ކޮވިޑް-19: އެންމެ ފަހުގެ
ނޮވެލް ކޮރޯނާވައިރަސް ގުޅޭ އެންމެ ފަހުގެ މައުލޫމާތު:

ކޮރޯނާވައިރަސް
ކޮވިޑް-19 ޖެހިފައިވާ މީހަކު ނިޔާވެއްޖެ: މިއީ ދިވެހިރާއްޖެއިން ރިޕޯޓްކުރެވުނު ފުރަތަމަ މަރު
ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައިވާ މީހަކު ނިޔާވެއްޖެ. އެމީހާ އަކީ އުމުރުން 83 އަހަރުގެ އަންހެނެއް، ނަމަކީ އައިމިނަތު އާދަމް, އައިމިނަތުގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި, ނޭވާލާން އުނދަގޫވެގެން އައިޖީއެމްއެޗްއަށް ބުދަ ދުވަހު ހަވީރު ގެންދިޔައިރު ވެސް އައިމިނަތު ނިޔާވެފައިވާ ކަމަށް ސަރުކާރުން ބުނޭ. އަދި އޭނާއަކީ މޮނީޓަރިންގ ގެ ހާލަތަށް ލެވިފައިވާ ގެއެއްގައި ދިރިއުޅެމުން ދިޔަ ފަރާތެއް ކަމަށާއި އައިމިނަތުގެ ހިނެވުމުގެ ކަންކަން ކުރިއަށް ގެންދާނީ ސިފައިންގެ އަންހެން ބޭކަނބަލުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވޭ.
އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އެޗްޕީއޭއިން ބުނީ ޕޮޒިޓިވެވްފައިވަނީ 52 އަހަރުގެ ދިވެއްސެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 278 އަށް އަރާފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާން މީހަކާއި 27 ދިވެހިންނެވެ.
އެޗްޕިއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 278 މީހަކު ޕޮޒިޓިވްވެފައިވާ އިރު މީގެ ތެރޭގައި ހިމެނެނީ 126 ދިވެހިންނާއި 152 ބިދެސީންނެވެ.
ރޭންޑަމް ސާމްޕަލިންގ އިން މިހާހިސާބަށް އައިއިރު އެކަކު ވަނީ ޕޮޒިޓިވްވެފައި
މާސް ޓެސްޓިންގ އަކަށް ދިޔުމަށް ޓެގް ޓީމުން ބޭނުންނަމަ އެކަން ސަރުކާރުން ކުރާނެ
ޓެސްޓިންގ ކެޕޭސިޓީ އިތުރުކުުރުމަށް އޮތް ގޮންޖެހުމަކީ އިތުރު ޓެސްޓް ކިޓް ހޯދުމުގައި ދަތިވެފައި އޮތްއޮތުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެއަށްވުރެ ބޮޑަށް އެ ޕްރޮސެސް ކުރުމަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް އޮތް ދަތިކަމަށް މަބްރޫކް ވިދާޅުވި އެވެ.
އަމާޒު ބޯޓުން 118 ކޮންޓެކްޓްސް، 36 ހައިރިސްކް
އަމާޒު ބޯޓުން މިހާތަނަށް 118 ކޮންޓެކްޓްސް ހޯދިފައިވާ ކަމަށާއި 36 މީހަކު ހައިރިސްކުގައި ތިބިއިރު 13 މީހަކީ ސިމްޕްޓޮމެޓިކް މީހުން ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
މިއަދު ޕޮަޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގ ދަނީ ހެދެމުން
މިއަދު މިހާތަނަށް އައިއިރު 27 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި މިމީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހެދެމުންދާ ކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.
ރަޝިޔާގައި ތިބި 11 މީހަކު ރާއްޖެ ގެނެސްފި
ރަޝިޔާގައި ތިބި 11 މީހަކު ރާއްޖެ ގެނެސްފައިވާ ކަަމަށާއި ރަޝިޔާގައި ރަޖިސްޓްރީކޮށްފައިވާ 84 މީހަކު އެބަތިބި ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިމީހުންނަށް މި ފްލައިޓްގެ މައުލޫމާތު ދީފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ރާއްޖެ އައި މީހުން ރާއްޖެ އައިސްފައިވަނީ އަމިއްލަ އަށް ޓިކެޓް ނަގައިގެންކަމަށް މަބްރޫކް ވިދާޅުވި އެވެ.
މީގެފަހުން މާލެއިން ފެންނަ ޕޮޒިޓިވް މީހުން ބަދަލުކުރާނީ ބަނޑޮސް ކަރަންޓީނަށް
މީގެފަހުން މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބަދަލުކުރާނީ ބަނޑޮސް ކަރަންޓީނަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ށ.ނަރުދޫން ޕޮޒިޓިވްވި މީހުން ދޮނަ ކުޅި ކަރަންޓީނަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަމުން
ށ. ނަރުދޫން ޕޮޒިޓިވްވި މީހުން ދޮނަކުޅި ކަރަންޓީނު ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަރުދޫން މިހާތަނަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާތަނަށް 7876 ސާމްޕަލް ނަގާފައިވޭ
269 ސާމްޕަލް ޕޮޒިޓިވް
7632 ސާމްޕަލް ނެގެޓިވް
875 ސާމްޕަލް ނުލިބި
އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 277 ށް
އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިއަދުގެ މިހާތަނަށް 27 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް. މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 277 ށް އަރާފައެވެ.
އެޗްޕީއޭގެ ކޮންޓެކްޓް ޓްރޭސިންގ އެޕް "ޓްރޭސް އެކީ" ލޯންޗު ކޮށްފި
ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރު ތަކުގެ ތަފްސީލް
18 މާރޗް: 3 ކުންފުންޏަކުން ކޯޓޭޝަން ހޯދާފައިވޭ ( އެސްޓީއޯ، މެޑްޓެކް އަދި ނާޑް)
19 މާރޗް: 2 ކުންފުންޏަކާ ތަކެތި ގެނައުމަށް ހަވާލު ކުރެވުނު (މެޑްޓެކް އަދި ނާޑް) ، ނަމަވެސް ލޮކްޑައުންއާ ގުޅިގެން އެތަކެތި އުފައްދާ ޤައުމުތަކުން ގެނައުމުގައި ދަތިތަކެއް ހުރިކަމަށް ކުންފުނިތަކުން މިނިސްޓްރީއަށް އެންގި، އަދި އެއީ ކުރިން އުއްމީދު ކުރެވުނު ހާލަތެއް ނޫންކަމަށް ނަމަވެސް އަގުވެސް ދައްކާފައިވާކަމަށް ކުންފުނިތަކުން ބުނިކަމަށް މިނިސްޓްރީން ބުނޭ
2 އޭޕްރީލް: ވެންޓިލޭޓަރުތައް ގެނައުން ލަސްވެދާނެތީ ރާއްޖޭގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސް އަދި ދުބާއީގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީހާ ގުޅިގެން ވެންޓިލޭޓަރުގެ އަގުތައް ބެލުމަށްފަހު ދުބާއީގެ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ހަވާލު ކުރެވުނު ( އެގްޒެކިއުޓާރ ޖެނެރަލް ޓްރޭޑިންގްއާ)
މެޑްޓެކް: އެ ކުންފުންޏާ ހަވާލު ކުރެވުނު ވެންޓިލޭޓަރު ތަކުގެ ތެރެއިން 18 ވެންޓިލޭޓަރ 1 މެއިގައި ރާއްޖެ ގެނެވޭނެކަމަށް އަންގާފައިވޭ، އިިތުރު 10 ވެންޓިލޭޓަރު 15 މެއިގައި ގެނެވޭނެކަމަށް، އަދި ބާކީ ވެންޓިލޭޓަރުތައް ގެނެވޭނެ އިރެއް އަންގާނެކަމަށް މިނިސްޓްރީއަށް އެންގި
ނާޑް ޕްރައިވެޓް ލިމިޓެޑް: މި ކުންފުންޏާ ހަވާލު ކުރެވުނު 20 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ލަސްވެފައިވަނީ އެތަކެތި އުފައްދާ ފަރާތުން ލަސްވެފައިވާތީ، އެހެންކަމުން އިތުރު ގޮތްތަކެއް ހޯދަމުންދާކަން 22 އޭޕްރީލްގައި މިނިސްޓްރީއަށް އަންގާފައިވޭ
ދުބާއީގެ އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިންގ: މި ކުންފުންޏާ ހަވާލު ކުރެވުނު 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު 1 މެއި 2020 ގައި ރާއްޖެ އަންނާނެކަމަށް އަންގާފައިވޭ.
ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރު ތަކުގެ ތަފްސީލް
18 މާރޗް: 3 ކުންފުންޏަކުން ކޯޓޭޝަން ހޯދާފައިވޭ ( އެސްޓީއޯ، މެޑްޓެކް އަދި ނާޑް)
19 މާރޗް: 2 ކުންފުންޏަކާ ތަކެތި ގެނައުމަށް ހަވާލު ކުރެވުނު (މެޑްޓެކް އަދި ނާޑް) ، ނަމަވެސް ލޮކްޑައުންއާ ގުޅިގެން އެތަކެތި އުފައްދާ ޤައުމުތަކުން ގެނައުމުގައި ދަތިތަކެއް ހުރިކަމަށް ކުންފުނިތަކުން މިނިސްޓްރީއަށް އެންގި، އަދި އެއީ ކުރިން އުއްމީދު ކުރެވުނު ހާލަތެއް ނޫންނަމަވެސް އަގުވެސް ދައްކާފައިވާކަމަށް ކުންފުނިތަކުން ބުނިކަމަށް މިނިސްޓްރީން ބުނޭ
2 އޭޕްރީލް: ވެންޓިލޭޓަރުތައް ގެނައުން ލަސްވެދާނެތީ ރާއްޖޭގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސް އަދި ދުބާއީގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީހާ ގުޅިގެން ވެންޓިލޭޓަރުގެ އަގުތައް ބެލުމަށްފަހު ދުބާއީގެ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ހަވާލު ކުރެވުނު ( އެގްޒެކިއުޓާރ ޖެނެރަލް ޓްރޭޑިންގްއާ)
މެޑްޓެކް: އެ ކުންފުންޏާ ހަވާލު ކުރެވުނު ވެންޓިލޭޓަރު ތަކުގެ ތެރެއިން 18 ވެންޓިލޭޓަރ 1 މެއިގައި ރާއްޖެ ގެނެވޭނެކަމަށް އަންގާފައިވޭ، އިިތުރު 10 ވެންޓިލޭޓަރު 15 މެއިގައި ގެނެވޭނެކަމަށް، އަދި ބާކީ ވެންޓިލޭޓަރުތައް ގެނެވޭނެ އިރެއް އަންގާނެކަމަށް މިނިސްޓްރީއަށް އެންގި
ނާޑް ޕްރައިވެޓް ލިމިޓެޑް: މި ކުންފުންޏާ ހަވާލު ކުރެވުނު 20 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ލަސްވެފައިވަނީ އެތަކެތި އުފައްދާ ފަރާތުން ލަސްވެފައިވާތީ، އެހެންކަމުން އިތުރު ގޮތްތަކެއް ހޯދަމުންދާކަން 22 އޭޕްރީލްގައި މިނިސްޓްރީއަށް އަންގާފައިވޭ
ދުބާއީގެ އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިންގ: މި ކުންފުންޏާ ހަވާލު ކުރެވުނު 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު 1 މެއި 2020 ގައި ރާއްޖެ އަންނާނެކަމަށް އަންގާފައިވޭ.
އިތުރު 13 ދިވެހިން ޕޮޒިޓިވްވެ ޕޮޒިޓިވްވި މީހުންގެ އަދަދު 269 ށް
ކޮވިޑް-19 އަށް އިތުރު 13 ދިވެހިން ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 269 ށް އަރާފައެވެ.
އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިފި
މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް ދަންމަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
ލޮކްޑައުންގެ މުއްދަތު އިތުރުކުރިިކަން އިއުލާންކޮށް ގެޒެޓު ކޮށްފައިވާ އިއުލާނުގައި ވަނީ ކުރިން އެންގި އެންގުމުގެ މުއްދަތު 14 ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމަކަށް، މާލޭ ސަރަހައްދު ލޮކްޑައުން ކޮށްފައިވަނީ އޭޕްރިލް މަހުގެ 17 ގައެވެ.
މާލެ އިން ކޮވިޑް-19 ފެނުމާއެކު، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުން ކޮށްފަ އެވެ. މިއާއެކު އޭޕްރިލް މަހުގެ 16 ވަނަ ދުވަހުން ފެށިގެން މާލޭގައި މަގުމައްޗަށް ނިކުމެ އުޅުމާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކުރެވިފަ އެވެ.
ތިނަދޫގައި ނިޔާވި މީހާގެ މޫނުދެއްކުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކަށުކަމާކެމީގެ ކަންކަމަށް ފަހު
ތިނަދޫގައި ނިޔާވި މީހާއަކީ އެހެން ރަށެއްގެ މީހެއް، އެޑްމިޓް ކުރެވުނީ ފުއްޕާމޭގެ ބައްޔަކާ ގުޅިގެން، ކަށުކަމާކެމީގެ ކަންތައް ކުރި ޓީމަކީ އެކަމުގެ ތަމްރީނު ލިބިފައިވާ މީހުން، މޫނުދެއްކުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކަށުކަމާކެމި އަދި ކަފުން ކުރުމަށް ފަހު، އާއިލާއިން އެދުނު އަމިއްލަ ރަށް (ގދ މަޑަވެލި) އަށް ގެންދަން، ނަމަވެސް ޕްރިކޯޝަނަރީ މެޝަރއެއްގެ ގޮތުން އެގޮތަށް ނުފޮނުވީ
-މަބްރޫކް-
130 ފުލުހުން މިހާތަނަށް އެކަހެރި ކުރެވިފައިވޭ
ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފްގެ 5 އޮފިޝަލަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ އިތުރުން ފުލުހުންގެ ތެރެއިންވެސް މިހާތަނަށް 130 އޮފިސަރަކު އެކަހެރި ކުރެވިފައިވާކަމަށް މައުލޫމާތު ލިބޭކަމަށް މަބްރޫކު ވިދާޅުވި
ޔޫއޭއީ ފުޑް އެކްސްޕޯ އާ ގުޅުންހުރި 2 ކޭސް އެއް ފެނިފައިވޭ: ޑޮކްޓަރ
ޔޫއޭއީ ފުޑް އެކްސްޕޯ އާ ގުޅުންހުރި 2 ކޭސް އެއް ފެނިފައިވާކަމަށް ޑޮކްޓަރ އަފްޒަލް ވިދާޅުވި އެވެ. ފެބްރުއަރީ 16ން 20 ށް އެ އެކްސްޕޯއަށް ދިޔަ މީހުން އެޗްޕީއޭއަށް ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ.
ކުރިޔަށް އޮތްތަނުގައި އެމީހެއްގެ ގޭގޭގައި ކަރަންޓީނު ވާންޖެހޭނެ: މަބްރޫކް
ކުރިޔަށް އޮތްތަނުގައި ކޭސްތައް އިތުރުވަމުންދާއިރު އެމީހެއްގެ ގޭގޭގައި ކަރަންޓީނު ވާންޖެހޭނެކަމަށާއި ހުރިހާ އެންމެން ކަރަންޓީނު ކުރާވަރަށް ކަރަންޓީނު ފެސިލިޓީތަކުގައި ޖާގަ ނުހުންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ގޭގޭގައި ކަރަންޓީނު ކުރުމަށް ބުނާނީ އެމީހެއްގެ ހާލަތަށް ބެލުމަށްފަހު ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ދިވެއްސެއްގެ ފުރާނަ ހަމަހަމައެއް ނުކުރާނަން ފައިސާ އާ : މަބްރޫކް
ދިވެއްސެއްގެ ފުރާނަ ފައިސާ އާ ހަމަހަމައަށް ނުކުރާނެ ކަމަށާއި ފިޔަވަޅުތައް އަޅަމުންދާނީ ޑޮކްޓަރުންގެ ލަފަޔާއެކު ކަމަށް މަބްރޫކް ވިދާޅުވި އެވެ. ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި ކަންކަން ކުރާނެކަމަށާއި މިކަންކަން ވަކި ހިސާބަކަށް ދިޔުމުން އިގްތިޞާދީ ކަންކަން ކުރިޔަށް ގެންދިޔުމާމެދު ގޮތްތަކެއް ނިންމާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. ޓޫރިޒަމް އަނބުރާ އާރާސްތު ކުރާނެ ޕްލޭން އެބައޮތްކަމަށާއި އެކަން ކުރެވޭނެ ގޮތްގޮތް އެބަހުރިކަމަށާއި ނަމަވެސް އެކަންކަން ކުރާނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމާމެދު އަދި ގޮތެއް ނުނިންމާ
މިމަހުގެ 30 ވަނަ ދުވަހުގެ މުއްދަތާ ހަމައަށް އޮތް ލޮކްޑައުން މުއްދަތު އިތުރުކުރުމާމެދު އަދި ގޮތެއް ނުނިންމާކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަމާމެދު މަޝްވަރާކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މޮނިޓަރިންގ އަށް ރަށްރަށް ގެންދަނީ ކޮންމެސް ކޭސް އަކާ ގުޅިގެން
މޮނިޓަރިންގ ގެ ހާލަތަށާއި ލޮކްޑައުން އަށް ރަށްރަށް ގެންދަނީ ކޭސް އަކާއި ގުޅުންހުރި މީހުން ތިބުމުން ކަމަށާއި އެނޫން ހާލަތެއްގައި އެޗްޕީއޭއިން އެފަދަ ނިންމުމެއް ނުނިންމާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.
ފްލޫ ކްލިނިކުން ޕޮޒިޓިވްވި މީހުންގެ އަދަދު މަދު
ފްލޫ ކްލިނިކުން ޕޮޒިޓިވްވި މީހުންގެ އަދަދުތައް މަދު ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ނަރުދޫން ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކޮށްފައިވާނީ
ނަރުދޫން ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކޮށްފައިވާކަމަށާއި ނަމަވެސް މިވަގުތު ސީދާ އެމީހުން ތިބި ތަނެއް ވިދާޅުވާން ނޭންގޭ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
އަމާޒު ބޯޓާއި ގުޅުންހުރި 9 މީހުން ޕޮޒިޓިވް
އަމާޒު ބޯޓާއި ގުޅުންހުރި 9 މީހަކު މިހާތަނަށް އައިއިރު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ށ ނަރުދޫއިން ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ފެނިފައިވޭ
އަމާޒު ބޯޓާ ގުޅިގެން މިހާރު ށ ނަރުދޫއިން ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ފެނިފައިވޭ، އަމާޒު ބޯޓު ކްލަސްޓަރއިން މިހާތަނަށް 113 ކޮންޓެކްޓްސް، 9 މީހުން ޕޮޒިޓިވް
މިއަދު ފެނުނު ކޭސްތަކަކީ ކުރީގެ ކޭސްތަކާއި ގުޅުންހުރި ކޭސްތައް
މިއަދު ފެނުނު 21 ކޭސްއަކީވެސް ކުރީގައިވެސް ފެނިފައިހުރި ކޭސްތަކާއި ގުޅުންހުރި މީހުންކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
މިހާތަނަށް 7623 ސާމްޕަލް ނެގިފައިވޭ
މިހާތަނަށް 7623 ސާމްޕަލް ނެގިފައިވޭ، އޭގެ ތެރެއިން 249 މީހުން ޕޮޒިޓިވް، 6286 މީހުން ނެގެޓިވް، ނަތީޖާ ނުލިބި 1088 ސާމްޕަލް ހިމެނޭ، އޭގެ ތެރެއިން ގިނައީ ކޮމިއުނިޓީ ސަވައިލެންސް ތެރެއިން ފާހަގަވި ކޭސްތައް
މުދާ ހިފައިގެން ރަށްރަށަށް މާލެއިން ދަތުރުކުރި ބޯޓުތަކުގެ އަދަދުތައް
ނޯރތް ހާބަރުން : 3 ބޯޓު
ޓީޖެޓީ : 28 ބޯޓު
ޕޮޒިޓިވްވި ޕާކިސްތާން މީހާ އޭޑީކޭއަށް ގޮސްފައިވޭ
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕާކިސްތާން މީހާ އޭޑީކޭއަށް ގޮސްފައިވާ ކަމަށާއި އެމީހާ އާ ކޮންޓެކްޓް ވި 8 މީހަކު އައިސޮލޭޓް ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެމީހުންގެ ނަތީޖާ ނެގެޓިވް ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅޭގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިރޭ 9:30 ގައި
ކޮވިޑް-19 އަށް ރާއްޖެއިން އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 228 ށް
ކޮވިޑް-19 އަށް ރާއްޖެއިން އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ. މި ދެ މީހުންގެ ކުރެ އެކަކީ ދިވެއްސެއް އަދި އަނެއް މީހާއަކީ ބަންގްލަދޭޝް މީހެކެވެ.