ބަރަކާތްތެރި ރަމަޟާން މަސް
ރަމަޟާން މަހަކީ އިސްލާމީ ކަލަންޑަރުގެ ނުވަ ވަނަ މަހެވެ. މިއީ މާތްﷲ ގުރުއާން ބާއްވައިލެއްވި މަހެވެ. އަދި ރޯދަ ހިފުމަކީ އިސްލާމްދީނުގެ ހަތަރުވަނަ ރުކުނެވެ.

ރޯދަ ވީއްލާގަޑި ކައިރިވެފައިވަނިކޮށް ސައުދީ އަރަބިއާގެ ރިޔާދުގެ އަލް-ރާޖީ މިސްކިތުގައި ގުރުއާން ކިޔަވަނީ - ފޮޓޯ: ރޮއިޓަރސް

އިންޑޮނޭޝިއާގެ ޖަކާޓާގެ އިސްތިގުލާލް މިސްކިތުގައި ގުރުއާން ކިޔަވަން މަޑުކޮށްލައިގެން އިން އަންހެނެއް - ފޮޓޯ: ރޮއިޓަރސް

ރޯދަ މަހުގެ ރޭގަނޑުގެ ވަގުތު ލީބިޔާގެ ޓްރިޕޮލީގެ 'އޯލްޑް ސިޓީ'ގެ މަގުތައް ވަނީ ޖަރީކޮށް ދިއްލާލާފައި - ފޮޓޯ: ރޮއިޓަރސް

ބަހްރައިންގައި ކޮންމެ ރެއެއްގެ ފަތިހުގެ ވަގުތު ބެރުޖަހާ މީހުން ހާރުކެއުމަށް ތެދުވުމަށް ގޮވާލުމުގެ މަސައްކަތްކުރާ އަލީ ސައްމަކް އާއި އޭނާގެ ބައިވެރިން - ފޮޓޯ: ރޮއިޓަރސް

އިންޑޮނޭޝިއާގެ ޔޮގްޔަކާޓާގެ ޖޮގޮކަރިޔަން މިސްކިތުގައި ރޯދަ ވިއްލުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގައި ދެ ފިރިހެނުން ހަރަކާތްތެރިވަނީ - ފޮޓޯ: ރޮއިޓަރސް

އިންޑިއާގެ ނިއުދިއްލީގެ ޖަމާ މަސްޖިދުގައި ރޯދަ ވިއްލަނީ - ފޮޓޯ: ރޮއިޓަރސް

އިންޑޮނޭޝިއާގެ މިސްކިތެއްގައި ރޯދަ ވިއްލުމަށް ތައްޔާރުވެފައިވާ މީހުން - ފޮޓޯ: ރޮއިޓަރސް

ސައުދީގެ ވޮލެންޓިއަރުންތަކެއް މީހުންނަށް ރޯދަވިއްލުމަށް ހާއްސަ ޕެކޭޖުތައް ބަހަނީ - ފޮޓޯ: ރޮއިޓަރސް

އިންޑޮނޭޝިއާގެ ޖަކާޓާގެ އިސްތިގުލާލު މިސްކިތުގައި ތަރާވީހް ނަމާދުކުރަން ތިބި އަންހެނުންތަކެއް - ފޮޓޯ: ރޮއިޓަރސް

އިންޑޮނޭޝިއާގެ ޖަކާޓާގެ އިސްތިގުލާލު މިސްކިތުގައި ތަރާވީހް ނަމާދުކުރަމުންދިޔަ ވަގުތު މިސްކިތުގައި އުޅުނު ކުޑަކުއްޖެއް - ފޮޓޯ: ރޮއިޓަރސް

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރްގެ މިސްކިތެއްގައި މީހުން ތަރާވީހު ނަމާދު ކުރަނީ - ފޮޓޯ: ރޮއިޓަރސް

ސޯމާލިއާގެ މާރުކޭޓެއްގައި ރޯދަ ވިއްލަން ބޭނުންވާ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ވިޔަފާރި ކުރަމުންދަނީ - ފޮޓޯ: ރޮއިޓަރސް