ފޮޓޯ ގެލަރީ
ބީއެމްއެލް ބިޒްނަސް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތު
ބީއެމްއެލް ބިޒްނަސް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިޓަނޭޝަނަލް އެކައުންޓިންގް ޑޭ ފާހަގަ ކުރުން
12 ނޮވެންބަރު 2019 އިޓަނޭޝަނަލް އެކައުންޓިންގް ޑޭ ފާހަގަ ކުރުން ހެންވޭރު ދަންޑުގައި ބޭއްވި އިވެޓް
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާ
އެމްއާރްއެމް އެކުލަވާލުމައް ބޭއްވި ފުރަތަމަ ޖަލްސާ މިޖަލްސާގައި ވަނީ އެމްއާރްއެމްގެ މަގާމުތަކައް ބޭފުޅުންގެ ވޯޓު ނަންގަވާފައެވެ އޭގެތެރޭގައި އެމްއާރްއެމްގެ އިންތިގާލީ ރައީސް ކަމައް ކުރީގެ ރައީސް މައުމޫން ވަނީ އިންތިހާބުވެފައެވެ

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުންތައް - 7.11.2019
7 ނޮވެމްބަރު 2019 ގައި މަޖުލީހުގައި މިޔަދު ކުރިޔައް ގެންގޮސްފައިވަނީ ހިއުމަން ރައިޓްސް ކޮމެޓީ އާއި ޖުޑިޝަރީ ކޮމެޓީ އާއި ލާމަރުކަޒީ ކޮމެޓީ އަދި އެސްއޯއީ ކޮމެޓީގެ ބައްދަލުވުންތަކެވެ.

އާންމު ސިއްހަތުގެ މަހާސިންތާ

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާ
ރާއްޖޭގެ 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބާގައި ބޭއްވެވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

ގަލްފް އެއާގެ ފުރަތަމަ ބޯޓު ރާއްޖެއަށް، ހަފްތާއަކު ފަސް ފްލައިޓް ބާއްވާނެ!
ބަހްރެއިންގެ ގައުމީ އެއާލައިން ކަމަށްވާ ގަލްފް އެއާގެ ދަތުރުތައް މިއަދު ފަށާފައި ވާއިރު އެ އެއާލައިންގެ ޖީއެފް144 މަރުކާރުގެ ބޯޓަށް މަރުހަބާ ދެންނެވީ މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

"ޕިންކް ރިބަން ރަން ވޯކް"
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ވަނީ ނިންމާލައިފައެވެ. ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ. މި ހަރަކާތް އިންތިޒާމްކުރުމުގައި ބޭންކުގެ 150 އެއްހާ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

"ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، ހީރޯޝީމާގެ މޭޔަރ މަޓްސޫއީ ކަޒޫމީއާއި ބައްދަލުކުރައްވައި "ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމް" އަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާވަނީ، އެޓޮމިކް ބޮމުގެ ހަމަލާގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ މަޤްބަރާއަށް ޒިޔާރަތްކުރައްވައި އެ ތަނުގައި މާބޮނޑިއެއް ބާއްވަވާފައެވެ. އަދި، ޕީސް މެމޯރިއަލް މިއުޒިއަމް ބައްލަވާލައްވައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން ޖަޕާނަށް ފުރާވަޑައިގަތުން
މިމަހުގެ 20 އިން 26 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖަޕާނުގެ އައު އެންޕެރަރ ތަހުތަށް އިސްކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.

އެމްޑީޕީގެ މެމްބަރުންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން
ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާފައިވަނީ އެމަނިކުފާނު އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލެއްވުމަށްފަހު އެވެ.

ނިއުމާ މުޙައްމަދުގެ ފިލްމީ ރިހިޔޫބިލް ފާހަގަ ކުރުމުގެ ޙަފްލާ
ނިއުމާ ފިލްމީ ދާއިރާއަށް މަސައްކަތްކުރާތާ 25 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި ގިނަ ޢަދަދެއްގެ ފިލްމީ ފަންނާނުން ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ. ހުޅުދެއްޔަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ ހުޅުދެއްޔަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް އިފްތިތާހްކުރުން
ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް އިފްތިތާޙް ކުރެވިގެންދިއުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ތަޢާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުންދާ ބަލިމީހެއްގެ އިޙްސާސްތައް ޙިއްޞާކުރެވުނެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަށް ފެށިފައިމިވަނީ އެހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭނެ އޮންކޮލޮޖީ ޑިޕާޓްމަންޓެއް ޤާއިމްކުރެވިގެންދިޔަތާ 2 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮންކޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މިނިސްޓަރ ޔުމްނާ މައުމޫން، ސުނާމީ ކާރިސާއާއި ގުޅިގެން ހުސްކުރެވުނު ދ. ގެމެންދޫ ބައްލަވާލެއްވުން
ގެމެންދޫ އަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ދިވެހިރާއްޖެއިން މީހުންނަށް އިތުރަށް ދިރި ނޫޅެވޭވަރަށް ގެއްލުންވި އެއް ރަށް.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 51 ވަނަ ޖަލްސާ
މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ނައިފަރު ދާއިރާގެ މެމްބަރު ކުއްލި މައްސަލައެއް ހުށަހަޅާފައިވެއެވެ. ނަމަވެސް އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

ރަށްރަށުން ރުށް އުފުރާ މައްސަލަ ބޮޑުވެ، އާންމުންގެ ފާޑުކިޔުންތައް ސަރުކާރަށް!
ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ރުށް އުފުރާ މައްސަލަތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތަށް އަމާޒުކުރަމުންންނެވެ. އަދި އެކަންކުރަނީ ސަރުކާރުން ހުއްދަ ދިނުމުންކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ މިޞްރާބު ހިމެނޭ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކުރުން
2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލެވިގެންވާ މި ޕްލޭނަކީ، މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދުތަކާއި އެކިއެކި ދާއިރާތަކުން މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާވެގެންވާ ޕްލޭނެކެވެ. ތަރުތީބުކުރެވި، ތާރީޚުޖެހި، ނަމްބަރުޖެހި، މުއްދަތު ޖެހި، ދެލިކުރެވި އަދި މަޝްވަރާ ހޯދިގެން ތައްޔާރުކޮށްފައިވާ މި ޕްލޭންގެ ދައުރަކީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގައި އިސްކަންދޭ ކަންތައްތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރުމާއި، އޭގެ ނަތީޖާ ހާސިލުކުރެވޭ މިންވަރު ދެނެގަނެ، އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބެލުމެވެ.
ވީޑިއޯ: ފަލަސުރުހީ - ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އަމީން ޖާވިދް ފައިސަލް
ވީޑިއޯ: ފަލަސުރުހީ - ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އަމީން ޖާވިދް ފައިސަލް

ރާއްޖޭން ޑައިވިންގެ ދުނިޔޭގެ ރެކޯޑު މުގުރާލުން
ރާއްޖެ އިން އެންމެ ގިނަ ޑައިވަރުން އެއް ފަހަރާ ފްރީޑައިވް ކުރުމުގެ ރެކޯޑް ހެދީ 521 ޑައިވަރުންނާ އެކު އެކު ޑައިވްކޮށްގެންނެވެ. އިޓަލީން މި ރެކޯޑް 2009 ވަނަ އަހަރު ހަދާފައި ވަނީ 280 މީހުންނާ އެކު އެވެ. މި ރެކޯޑް މުގުރާލުމަށް ޑައިވަރުން 30 ސިކުންތު ވަންދެން މޫދު އަޑީގައި ތިބެން ޖެހެ އެވެ.

ޓީޖެޓީ ސަރަހައްދުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމަށް 03:40 ހާއިރު ލިބިފައިވާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 05:09 ހާއިރުއެވެ. މަންޒަރު ދުށް މީހެއް ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް ތެޔޮ ބައުޒަރުގެ ހޮޅީގައި ރޯވެގެންނެވެ. ތެޔޮ ބައުޒަރުގެ ހޮޅީގެ މެދުގައި ރޯވި ކަމަށާއި ބޮޑަށް ބެލެވޭ ގޮތުގައި ހޮޅީގެ މެދުގައި ރޯވާން ދިމާވީ ސިނގިރޭޓެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އެ ބައުޒަރުގައި ރޯވުމުން ދެން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އެހެން ތެޔޮ ބައުޒަރުތަކަށް އަލިފާންގަނޑު ވަނީ ފެތުރި، އެ އުޅަނދުތަކުގައި ރޯވެފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް
ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގައި ދެފަރާތުގެ ހެކިބަސް ނަގައި ވަނީ ނިންމައިފަ އެވެ.

7 އަހަރަށްފަހު ރާއްޖޭގެ ރައީސަކު އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުން
އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު މި ތަޤުރީރު ކުރައްވަނީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަޤުރީރު ނުކުރައްވާތާ ހަތް އަހަރަށް ފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފަހަރު ތަޤުރީރުކުރެއްވީ ޢާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ 6 ވަނައަށެވެ. މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އ.ދ.ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސްބުނުމަށް ރާއްޖެއަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެކެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވުން
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ އަނދަމުންދާ މަންޒަރު. އެމްއެންޑީއެފުގެ އަލިފާން ނިއްވާ ޓީމުތަކާއި ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ދުމުގެ އަސަރު އެ ސަރަހައްދުގެ ގެތަކަށްވެސް ދަނީ ކުރަމުން،

"ކްރޮސްރޯޑްސް މޯލްޑިވްސް" ރަސްމީކޮށް ހުޅުވުން
މާލޭގެ ދެކުނު ފަރާތުން ފުރަތަމަ އަށް އޮންނަ ބޮޑު ފަޅުގައި ޖުމްލަ ނުވަ ރަށް ހިމެނޭ ގޮތަށް ޑިޒައިންކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށް ވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން ވެސް، މިއަދު ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި ހަފުލާއަށް ފަހު ރަސްމީކޮށް ހުޅުވުނީ އެވެ.

'ނޫސްވެރިކަމުގެ އިނާމު 2018'
ނޫސްވެރިކަމުގެ އިނާމް 2018 ޝަރަފްވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި ވަނީ ނޫސްވެރިކަމުގެ ދާއިރާއިން ހިދުމަތްކޮށްދީފައިވާ ފަރާތްތަކަށް އެވޯޑްދީފައި.

ފުލުހުންގެ ހާއްސަ އޮޕަރޭޝަން
މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ މާލޭގެ ބައެއް ތަންތަން ބަލާ ފާސް ކުރުމަށް އޮޕަރޭޝަން އެއް ހިންގާފައެވެ.

ގައުމީ ޤުރުއާން މުބާރާތުގެ ނަތީއްޖާ ފާޅުކުރުން
ޤައުމީ ޤުރުއާން މުބާރާތުގެ ނަތީއްޖާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެ ވަޑައިގަނެފައެވެ. މީގެ އިތުރުން ބައެއް މިނިސްޓަރުންވެސް ވަނީ ބައިވެރިވެވަޑައިގަނެފައެވެ.
ހޯރަފުށި ތަރައްގީގެ މާސްޓަރ ޕްލޭން އެކުލަވާލުން
ހޯރަފުށި ތަރައްގީ ކުރުމުގެ މާސްޓަރ ޕްލޭނެއް ތައްޔާރު ކުރުމުގެ ގޮތުން ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން ގެންދެވުނު ސެމިނާރ