Raajje.mv

ފޮޓޯ ގެލަރީ

ސައުތް އޭޝިއަން ގޭމަސްގައި މެޑަލް ހޯދި އެތްލީޓުންނަށް މަރުހަބާކިޔުން

ސައުތް އޭޝިއަން ގޭމަސްގައި މެޑަލް ހޯދި އެތްލީޓުންނަށް މަރުހަބާކިޔުން

ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ގޭމްސްއިން ލޯ މެޑަލް ހޯދި އަންހެން ޓޭބަލް ޓޭނިސް ޓީމަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.

11 ޑިސެމްބަރު 2019
ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުން

ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުން

ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކުގެ ދުވަސް ފަހަގަކުރުމަށް ރަސްމީ ޖަލްސާ ބާއްވާފައިވަނީ އަންގާރަ ދުވަހު ހެނދުނު އެވެ.

11 ޑިސެމްބަރު 2019
މަހާތުމާ ގާންދީގެ މަޤްބަރާއަށް ރައީސް ނަޝީދު ޒިޔާރަތް ކުރެއްވުން

މަހާތުމާ ގާންދީގެ މަޤްބަރާއަށް ރައީސް ނަޝީދު ޒިޔާރަތް ކުރެއްވުން

މަޖިލީހުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހާތުމާ ގާންދީގެ މަޤްބަރާއަށް ރައީސް ނަޝީދު ޒިޔާރަތް ކުރެއްވުން

09 ޑިސެމްބަރު 2019
ދެ މެޗުން ބަލިވެ މުބާރާތުން ކެޓި ނަމަވެސް ފިރިހެން ބާސްކެޓް ޓީމުގެ ފަރާތުން ރަނގަޅު ވާދައެއް

ދެ މެޗުން ބަލިވެ މުބާރާތުން ކެޓި ނަމަވެސް ފިރިހެން ބާސްކެޓް ޓީމުގެ ފަރާތުން ރަނގަޅު ވާދައެއް

ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ފިރިހެން ބާސްކެޓް ޓީމުގެ ފަރާތުން މުބާރާތުގައި ރަނގަޅު ވާދައެއް ކޮށްފައިވެއެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގާޅު އާއި ދެކޮޅަށް ފިރިހެން ޓީމުން ވަނީ މޮޅަށް ކުޅެ މެޗުގެ ހަތަރު ވަނަ ކުއާޓާ އާއި ހަމައަށް ލީޑު ކޮށްފައެވެ. އާދީއްތަ ދުވަހު ނޭޕާލުގެ ސަޕޯޓަރުން ކުރިމަތީ ނޭޕާލްގެ ކުޅުނު މެޗުގައި ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކުވައިފައެވެ.

08 ޑިސެމްބަރު 2019
ގައުމީ އަންހެން ބާސްކެޓް ޓީމު ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ސެމީ ފައިނަލަށް

ގައުމީ އަންހެން ބާސްކެޓް ޓީމު ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ސެމީ ފައިނަލަށް

އިންޑިއާ އަތުންވި ބޮޑު ބަލި ހަނދާން ނައްތައިލާ ގައުމީ އަންހެން ބާސްކެޓް ޓީމު އާދީއްތަ ދުވަހު ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ. ލަންކާ އާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މި މެޗު ކާމިޔާބުުރީ 69 ޕޮއިންޓް 64 ޕޮއިންޓުންނެވ. މި މެޗުގައި ރާއްޖެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ރާއްޖެއިން ވަނީ ލަންކާ އިން ކުރަމުން ގެންދިޔަ އެޓޭކްތައް ހުއްޓުވައިފައެވެ. މި މެޗު ބައްލަވައިލައްވަން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވަނީ ދަނޑަށް ވަޑައިގެންނަވާ ޖޯސާ އެކު ޓީމަށް ހިތްވަރު ދެއްވަވައިފައެވެ.

08 ޑިސެމްބަރު 2019
ޕީޖީގެ މަޤާމަށް ހުސެއިން ޝަމީމް އައްޔަންކުރެއްވުން

ޕީޖީގެ މަޤާމަށް ހުސެއިން ޝަމީމް އައްޔަންކުރެއްވުން

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޙުސައިން ޝަމީމު ޢައްޔަން ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދިއްތަ ދުވަހު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ހުސައިން ޝަމީމު ޕީޖީގެ މަޤާމަށް އައްޔަން ކުރައްވައި މަޤާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވެ. ޕީޖީގެ މަޤާމަށް ޝަމީމު އައްޔަން ކުރެއްވުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ.

08 ޑިސެމްބަރު 2019
އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަންކުރެއްވުން

އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އައްޔަންކުރެއްވުން

އުއްތަމަ ފަނޑިޔާރަކަށް ކުރީގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ދެ ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފާސްވީ 68 މެމްބަރުންގެ އިއްތިފާގުންނެވެ. ސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން 64 މެމްބަރުން ވޯޓު ދެއްވި އިރު، އޭނާއާ އައްޔަން ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

08 ޑިސެމްބަރު 2019
މަސްވެރިންގެ ފޯރަމް އިފްތިތާހު ކުރެއްވުން

މަސްވެރިންގެ ފޯރަމް އިފްތިތާހު ކުރެއްވުން

މަސްވެރިންގެ ފޯރަމް އިފްތިތާހު ކުރެއްވުން

08 ޑިސެމްބަރު 2019
ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު، ބޫޓާނުން ރާއްޖެ ބަލިކުރުން

ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު، ބޫޓާނުން ރާއްޖެ ބަލިކުރުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސްގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު، ބޫޓާނުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ. ދަޝްރާތު ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހު މެންދުރުފަހު ކުޅުނު މެޗުން ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ. ދެޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން ކުރިޔަށްޖެހި އެޓޭކްކުރަން މަސައްކަތްކުރި ނަމަވެސް ބޫޓާނުން ވަނީ ރާއްޖޭގެ އެޓޭކްތައް ހުއްޓުވައިފައެވެ. އަދި ބޫޓާނުން ދިޔައީ އެޓީމުގެ ހަލުވި ފޯވާޑުންގެ ބޭނުން ހިފައި ކައުންޓާ އެޓޭކްގައި ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ބޫޓާނުން ބޫޓާނުން ރަނގަޅަށް ކުޅުނުއިރު އެޓީމުން ވަނީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝިމީ ޑޯޖީ އެވެ. މިއީ ބޫޓާނަށް ލިބުނު ކޯނަރުގެ ބޭނުން ހިފައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ބޫޓާނުން ޖެހި ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މި މެޗުގައި މޮޅުކުޅުމެއް ދެއްކި ޕުބީ ތީންލީ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

06 ޑިސެމްބަރު 2019
އެސްއޯއީ ކޮމެޓީއަށް އެމްޓީސީސީގެ އިސްވެރިން ހާޒިރުކުރުން

އެސްއޯއީ ކޮމެޓީއަށް އެމްޓީސީސީގެ އިސްވެރިން ހާޒިރުކުރުން

ބުރާސްފަތި ދުވަހު އެމްޓީސީސީ މަޖިލީހުގެ ސްޓޭޓް އޯވންޑް އެންޓަރޕްރައިޒެސް ކޮމިޓީއަށް ހާޒިރުކުރީ 12 ނޮވެމްބަރުގައި ހިނގާދިޔާ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެ ކުންފުނިން ދޭ ޚިދުމަތް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރަމުން ދޭތޯ އަދި އެކަން ހިންގާފައިވާ ގޮތް ބެލުމަށެވެ.

06 ޑިސެމްބަރު 2019
ކުޅުނު ދެވަނަ މެޗުންވެސް ފިރިހެން ފުޓްބޯޅަ ޓީމު އެއްވަރުވުން

ކުޅުނު ދެވަނަ މެޗުންވެސް ފިރިހެން ފުޓްބޯޅަ ޓީމު އެއްވަރުވުން

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުން ކުޅުން ދެވަނަ މެޗުންވެސް އެއްވަރުވެއްޖެއެވެ. ފިރިހެން ޓީމު އަންގާރަ ދުވަހު ނިކުތީ ބަންގްލަދޭޝާ ދެކޮޅަށެވެ. މި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ލީޑް ބަންގްލަދޭޝުން ނަގާފައިވަނީ ފުރަތަމަ ހާފުގައި، 20 ވަނަ މިނެޓުގައެވެ. އެއީ އަކްރަމް ޣަނީ ބައިކޮޅަށް ޖެހި ލަނޑެކެވެ. ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ. ނަމަވެސް، ދެ ވަނަ ހާފުގެ 70 ވަނަ މިނެޓްގައި އިބްރާހިމް ހަސަންގެ ލަނޑަކާ އެކު މެޗް އެއްވަރުވިއެވެ.

04 ޑިސެމްބަރު 2019
ރާއްޖޭގެ އަންހެން ޓީމްއަތުން ބޮޑު ނަތީޖާއަކުން އިންޑިއާ މޮޅުވުން

ރާއްޖޭގެ އަންހެން ޓީމްއަތުން ބޮޑު ނަތީޖާއަކުން އިންޑިއާ މޮޅުވުން

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅާ ޓީމާ ބައްދަލުކޮށް ބޮޑު ނަތީޖާއަކުން އިންޑިއާ މޮޅުވެއްޖެއެވެ. އަންގާރަ ދުވަހު ކުޅުނު މެޗަކީ މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމް ކުޅުނު ފުރަތަމަ މެޗަށްވާއިރު، މި މެޗް އިންޑިއާއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗް ފަށައިގެން ފަސް ވަނަ މިނިޓްގައި، ގްރޭސް ޑަންގްމަލްގެ ލަނޑަކާއެކު އިންޑިއާއިން ލީޑް ނަގާފައިވާއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ތިން ލަނޑު އިންޑިއާއިން ޖަހާފައިވެއެވެ. އެއީ، 24 ވަނަ މިނިޓާއި 33 މިނިޓުގައި ދޭވީ ނަންގޮމް ކާމިޔާބު ކުރި ގޯލްތަކެވެ.

04 ޑިސެމްބަރު 2019
ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލް އާއި އެކު ސާއިދު ތާރީހުގެ ތެރެޔަށް

ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލް އާއި އެކު ސާއިދު ތާރީހުގެ ތެރެޔަށް

މިއީ މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ރަން މެޑަލްއެއް ހޯދި ފުރަތަމަ ފަހަރު އެވެ. އަދި ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައިވެސް ރާއްޖެއަށް ރަން މެޑަލްއެއް ލިބުނު ފުރަތަމަ ފަހަރު އެވެ. ސާއިދު ފައިނަލް ކާމިޔާބުކުރީ 10.49 އިން ރޭސް ނިންމައިގެންނެވެ. ސާއިދު އާއި އެންމެ ގާތުން ވާދަކުރީ ސްރީލަންކާގެ ދުވުންތެރިޔެކެވެ. އޭނާއަށް ރޭސް ނިންމާލެވުނީ 10.50 އިންނެވެ.

04 ޑިސެމްބަރު 2019
ފެނަކަ ކޯޕަރޭޝަންގެ އިންޖިނިޔަރުންގެ މަހާސިންތާ

ފެނަކަ ކޯޕަރޭޝަންގެ އިންޖިނިޔަރުންގެ މަހާސިންތާ

ފެނަކަ ކޯޕަރޭޝަންގެ އިންޖިނިޔަރުންގެ މަހާސިންތާ

01 ޑިސެމްބަރު 2019
ކުރީގެ ރައީސް ޔާމިން ޝަރީއަތައް ހާޒިރުކުރުން

ކުރީގެ ރައީސް ޔާމިން ޝަރީއަތައް ހާޒިރުކުރުން

ކުރީގެ ރައީސް ޔާމިން ޝަރީއަތައް ހާޒިރުކުރުން

30 ނޮވެމްބަރު 2019
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއެކު މަޖިލީހުގެ ކޮމެޓީތަކުން ބޭއްވި ބައްދަލުވުން

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއެކު މަޖިލީހުގެ ކޮމެޓީތަކުން ބޭއްވި ބައްދަލުވުން

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމެޓީއެއް ބައިވެރިވެފައިވެއެވެ. އެއީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާއި, ލާމަރުކަޒީ ކޮމެޓީގެ އިތުރުން، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީ އެވެ.

28 ނޮވެމްބަރު 2019
ދޮޅު މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ފާހަގަ ކުރުން

ދޮޅު މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ފާހަގަ ކުރުން

ދޮޅު މިލިޔަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ފާހަގަކުރަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތު

24 ނޮވެމްބަރު 2019
ކޮސްޕްލޭ ގޭމިންގް ކޮންވެންޝަން

ކޮސްޕްލޭ ގޭމިންގް ކޮންވެންޝަން

ނެޝަނަލް އާޓް ގެލަރީ ގައި ބޭއްވި ކޮޒްޕްލޭ ގޭމިންގް ކޮންވެންޝަން

24 ނޮވެމްބަރު 2019
ހިބަރުވަދު ޖަލްސާ

ހިބަރުވަދު ޖަލްސާ

ޕީޕީއެމް ޕީއެންސީ އިން ގުޅިގެން ބޭއްވި ޖަލްސާގެ ތެރެއިން

24 ނޮވެމްބަރު 2019
ވޯލްޑް ކަޕް ކޮލިފައިން: ރާއްޖެ އަދި ގުއާމް ބައްދަލުކުރި މެޗު

ވޯލްޑް ކަޕް ކޮލިފައިން: ރާއްޖެ އަދި ގުއާމް ބައްދަލުކުރި މެޗު

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއިން ވަނީ 1-3 ގެ ނަތީޖާއަކުން ގުއާމް ބަލިކޮށް ގްރޫޕްގެ ދެވަނަ މޮޅު ހޯދާފައެވެ. މި މެޗުގައި ރާއްޖެއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އާއި ސަމޫހް އަލީ (ސަމުއްޓެ) އެވެ. އަނެއް ލަނޑަކީ ގުއާމް ކުޅުންތެރިޔެއްގެ އަތުން ބައިކޯޅަށް ވަތް ލަނޑެކެވެ.

19 ނޮވެމްބަރު 2019
23 ވަނަ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ

23 ވަނަ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ

23 ވަނަ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ ބައްދަލުވުމުގެ ތެރެއިން

19 ނޮވެމްބަރު 2019
ސިޓީ ކައުންސިލްގެ މެމްބަރުން ހާޒިރުކޮށް، ބޭއްވި ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުން

ސިޓީ ކައުންސިލްގެ މެމްބަރުން ހާޒިރުކޮށް، ބޭއްވި ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުން

ކޮމެޓީއަށް ސިޓީ ކައުންސިލްގެ މެމްބަރުން ހާޒިރުކުރެވުނީ މާރުކޭޓްގ ެގޮޅިތައްދޫކުރާގޮތުގެ މައުލޫމާތު އޮޅުން ފިލުވުމަށެވެ.

19 ނޮވެމްބަރު 2019
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓާއި ގުޅިގެން ބޭއްވި ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓާއި ގުޅިގެން ބޭއްވި ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ

ހޯމަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ކުރިއަށްގެންގޮސްފައިވަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާއި ގުޅޭ މައްސަލަ އެވެ.

18 ނޮވެމްބަރު 2019
މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޕްލޭނިންގ މިނިސްޓްރީ އާއި ސިވިލް ސާރވިސް ހާޒިރުކުރުން

މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޕްލޭނިންގ މިނިސްޓްރީ އާއި ސިވިލް ސާރވިސް ހާޒިރުކުރުން

މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީ އާއި ސިވިލް ސަރވިސް ކޮމިޝަން އެވެ.

18 ނޮވެމްބަރު 2019
ދޮށީ އުމުރުގެ މީހުންނާބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙުކުރުން

ދޮށީ އުމުރުގެ މީހުންނާބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙުކުރުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ، ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކުރުމާއި ޤައުމީ މާމަ، ކާފަ ދުވަސް އިޢުލާންކުރުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގައެވެ. ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭނަކީ ދޮށީ އުމުރުގެ މީހުންނާބެހޭ ޤައުމީ ސިޔާސަތުގައި އެކުލެވޭ ކަންކަން ތަންފިޒުކުރުމަށްޓަކައި އެކުލަވާލެވުނު އެކްޝަން ޕްލޭނެކެވެ.

18 ނޮވެމްބަރު 2019
ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހުކުރުން

ޖޮބް ސެންޓަރުގެ ވެބްސައިޓް އިފްތިތާހުކުރުން

ވަޒީފާ ބޭނުންވާ މީހުންގެ މައުލޫމާތުތަކާއި މާކެޓުގައި ހުރި ވަޒީފާގެ ފުރުސަތުތައް އެނގޭނެ ގޮތަށް ސަރުކާރުން ހެދި ޖޮބް ސެންޓަރުގެ ވެބްސައިޓް މިއަދު އިފްތިތާހު ކޮށްފި އެވެ. ޖެން ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

17 ނޮވެމްބަރު 2019
ވޯލްޑްކަޕް ކޮލިފައިން ދިވެހިރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗު

ވޯލްޑްކަޕް ކޮލިފައިން ދިވެހިރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗު

ވޯލްޑްކަޕް ކޮލިފައިން ދިވެހިރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗު ގައި ޕިލިޕިއަންސް އިން ވަނީ 2-1 ލީޑަކުން ދިވެހިރާއްޖޭގެ މައްޗައް ކުރިހޯދާފައެވެ.

15 ނޮވެމްބަރު 2019
ހަކުރުބަލީގެ ދުވަހާއި ގުޅިގެން ބޭއްވި "ލައިފް ސްޓައިލް އިންޓަރވެންޝަން" ޕްރޮގްރާމް

ހަކުރުބަލީގެ ދުވަހާއި ގުޅިގެން ބޭއްވި "ލައިފް ސްޓައިލް އިންޓަރވެންޝަން" ޕްރޮގްރާމް

ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގް ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަރމަންޓް އަހުމަދު މަހޫލޫފެވެ. މި ޕްރޮގްރާމުގެ ސަބަބުން ހަކުރު ބައްޔާއި ބެހޭ ގޮތުން މައުލޫމާތު ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމާއި، ރާއްޖޭގައި ހަކުރުބަލި އަށާގަނެފައިވާ މިންވަރު ދެނެގަނެވޭނެއެވެ. އަދި މި ބަލިން ރައްކައުތެރި ވުމަށް އެޅޭނެ ފިޔަވަޅު ތަކާއި ގުޅޭ ގޮތުން ވެސް މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ.

14 ނޮވެމްބަރު 2019
ވޯލްޑްކަޕް ކޮލިފައިން ދިވެހިރާއްޖެ އާއި ފިލިޕީންސް މެޗުގެ ފަރިތަކުރުންތައް

ވޯލްޑްކަޕް ކޮލިފައިން ދިވެހިރާއްޖެ އާއި ފިލިޕީންސް މެޗުގެ ފަރިތަކުރުންތައް

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް މެޗުގެ ފަރިތަކުރުންތަކުގެ ތެރެއިން

13 ނޮވެމްބަރު 2019
ވޯލްޑް ކަޕް ކޮލިފައިން: ރާއްޖެ - ފިލިޕިންސް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވޯލްޑް ކަޕް ކޮލިފައިން: ރާއްޖެ - ފިލިޕިންސް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ - ފިލިޕިންސް ބައްދަލުކުރާ މެޗުގެ ކުރިން ދެޓީމުގެ ކޯޗުންނާއި، ކެޕްޓަނުން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުން

13 ނޮވެމްބަރު 2019
56 / 108