ފޮޓޯ ގެލަރީ

ޕާކިސްތާންގެ ބޮޑުވަޒީރުކަމަށް ޝަހްބާޒް ޝަރީފް އައްޔަނުކުރެއްވުމާއެކު އެކަމުގެ އުފާފާޅުކުރަނީ
ޕާކިސްތާންގެ ބޮޑުވަޒީރުކަމަށް ޝަހްބާޒް ޝަރީފް އައްޔަނުކުރެއްވުމާއެކު އެގައުމުގެ އެކި ހިސާބުތަކުގައި ވަނީ އުފާފާޅުކޮށްފައެވެ.

ސްރީލަންކާގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަކުރަނީ
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މަގުމައްޗަށް ނުކުމެ މުޒާހަރާކުރާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ.

އެފްރިކާގެ ބިންތައް ހިކި އާންމުންނަށް ފެން ހޯދަން ދަތިވެފައި
އެފްރިކާގެ ބައެއް ސަރަހައްދުތަކުގެ ބިން ވަރަށް ބޮޑަށް ހިކި، އާންމުންނަށް ވަނީ ފެން ހޯދަން ދަތިވެފައެވެ.

ރެއިލްވޭ ސްޓޭޝަނަށް ދިން ރޮކެޓް ހަމަލާގައި އެތައް ބަޔަކު މަރުވެއްޖެ
ރަޝިއާގެ އަސްކަރިއްޔާއިން ދިން ރޮކެޓް ހަމަލާއެއް މިވަނީ ޔޫކްރެއިންގެ ރެއިލްވޭ ސްޓޭޝަނަކަށް އަމާޒުވެފައެވެ. މިހަމަލާގައި އެތައް ބަޔަކަށް އަނިޔާލިބިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އެޤައުމުގެ ބައެއް ސިފައިން ކައިވެނިކޮށްފި
އަސްކަރީ ވަރުބަލިކަމެއްގެ ތެރޭގައި ދާދިފަހުން ޔޫކްރެއިންގެ ބައެއް ސިފައިން މިވަނީ ކައިވެނިކޮށްފައެވެ.

ބަރަކާތްތެރި ރަމަޟާން މަސް
ރަމަޟާން މަހަކީ އިސްލާމީ ކަލަންޑަރުގެ ނުވަ ވަނަ މަހެވެ. މިއީ މާތްﷲ ގުރުއާން ބާއްވައިލެއްވި މަހެވެ. އަދި ރޯދަ ހިފުމަކީ އިސްލާމްދީނުގެ ހަތަރުވަނަ ރުކުނެވެ.

ކޮވިޑް ކޭސްތައް ގިނަވެ މުޅި ޝަންގްހާއީ ހުއްޓުމަކަށް
ޝަންގްހާއީގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ލޮކްޑައުން އިއުލާންކޮށްފައެވެ.

އާންމު ރައްޔިތުންގެ ހަށިގަނޑުތައް ބުޗާގެ މަގުތައް މަތީގައި
ރަޝިއާގެ އަސްކަރިއްޔާ، ޔޫކްރެއިންގެ ބުޗާ އިން ފައިބައިގެން ދިޔަ އިރު އެސަރަހައްދުގެ މަގުތައް މަތިން އާންމު ރައްޔިތުންގެ ހަށިގަނޑުތައް އުކާލާފައިވާ މަންޒަރު ވަނީ ފެނިފައެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެންމެފަހުން މަގު ބައްތިތައްވެސް ނިންވާލަން ޖެހިފައި
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެގައުމަށް ބޭނުންވާ ވަރަށް ގޭހާ ތެޔޮ މިހާރު ނުލިބެއެވެ.

ރަމަޟާން 1443 - ދިވެހިން ފެނުނީ ހޭލަމޭލަވެ އުޅޭތަން
ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އެޕްރީލް 2 ވީ ހޮނިހިރު ދުވަހެވެ. ރޯދަމަހަކީ އަބަދުވެސް އާންމުން އެންމެ ބޮޑަށް ތައްޔާރުވާ މަހެވެ. އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ މައްސަރެވެ. މީގެ އިތުރުން ކާބޯތަކެއްޗަށް ކުރަންޖެހޭ ހޭދަތައްވެސް އެހެނިހެން މަސްތަކާއި އަޅާބަލާއިރު އިތުރު މަހެކެވެ.

ހަނގުރާމައިގައި ފުނޑުފުނޑުވަމުންދާ ޔޫކްރެއިން
ރަޝިޔާ ޔޫކްރެއިން ހަނގުރާމައަށް މިހާރު މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހަނގުރާމައި ގައި ޔޫކްރެއިނަށް ދަނީ ގިނަ ގެއްލުންތަކެއް ލިބެމުންނެވެ.

ކާބުލްގައި ކުރިއަށްދިޔަ ތާލިބާނުންގެ ދިދަ ނެގުމުގެ ރަސްމިއްޔާތު
ތާލިބާނުންގެ ދިދަ ނެގުމުގެ ރަސްމިއްޔާތު، އަފްގާނިސްތާނުގެ ކާބުލްގައި ކުރިއަށް ގެންގޮސްފައި ވަނީ މާޗް 31 ވަނަ ދުވަހުއެވެ.

އިތިއޯޕިއާގެ ދާޚިލީ ހަނގުރާމަ: ބޮމުގެ ހަމަލާތަކުގައި އަނިޔާ ލިބި މަރުވާ ކުޑަކުދިންގެ އަދަދު އިންތިހާ
އިތިއޯޕިއާގެ ދާޚިލީ ހަނގުރާމާގައި އަނިޔާ ލިބި މަރުވާ ކުޑަކުދިންގެ އަދަދު ގިނައިރު، އެތައް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ.

އިސްތަންބުލްގައި ކުރިއަށްގެންދިޔަ ޔުކްރެއިން-ރަޝިޔާ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން
ތުރުކީގެ އިސްތަންބުލްގައި ބުދަ ދުވަހު ވަނީ ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުން އޮތީ އެ ސިޓީގެ، ސިޓީ ސްކޮޔާގައެވެ. މި މާހެފުން ފެށުމުގެ ގޮތުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އައްޑޫ ސިޓީއަށް ކޮށްދެއްވާނެ ކަންތައްތަކާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާ ރައްޔިތުންގެ ކަންބޮޑުވުން އަޑުއައްސަވާފައެވެ.

ރަޝިޔާގެ މިސައިލް ހަމަލާއެއް ޚާކިވްގެ ސްކޫލަކަށް
ރަޝިޔާއިން ޔޫކްރެއިން ހިފުމަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އެގައުމުގެ މައި އެއް ސިޓީ، ޚާކިވްއަށް ދިން މިސައިލް ހަމަލާއެއް ވަނީ އެސިޓީގެ ސްކޫލަކަށް އަމާޒުވެފައެވެ.

ޔޫރަޕްގެ ނޭޓޯ މެމްބަރު ގައުމުތަކާއި ބައްދަލުކުރެއްވުމަށް ބައިޑެން ކުރެއްވި ދަތުރުފުޅުގެ ތެރެއިން
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޔޫރަޕްގެ ނޭޓޯ މެމްބަރު ގައުމުތަކާއި ބައްދަލުކުރެއްވުމަށް ޔޫރަޕަށް ވަޑައިގަންނަވާފައެވެ.

ރަޝިއާއިން ޔުކްރެއިންއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް މުޅި ދުނިޔެ އަޑުއުފުލަނީ
ރަޝިއާއިިން ޔޫކްރެއިން އަށް ހަމަލާދެމުންދާތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މުޅި ދުނިޔެއިން ދަނީ ހަމަލާތަށް ހުއްޓާލުމަށް ރަޝިއާއަށް ގޮވާލަމުންނެވެ.

މޫސުމީ ބަދަލުތަކާއި ދެކޮޅަށް ޒުވާނުން މަގުތަކަށް، "ފްރައިޑޭ ފޮރ ފިއުޗަރ"
"ފްރައިޑޭ ފޮރ ފިއުޗަރ"، ގެ ނަމުގައި ކުރިއަށްގެންދާ އަޑުއުފުލުންތަކުގައި ބައިވެރިވެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޑު އުފުލުމަށް މަގުތައް މައްޗަށް ނުކުމެފައެވެ.

ޚާކިވްގެ އާއިލާތައް ބޮމުގެ ހަމަލާތަކުގެ ބިރުގައި އުޅޭތާ އެއްމަސް ދުވަސް
ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށިތާ އެއްމަސް ދުވަސްވެފައިވާއިރު، އެގައުމުގެ 10 މިލިއަން މީހުންގެ ގެދޮރު ގެއްލި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

ޗައިނާ އީސްޓަރން އެއާރލައިންގެ ފްލައިޓު ވެއްޓުނު ސަރަހައްދު
ޗައިނާގެ ސްޓޭޓް މީޑިއާއިން ވަނީ ހޯމަ ދުވަހު ވެއްޓުނު "ޗައިނާ އީސްޓާރން އެއާރލައިން"ގެ ބޯޓުން ދަތުރު ކުރި އެއްވެސް މީހަކު ސަލާމަތްނުވާކަމަށް ބުނެފައެވެ.

ހަނގުރާމާގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޔޫކްރެއިންގެ އާންމު ރައްޔިތުން
ޔޫކްރެއިންގެ އާންމު ރައްޔިތުން ދަނީ އެގައުމުގެ އަސްކަރިއްޔާއިން ގައުމު ދިފާއު ކުރުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުންނެވެ.

ލަންކާގައި ތެލުގެ އަގު އުފުލި ރައްޔިތުންގެ ނުރުހުން ސަރުކާރަށް
ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ރައްޔިތުން ދަނީ އެއްވުންތައް ބާއްވައި ސަރުކާރާމެދު ނުރުހުން ފާޅުކުރަމުންނެވެ.

ރަޝިއާގެ ބޮމުގެ ހަމަލާތަކުގައި ޚާކީވް ފުނޑުފުނޑު ވަނީ
ޔޫކްރެއިން ހިފުމަށް ރަޝިއާއިން ކުރަމުންދާ މަސަތްކަތުގައި އެގައުމުގެ ވެރިރަށަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ.

ރަޝިއާ އާއި ދެކޮޅަށް ކުރާ ހަނގުރާމާގައި ރައްޔިތުންނާއި އެންމެ ގާތުން ރައީސް ޒެލެންސްކީ
ރަޝީއާ ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިންގެ ރައީސް، ވޮލޮޑިމީރ ޒެލެންސްކީ ފެނިވަޑައިގަންނަވަނީ ގައުމުގެ ދިފާއުގައި ކެރިންގެން ނުކުމެވަޑައިގެން އެންމެ ފިޔަވަޅެއްވެސް ފަހަތައް ޖެހިވަޑައިނުގަންނަވާ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައެވެ.

ގައުމުގެ ދިފާއުގައި ޔޫކްރެއިންގެ ރައްޔިތުން އެންމެ ކުރީ ސަފުގައި
ރަޝިއާއިން ޔޫކްރެއިން ހިފުމަށް ކުރާ މަސައްކަތުގައި ގައުމު ދިފާއުކުރުމަށް އެގައުމުގެ އާންމު ރައްޔިތުން ވަނީ ކުރީ ސަފަށް ނުކުމެފައެވެ.

ހަމަލާތަކުގެ ތެރޭގައި ފުނޑުފުނޑުވެފައިވާ މަރިޕޯލް ސިޓީ
ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ މެރިޕޯލް ސިޓީއަށް ވަނީ ބޮޑެތި ގެންލުންތަކެއް ލިބިފައެވެ.

ރަޝިއާގެ ބޮމުގެ ހަމަލާތައް ކިއެވްއަށް
ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި މިހާރު އެގައުމުގެ އަސްކަރިއްޔާއިން ވަނީ ކިއެވްއަށް ހަމަލާތައް ދޭން ފަށާފައެވެ.

ރަޝިއާގެ ހަމަލާތަކުން ޔޫކްރެއިންގެ ވޮލްނޮވަޚާ ފުނޑުފުނޑު
ޔޫކްރެއިންގެ އަވަށެއްކަމަށްވާ ވޮލްނޮވަޚާ ވަނީ ރަޝިއާގެ ހަމަލާތަކުން ހަލާކުވެ، ފުނޑުފުނޑުވެފައެވެ. ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދެމުން އަންނަތާ 3 ހަފްތާއެއްހާ ދުވަސް ވެފައިވާ އިރު، މި ހަމަލާތަކުގައި އެތައްހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ރަޝިއާގެ ހަމަލާތައް ޔޫކްރެއިންގެ އަސްކަރީ މަރުކަޒަކަށް އަމާޒްކުރުން
އާދިއްތަ ދުވަހު ރަޝިއާއިން ވަނީ ޕޮލެންޑްގެ ބޯޑަރާ ކައިރި ހިސާބެއްގައި ހުންނަ ޔޫކްރެއިންގެ އަސްކަރީ މަރުކަޒަކަށް ހަމަލާތައް އަމާޒުކޮށްފައެވެ.