ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗު 4-1 އިން އެމެރިކާ ކާމިޔާބުކުރިއިރު، މި މެޗުގައި ވީއޭއާރް މެދުވެރިކޮށް ތާރީޚީ ނިންމުމެއް ވަނީ ފެނިފައި. އެގޮތުން ރެފްރީ ވަނީ އެމެރިކާގެ ކުޅުންތެރިއަކަށް ދެއްކި ރީނދޫ ކާޑު ބާތިލުކޮށް، ގަސްތުގައި ވެއްޓިގަތް ޕެރަގުއޭގެ ކުޅުންތެރިޔާއަށް ކާޑު ދައްކާފައި. މިއީ ކުޅުން އަލުން ފެށުމަށްފަހު ވީއޭއާރް ބޭނުންކޮށްގެން މިފަދަ ނިންމުމެއް ބަދަލުކުރި ފުރަތަމަ ފަހަރު.