހިންނާއި ބިދޭސީ އެއް. ފަސް ފިރިހެނުންނާއި އަންހެނެއް. އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

30 އެޕްރީލު 2020 | 17:16

އިންޑޮނޭޝިޔާއިން 11 މީހަކު ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން

އިންޑޮނޭޝިޔާގައި ތިބި މީހުންގެ ތެރެއިން 11 މީހަކު ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

30 އެޕްރީލު 2020 | 17:14

ތައިލެންޑުންނާއި ސިންގަޕޯރުން ސިއްހީ ސާމާނު މިރޭ ގެނެސްފައިވޭ

މީގެތެރޭގައި 5000 ޓެސްޓް ކިޓް

5000 މާސްކް ހިމެނޭ

30 އެޕްރީލު 2020 | 17:06

ރޭ ނިޔާވި މީހާގެ ކަންކަން ހިނގާދިޔަ ގޮތް ދަނީ ބަލަމުން

އެމްއެޗްއޭގެ ދެ ޑްރައިވަރުން އެ ބިލްޑިންގ ގައި އުޅޭތީ އެ ބިލްޑިންގ މޮނިޓަރިން އަށް ލީ އޭޕްރީލް 21 ގައި

ކޭސް އައިޑެންޓިފައި ވެފައިވަނީ އޭޕްރީލް 25 ގައި

ކޭސް ޕްރައިމަރީ ކޮންޓެކްޓަށް ވަނީ ކޭސް 280 އާ އޭޕްރީލް 14 ގައި ދިމާވީމާ

27 ވަނަ ދުވަހު ސާމްޕަލް ނަގާފައިވަނީ. ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ ރޭ މެންދަމު 12 ޖަހާކަންހާއިރު

83 އަހަރުގެ އަންހެން މީހާއަކީ ދިގު މުއްދަތަކަށް ބޭސްކުރާ ބަލިތަކެއް ހުރި

އެޗްޕީއޭއަށް އިނގިފައިވަނީ 6:15 ހާއިރު ނޭވާލާން އުނދަގޫވާ ކަމަށް މައުލޫމާތު ދިނުމުން އައިޖީއެމްއެޗަށް ގެނައުމުގެ މަސައްކަތްކުރި. ހޮސްޕިޓަލަށް ގެނެވުނުއިރު އަންހެން މީހާ ވަނީ ނިޔާވެފައި.

އެމްބިޔުލަންސްގައި ތިބި ސްޓާފުންނަށް އެދެވެނީ މޮނިޓަރިންގ ގެ ހުރި ގެޔަކަށް ކަމަށް އެނގޭނެ. އޭގެން އެއްވެސް މީހަކު އައިސޮލޭޝަނަށް ގޮސްފައިނުވޭ. އެމީހުން ދިޔައީ ޕީޕީއީ އަޅައިގެން

ވަޅުލާފައި ވަނީ ތަޔައްމަމުކޮށްފައި

ނިޔާވި އަންހެން މީހާގެ ފިރިމީހާ ވަނީ ޕޮޒިޓިވްވެފައި. މިހާރު ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި. މިވަގުތު ހާލު ރަނގަޅު

- މަބްރޫކް އަޒީޒު

ޓާސްކް ފޯހުގެ ތަރުޖަމާނު-

30 އެޕްރީލު 2020 | 17:05

ކޮންޓެކްޓް ޓްރޭސިންގ ގައި 3501 މީހުން

ކޮންޓެކްޓް ޓްރޭސިންގ ގައި 3501 މީހުން ، މޮނޮޓަރިންގ ގައި 260 ތަނެއް

29 އެޕްރީލު 2020 | 21:27

މިހާރު ދެ ލެބޯޓްރީގައި 400 އާ ގާތްކޮށް ސާމްޕަލްތައް ނެގެމުންދޭ

މިހާރު ދެ ލެބޯޓްރީގައި 400 އާ ގާތްކޮށް ސާމްޕަލްތައް ނަގަމުންދާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވި. އައިޖީއެމްއެޗަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ލިބޭނެ، އޭރު ކެޕޭސިޓީ އިތުރުވެގެންދާނެ ކަަމަށް ވެސް ވިދާޅުވި.

29 އެޕްރީލު 2020 | 21:12

އައިޖީއެމްއެޗްގެ ދެ މުވައްޒަފަކު ކަރަންޓީންގައި

އައިޖީއެމްއެޗްގެ ދެ މުވައްޒަފަކު ކަރަންޓީންގައި ވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ. އެހެންނަމަވެސް އެ ދެ މުވައްޒަފުން ކަރަންޓީނަށް ގެންދެވިފައިވަނީ ކޮން ކޭސްއަކާ ގުޅިގެން ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށް އަމީން ވިދާޅުވި.

29 އެޕްރީލު 2020 | 21:08

ދަރުމަވަންތަ ހޮސްޕިޓަލުގައި 5 މީހަކަށް ފަރުވާ އެބަދޭ، 3 މީހުންގެ ކޮމްޕްލިކޭޝަންސް އެބަހުރި

ދަރުމަވަންތަ ހޮސްޕިޓަލުގައި 5 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި 3 މީހުންގެ ކޮމްޕްލިކޭޝަންސް އެބަހުރި ކަމަށް ސަރުކާރުން ހާމަކޮށްފި

29 އެޕްރީލު 2020 | 21:07

އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. މިއާއެކު ރާއްޖެއިން 280 މީހަކު ވަނީ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވޭ

41 / 81