ރައީސްގެ އަނބިކަނބަލުން، އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް ހުުޅުވުމުގެ ރަސްމިއްޔާތުގައި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ، އާދިއްތަ ދުވަހު ވިލާ ނޯޓިކާގައި ބޭއްވި އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވިލާ ނޯޓިކާގައި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ބައިވެރިންނާއެކު - ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުން ފަށާފައިވާ، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް"ގެ މަގުސަދަކީ ނަފްސާނީ ބަލިތަކާއި އެފަދަ އެހެން ކަންކަމަށް ހައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ބައިވެރިއަކާއެކު - ފޮޓޯ: ރައީސް އޮފީސް

މި ކޮންފަރެންސް ފެށުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވަނީ، ނަފްސާނީ ދުޅަހެޔޮކަން ގަބޫލުކުރުމަކީ ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ވިދާޅުވެފައި - ފޮޓޯ: ރައީސް އޮފީސް

އޮއިވަރު މެންޓަލް ހެލްތު ކޮންފަރެންސަކީ ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުން ފަށާފައިވާ ކޮންފަރެންސެއް - ފޮޓޯ: ރައީސް އޮފީސް