ދެ މެޗުން ބަލިވެ މުބާރާތުން ކެޓި ނަމަވެސް ފިރިހެން ބާސްކެޓް ޓީމުގެ ފަރާތުން ރަނގަޅު ވާދައެއް
ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ފިރިހެން ބާސްކެޓް ޓީމުގެ ފަރާތުން މުބާރާތުގައި ރަނގަޅު ވާދައެއް ކޮށްފައިވެއެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގާޅު އާއި ދެކޮޅަށް ފިރިހެން ޓީމުން ވަނީ މޮޅަށް ކުޅެ މެޗުގެ ހަތަރު ވަނަ ކުއާޓާ އާއި ހަމައަށް ލީޑު ކޮށްފައެވެ. އާދީއްތަ ދުވަހު ނޭޕާލުގެ ސަޕޯޓަރުން ކުރިމަތީ ނޭޕާލްގެ ކުޅުނު މެޗުގައި ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކުވައިފައެވެ.
އަތޫފް އާތިފް
08 ޑިސެމްބަރު 2019




