Raajje.mv
ލައިވް

ނިންމުން 2026

މިއީ ލޯކަލް ކައުންސިލްގެ އިންތިޚާބާާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު

04 އެޕްރީލު 2026
0
ނިންމުން 2026

ނިންމުން 2026

04 އެޕްރީލު 2026 | 21:42

ސިސްޓަމްގެ މައްސަލަ އަކުން، ފުވައްމުލަކު އުތުރުގެ ވޯޓު ފޮށްޓެއްގެ ވޯޓު ޓެލީ ނުކުރެވި އެތައް އިރެއް

މާލެ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ފުވައްމުލަކު އުތުރު، ދަނޑިމަގު އަވަށާއި ދިގުވާނޑު އަވަށުގެ ވޯޓު ފޮށީގެ ވޯޓު ޓެލީކުރުން ކުރިއަށް ނުގޮސް ވާ ކަމަށް އެ ފޮށީގެ މޮނިޓަރަކު ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތު ދީފަ އެވެ. އެ ވޯޓު ފޮށި 5 ޖެހި އިރު ބަންދު ކުރި ނަމަވެސް ޓެލީ ނުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެ ވޯޓު ފޮށި ނުގުނިގެން އުޅެނީ ސިސްޓަމްގެ މައްސަލަ އަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ވޯޓު ފޮށި ބަހައްޓާފައި ހުރީ ޖަމާލުއްދީން ސްކޫލްގަ އެވެ. ދެ ދާއިރާ އެއްގެ ވޯޓުތައް އެއް ފޮށްޓަކަށް ލުމުން މައްސަލަ ދިމާވި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ސަމާލުކަމެއް އީސީ އިން ނުދޭ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. 

04 އެޕްރީލު 2026 | 19:50

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ   ރައްޔިތުން މި އަދު އެބުނީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިއްޖެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. 

ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބު ކާމިޔާބު ކުރި އިންތިޚާބީ މޭޔަރުން، ކައުންސިލު ރައީސުންް، ޑަބްލިއުޑީސީގެ ރައީސުން އަދި އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ކުރީގެ ރައީސް އި ސޯލިހު މަރުޚަބާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

04 އެޕްރީލު 2026 | 19:45

އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރުން އާޓިފިޝަލް ބީޗްގައި ކުރިއަށް ދަނީ

ހޮނިހިރު ދުވަހު ބާއްވާފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ އިންތިޚާބުން، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބީ ފާހަގަކުރުން އާޓިފިޝަލް ބީޗްގައި ކުރިއަށް ދަނީ އެވެ. 

 ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ އިން އެމްޑީޕީ އިން ވަނީ ވަރަށް ރަނގަޅު ކާމިޔާބީ އެއް ހޯދާފައި

04 އެޕްރީލު 2026 | 19:34

ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ޝާހިދު އެފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އެމްޑީޕީ އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

04 އެޕްރީލު 2026 | 18:51

އިންތިޚާބުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަން: ރައީސް މުއިއްޒު

އިންތިޚާބުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ ގަބޫލުކުރައްވާކަން އެ މަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.

04 އެޕްރީލު 2026 | 18:37

ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ އެމްޑީޕީގެ ލީޑަރޝިޕް އެކަތިގަނޑަކަށްވެ ކުރެއްވި ނަމޫނާ މަސައްކަތުން، ލިބުނީ ފުރިހަމަ ކާމިޔާބީއެއް: ފައިސަލް

 ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ އެމްޑީޕީގެ ލީޑަރޝިޕް އެކަތިގަނޑަކަށްވެ ކުރެއްވި ނަމޫނާ މަސައްކަތުގެ ސަބަބުން މިއަދު ބޭއްވި އިންތިޚާބުގައި ލިބުނީ ފުރިހަމަ ކާމިޔާބީ އެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އިންތިޚާބު ކާމިޔާބު ކުރި ކެނޑިޑޭޓުންނަށް މަރުޚަބާ ދަންނަވާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ  މި އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރި އެންމެހާ ކަންތަކާއި އެކުވެސް އިންތިޚާބު ކާމިޔާބު ކުރެވިފައިވާތީ އެކަމާއި މެދު އުފާފާޅުކުރައްވާފަ އެވެ. 

04 އެޕްރީލު 2026 | 18:01

ސިޓީތަކުން ސަރުކާރަށް ބުނީ ނޫނެކޭ: މޭޔަރުކަމުގެ ހުރިހާ ގޮނޑި އެއް އިދިކޮޅު އެމްޑީޕީ އަށް

ސިޓީތަކުގެ މޭޔަރުން - އައްޑޫގެ މޭޔަރ ނިޒާރު، މާލޭގެ މޭޔަރ އާޒިމް، ތިނަދޫގެ މޭޔަރ ސައުދު އަލީ، ކުޅުދުއްފުށީ މޭޔަރ އާތިފް، ފުވައްމުލައް މޭޔަރ އިސްމާއީލް. | ސޯޝަލް މީޑިއާ
ސިޓީތަކުގެ މޭޔަރުން - އައްޑޫގެ މޭޔަރ ނިޒާރު، މާލޭގެ މޭޔަރ އާޒިމް، ތިނަދޫގެ މޭޔަރ ސައުދު އަލީ، ކުޅުދުއްފުށީ މޭޔަރ އާތިފް، ފުވައްމުލައް މޭޔަރ އިސްމާއީލް. | ސޯޝަލް މީޑިއާ

 މިހާރު ސިޓީތަކުގެ މޭޔަރުކަން ކުރަމުންދާ މޭޔަރުންގެ ތަޖުރިބާ ބަލައިގަނެ  ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ކެނޑިޑޭޓުންނަށް ސީޓީތަކުން އާނއެކޭ ބުނެފި އެވެ. ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ސިޓީތަކުގެ މޭޔަރުކަން ހޯއްދަވާފައިވާ ގޮތަށް ބަލާ ނަމަ އައްޑޫގެ މޭޔަރ ކަމަށް އަލީ ނިޒާރު، މާލޭގެ މޭޔަރ ކަމަށް އާދަމް އާޒިމް، ތިނަދޫގެ މޭޔަރ  ކަމަށް ސައުދު އަލީ، ކުޅުދުއްފުށީ މޭޔަ ކަމަށް މުހައްމަދު އާތިފް، ފުވައްމުލައް މޭޔަރ ކަމަށް އިސްމާއީލް ރަފީގް ވަނީ ހޮވިފަ އެވެ.

04 އެޕްރީލު 2026 | 17:51

މިއަދުގެ އެމްޑީޕީގެ ކާމިޔާބީގެ އަސްލަކީ އެމްޑީޕީގެ ހިތްވަރުގަދަ މެމްބަރުން: ފައްޔާޒް

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޯދި ކާމިޔާބީގެ އަސްލަކީ އެމްޑީޕީގެ ހިތްވަރުގަދަ މެމްބަރުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރަސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އޭނާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އިންތިޚާބު ކާމިޔާބުކުރެއްވި  އެމްޑީޕީގެ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެންބަރުންނަށް ފައްޔާޒް ވަނީ މަރުޚަބާ ކިޔާފަ އެވެ.

04 އެޕްރީލު 2026 | 17:30

ރެފަރެންޑަމްފެ ވަގުތީ ނަތީޖާ: އިންތިޚާބުތައް އެއްކޮށްލާކަށް އާއްމުން އެއްބަހެއް ނުވި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގިނަ އާއްމުންނަށް އިންތިޚާބުތައް އެއްކޮށްލާކަށް ނުފެނެ އެވެ. ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް ބުނެފައިވާ މީހުންގެ އިންސައްތަ ހުުރީ 70 އަށް ވުރެ މަތީގަ އެވެ. 

04 އެޕްރީލު 2026 | 17:29

އެޗްއާރްސީއެމް އިން އިލްތިމާސްކުރީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަތުމަށް

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ ވޯޓު ގުނުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ދާއިރު، ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމި ނިންމުން ބަލައިގަތުމަސް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ. އިންތިހާބުގެ ނަތީޖާއަށް އިޙްތިރާމުރުމަށް ވެސް އެ ކޮމިޝަނުން އެދިފައިވެ އެވެ.

04 އެޕްރީލު 2026 | 17:25

ދެން އެންމެ ރީތި ގޮތަކީ ސަރުކާރު އިސްތިއުފާ ދިނުން: ޑރ.ޝަމްހީދު

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އާއި ރެފަރެންޑަމް ވޯޓު އިދިކޮޅު އެމްޑީޕީ އިން ކާމިޔާބުކުރުމާއި ގުޅިގެން، ދެން އެންމެ ރީތި ގޮތަކީ ސަރުކާރު އިސްތިއުފާ ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. ޝަމްހީދު އެފަދައިން ވިދާޅުވީ އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގަ އެވެ.

04 އެޕްރީލު 2026 | 17:23

އިންތިޚާބު ކާމިޔާބުކުރެއްވީތީ އާޒިމް އަށް މަރުޚަބާ، އެދެނީ ކޮރަޕްޝަން ނެތް މާލެ އަކަށް: ޒަރިޔަންދު

މާލޭގެ މޭޔަރކަމުގެ މަޤާމު ދިފާއުކުރެއްވި އާދަމް އާޒިމް އަށް އެ މަޤާމަށް ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު މަރުޚަބާ ވިދާޅުވެއްޖެ އެވެ.

ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުންމީދަކީ މާލޭގެ ރައްޔިތުންނަށް ކޮރަޕްޝަން ނެތް، ދިރިއުޅެން ހަގީގަތުގައި ވެސް ފަސޭހަ މާލެ އެއް ލިބުން ކަމަށެވެ.

04 އެޕްރީލު 2026 | 17:19

މިއަދު ނެގި ވޯޓުގައި އެމްޑީޕީ އިން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިވެފައި: ކުރީގެ ރައީސް ނަޝީދު

މިއަދު ނެގި ވޯޓުގައި އެމްޑީޕީ އިން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ އެ މަނިކުފާނު ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ހުރިހާ ސިޓީއަކާއި ގިނަ ރަށްތައް އަދި ފެންނަ ނުފެންނަ ވޯޓްގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ކުރީގެ ރައީސް ނަޝީދު ވަނީ ވޯޓުދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

04 އެޕްރީލު 2026 | 17:18

ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވެންދެން ވޯޓުލާ މަރުކަޒު ދޫކޮށް ނުދިއުމަށް އެމްޑީޕީން އެދިއްޖެ

ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވެންދެން ވޯޓުލާ މަރުކަޒު ދޫކޮށް ނުދިއުމަށާއި، އުފާފާޅު ކުރުމުގެ ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލުމަށް ޕާޓީގެ މެންބަރުންގެ އަރިހުން އެމްޑީޕީގެ ޗެއަރޕާސަން ވަނީ އެދިވަޑައިގެންފައި.

04 އެޕްރީލު 2026 | 17:16

ފުވައްމުލަކު މޭޔަރު: ކުރީގައި އިސްމާއިލް ރަފީގު

ވަގުތީ ނަތީޖާ ދައްކާ ގޮތުން ފުވައްމުލަކުގެ މޭޔަރުކަމުގެ ރޭހުގައި ކުރީގައި އުޅުއްވަނީ އިސްމާއިލް ރަފީގު އެވެ.

04 އެޕްރީލު 2026 | 16:53

އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައިރު ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައިނުވޭ: ފުލުހުން

ހޮނިހިރު ދުވަހު ފުލުހުން ބުނީ، އިންތިޚާބުގެ ކަންކަން ކުރިއަށް ދިޔައިރު ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ބޮޑު ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އެއްވެސް މީހަކު މިވަގުތު ބަންދުގައި ނެތް ކަަމަށެވެ. 

މީގެ އިތުރުން އާއްމު ވޯޓުލުން ކުރިއަށްދިޔައިރު މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފުލުހުންގެ ފަރާތުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވޭ. 

04 އެޕްރީލު 2026 | 16:52

މާލޭގެ މޭޔަރުކަން: ކުރީގައި އުޅުއްވަނީ އާތި

މިހާތަނަށް ލިބިފަިއވާ ނަތީޖާއިން ދައްކާ ގޮތުން މާލޭގެ މޭޔަރުގެ އިންތިހާބުގައި ކުރި ހޯއްދަވާފައި ވަނީ މިހާރުގެ މޭޔަރ އަދި އެމްޑީިޕީގެ  މޭޔަރު ކެނޑިޑޭޓް އާދަމް އާޒިމް އެވެ.

04 އެޕްރީލު 2026 | 16:49

ކުޅުދުއްފުށީ މޭޔަރުކަން: ކުރީގައި އުޅުއްވަނީ އާތިފް

ކުޅުއްދުއްފުށީ ސިޓީގެ މޭޔަރކަމުގެ ރޭހުގައި މިހާތަނަށް ލިބުނު ނަތީޖާ އިން ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މިހާރުގެ ވެސް މޭޔަރ އަދި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު އާތިފް އެވެ. އޭމާ އަށް 1400 ވޯޓަށް ވުރެ ގިނަ ވޯޓު ލިބިފައިވާ އިރު އޭނާ އާއި ވާދަކުރައްވާ  އިބްރާހިމް ހަސަން އަށް ލިބިވަޑައިގަންނަވާފައި ވަނީ 680 ވޯޓެވެ.

04 އެޕްރީލު 2026 | 16:09

ރިފެރެންޑަމް އަށް ގިނަ ރައްޔިތުން ނޫނެކޭ ބުނެފި

ރިފެރެންޑަމް ވޯޓުގެ ވަގުތީ ނަތީޖާތައް ލިބެމުންދާއިރު، މިހާތަނަށް ގިނަ ބަޔަކު ވޯޓު ދީފައިވަނީ މައި ދެ އިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށް. މިހާތަނަށް ގުނާފައިވާ 1،330 އެއްހާ ވޯޓުގެ ތެރެއިން 67 ޕަސެންޓު މީހުން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދެއް ނުކުރޭ.

04 އެޕްރީލު 2026 | 15:51

8 ޖެހި އިރު 13 ފޮށްޓެއްގެ ވޯޓުލުން އަދިވެސް ކުރިއަށް ދަނީ

މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި ބެހެއްޓި 588 ފޮށީގެ ތެރެއިން ވޯޓްލުން ނިންމާ ބަންދުކުރެވިފައި ވަނީ 575 ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އަދި 13 ފޮށްޓެއްގެ ވޯޓުލުން ކުރިއަށް ދާ ކަމަށް އެ ކޮމިޝަނުން ބުނެފައިވޭ

04 އެޕްރީލު 2026 | 15:42

ބާތިލް ވޯޓުތައް ގުނާ ގޮތުން މައްސަލަ ހޫނުވެ، ވޯޓު ފޮށި ގުނުން ހުއްޓުފައި

މަޖީދީއްޔާ ސްކޫލްގައި ބަހައްޓާފައި ވާ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓް ފޮށީގެ ބާތިލް ވޯޓްތައް ގުނާ ގޮތާއި މެދު ޚިޔާލުތަފާތުވެ ހަމަނުޖެހުންތަކެއް ހިނގައިފި އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން އެ ފޮށީގެ ވޯޓު ގުނުން ވަނީ ހުއްޓިފަ އެވެ.

04 އެޕްރީލު 2026 | 14:08

ހެންވޭރު އުތުރު-2: ދެ އިންތިޚާބު އެއްކޮށްލަން ގިނަ މިހުން ބުނީ ނޫނެކޭ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާއި އެއްކޮށްލުމާއި މެދު ނެގި ރެފަރެންޑަމް ވޯޓުގައި ހެންވޭރު އުތުރު ދާއިރާގެ 2 ނަމްބަރު ވޯޓު ފޮށްޓަށް ވޯޓުލީ ފަރާތްތަކުން އިންތިޚާބު އެއްކޮށްލަން ނޫނެކޭ ބުނެފި އެވެ.

ހެންވޭރު އުތުރު-2 ނަމްބަރު ވޯޓު ފޮށްޓަށް ވޯޓުލީ 340 މީހުންނެވެ. އޭގެ ތެރެއިން 66 މީހުން އިންތިޚާބުތައް އެއްކޮށްލަން އާއެކޭ ބުނި އިރު ނޫނެކޭ ބުނެފައި ވަނީ 185 މީހުންނެވެ.

04 އެޕްރީލު 2026 | 13:59

އާދިއްތަ އަދި ހޯމަ ދުވަސް ވެސް ސަރުކާރު ބަންދު

2026 އެޕްރިލް 5 ވާ އާދިއްތަ ދުވަހާއި 2026 އެޕްރިލް 6 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.
2026 އެޕްރިލް 5 ވާ އާދިއްތަ ދުވަހާއި 2026 އެޕްރިލް 6 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.

04 އެޕްރީލު 2026 | 13:37

ހުޅުމާލެ ފޭސް 2ގައި ހުރި ވޯޓް ފޮށީގެ ވޯޓުލުން އަދިވެސް ކުރިއަށް ދަނީ

ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އަދި ފެންނަ ނުފެންނަ އިންތިޚާބުގެ، ހުޅުމާލެ ފޭސް 2ގައި ހުރި ވޯޓް ފޮށީގެ ވޯޓުލުން އަދިވެސް ކުރިއަށް އެބަ ދެ އެވެ.
ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އަދި ފެންނަ ނުފެންނަ އިންތިޚާބުގެ، ހުޅުމާލެ ފޭސް 2ގައި ހުރި ވޯޓް ފޮށީގެ ވޯޓުލުން އަދިވެސް ކުރިއަށް އެބަ ދެ އެވެ.

04 އެޕްރީލު 2026 | 13:35

ގަލޮޅު ދެކުނު-4 ވޯޓް ފޮށީގެ ނަތީޖާ: 224 މީހުން ބުނީ އިންތިޚާބު އެއްކޮށްލަން ނުނެކޭ

ދެ އިންތިޚާބު އެއްކޮށްލުމަށް ގަލޮޅު ދެކުނު-4 ނަމްބަރު ވޯޓް ފޮށްޓަށް ވޯޓު ލީ ފަރާތްތަކުން ނޫނެކޭ ބުނެފި އެވެ. އެ ވޯޓު ފޮށްޓަށް ވޯޓުލާފައިވާ ގޮތަށް ބަލާ އިރު ރެފަރަންޑަމް ވޯޓުގައި ވޯޓުލާފައި ވަނީ ޖުމްލަ 304 މީހުންނެވެ. އޭގެ ތެރެއިން 224 މީހުން ނޫނެކޭ ބުނި އިރު އާނއެކޭ ބުނަފައި ވަނީ 78 މީހުންނެވެ. އެ ފޮށްޓަށް 2 ބާތިލް ވޯޓު ލާފައި ވެ އެވެ.

04 އެޕްރީލު 2026 | 13:31

މިހާތަނަށް ބަންދުކުރެވިފައިވަނީ ޖުމްލަ 588 ފޮށީގެ ތެރެއިން 512 ފޮށި

‎މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ހަވީރު 5:00 އާއި ހަމައަށް ނިމިފައި ވާ އިރު، މިހާތަނަށް ބަންދުކުރެވިފައިވަނީ ޖުމްލަ 588 ފޮށީގެ ތެރެއިން 512 ފޮށްޓެވެ.

04 އެޕްރީލު 2026 | 13:28

އިންތިޚާބާ ގުޅިގެން އީސީން އަމަލު ކުރަމުންދާ ގޮތަށް ކުރީގެ ރައީސް ޔާމީން ވަރަށް ބޮޑަށް އީސީއަށް ފާޑު ވިދާޅުވެއްޖެ

04 އެޕްރީލު 2026 | 13:04

ބައެއް ދާއިރާތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ފަށާފައިވާ އިރު، ބައެއް ދާއިރާތަކުގެ ވޯޓު ގުނުން ވަނީ ލަސްކޮށްފަ

ބައެއް ދާއިރާތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި އެވެ

ބައެއް ދާއިރާތަކުގައި ވޯޓު ގުނުމުގެ މަސައްކަތް ފަށާފައިވާ އިރު، ބައެއް ދާއިރާތަކުގެ ވޯޓު ގުނުން ވަނީ ލަސްކޮށްފަ އެވެ. 

04 އެޕްރީލު 2026 | 12:39

ބައެއް ވޯޓު ފޮށިތަކުގައި ކިއު ބަންދު ކުރި ނަމަވެސް ކިއުގައި ތިބި މީހުން ވޯޓުލުން އަދިވެސް ކުރިއަށް ދަނީ

ބައެއް ވޯޓު ފޮށިތަކުގައި ކިއު ބަންދު ކުރި ނަމަވެސް ކިއުގައި ތިބި މީހުން ވޯޓުލުން އަދިވެސް ކުރިއަށް އެބަ ދޭ

04 އެޕްރީލު 2026 | 12:29

ވޯޓު ފޮށިތައް ބަންދުކޮށް، ގުނަން ފަށާނެ ގަޑި ވޯޓުލާ މަރުކަޒުތަކުގައި ދަނީ އިއުލާން ކުރަމުން

ހއ.ހޯރަފުށި މާކެ-2 ނަމްބަރު ވޯޓު ފޮށީގެ ކިއު ބަންދުކޮށްފި އެވެ. މި ވޯޓު ފޮށީގެ ވޯޓުލުން 17:10 އަށް ނިންމާ 17:40ގައި ވޯޓު ގުނުމަށް ވަނީ ތައްޔާރު ވެފައެވެ.

 ވޯޓު ފޮށިތައް ބަންދުކޮށް، ގުނަން ފަށާނެ ގަޑި ވޯޓުލާ މަރުކަޒުތަކުގައި ދަނީ އިއުލާން ކުރަމުން.

04 އެޕްރީލު 2026 | 12:24

5 ޖެހުމާއި އެކު ވޯޓު ފޮށިތަކުގެ ކިޔު ބަންދުކޮށް، ވޯޓު ފޮށިތައް ދަނީ ބަންދު ކުރަމުން

ހއ އަތޮޅު މަލެ-8 ނަމްބަރު ވޯޓު ފޮށީގެ ކިއު ބަންދުކޮށްފި އެވެ.

ހއ އަތޮޅު މަލެ-8 ނަމްބަރު ވޯޓު ފޮށީގެ ކިއު ބަންދުކޮށްފި
ހއ އަތޮޅު މަލެ-8 ނަމްބަރު ވޯޓު ފޮށީގެ ކިއު ބަންދުކޮށްފި

04 އެޕްރީލު 2026 | 12:17

ކުޅުދުއްފުށި އުތުރު ދާއިރާގެ މާލޭގެ ވޯޓުފޮށި، B9-1.1 ވޯޓު ފޮށި ބަންދުކޮށްފި

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަދި ރެފަރެންޑަމް ވޯޓުގެ، ކުޅުދުއްފުށި އުތުރު ދާއިރާގެ މާލޭގެ ވޯޓު ފޮށި،  B9-1.1 ވޯޓު ފޮށި ބަންދުކޮށްފި އެވެ.

 އެ ވޯޓު ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ ޖުމްލަ 530 މީހުންނަށެވެ. އެ ވޯޓު ފޮށީގެ ވޯޓުލުން ބަންދުކުރިމާއި ހިސާބަށް ވޯޓުލާފައި ވަނީ 440 މީހުންނެވެ. އެއީ 196 ފިރިހެނުންނާއި 244 އަންހެނުންނެވެ. އެ ވޯޓު ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓު ނުލަނީ 90 މީހުންނެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މާލޭގެ B9-1.1 ވޯޓު ފޮށި ބަންދުކޮށްފި

04 އެޕްރީލު 2026 | 12:13

މ.ދިއްގަރުގައި މިހާތަނަށް 386 މީހުން ވޯޓުލައިފި

މިހާރު ކުރިއަށް ދާ އިންތިޚާބުގައި މ.ދިއްގަރުގައި މިހާތަނަށް 386 މީހުން ވޯޓުލައިފި އެވެ.  އޭގެ ތެރެގައި ހިމެނެނީ 196 އަންހެނުންނާއި 191 ފިރިހެނުންނެވެ.

މިހާރު ކުރިއަށް ދާ އިންތިޚާބުގައި މ.ދިއްގަރުގައި ވޯޓުލުން ކުރިއަށް ގެންދަނީ

04 އެޕްރީލު 2026 | 11:48

ވޯޓުލުން ކުރިއަށް ދާއިރު ސިއްރުކަން ކަށަވަރު ނުވާ ކަމަށް ބުނެ އާއްމުން ދަނީ އަދިވެސް ޝަކުވާ އުފުލަމުން

ވޯޓުލުން ކުރިއަށް ދާއިރު ސިއްރުކަން ކަށަވަރު ނުވާ ކަމަށް ބުނެ އާއްމުން ދަނީ އަދިވެސް ބައެއް ވޯޓު ފޮށިތައް ކައިރީގައި ޝަކުވާ ކުރަމުންނެވެ. 

މާލޭގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގައި މިހާރު ވޯޓުލުން ފޯރިއާއި އެކު ކުރިއަށް ދަނީ

04 އެޕްރީލު 2026 | 11:43

ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި

ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކުރުމަށް ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

ރިން އީސީ އިން ވަނީ ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ބުނީ  ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައި ވަނީ ހޫނުގަދަވުމުގެ ސަބަބުން، ކިއުދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވުމާއި ގުޅިގެން ކަމަށެވެ. ކު މި އިންތިޚާބުގެ ވޯޓު ގުނުން ފަށްޓާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.

04 އެޕްރީލު 2026 | 08:15

ވޯޓުގެ ސިއްރުކަން ގެއްލިދާނެފަދަ މަރުކަޒުތައް އެބަހުރި - ޓްރާންސްޕޭރެންސީ

އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ވޯޓުލުމަށް ބެހެއްޓިފައިވާ ފޮށިތަކުގެ ތެރެއިން ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 26 ވޯޓުލާ ފޮށިތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވޭ. ވޯޓުލާ މަރުކަރުގެ އިންތިޒާމްތައް ހަމަޖެހިފައ ހުރި ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ މަރުކަޒުތައް އެ ޖަމިއްޔާއިން ވަރަށް ގާތުން އޮބްޒާވް ކުރަމުންދާ ކަމަށް ޓްރާންސްޕޭރެންސީ އިން ބުނެފައިވޭ. 

04 އެޕްރީލު 2026 | 07:23

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓުލައްވައިފި

މިހާރު ކުރިއަށް ދާ ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓުލައްވައިފި އެވެ. އެ މަނިކުފާނު ވޯޓުލައްވާފައި ވަނީ މަޖީދިއްޔާ ސްކޫލްގައި ބަހައްޓާފައިވާ މެދު ހެންވޭރު ދާއިރާގެ ވޯޓުފޮށްޓަށެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓުލައްވަނީ

04 އެޕްރީލު 2026 | 07:10

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވައިފި

މިއަދު ކުރިއަށްދާ ކައުންސިލް، ޑަބްލިއުޑީސީ އަދި ރެފަރެންޑަމް ވޯޓުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވައިފި އެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވަނީ
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވަނީ

04 އެޕްރީލު 2026 | 06:56

ދެ ގަޑިއިރުގެ ތެރޭ ވޯޓުލީ 41،000 މީހުން

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރިއަށް ގެންދާ އިންތިޚާބުގެ ދެ ގަޑި އިރު ހޭދަ ވީ އިރު ވޯޓުލާފައި ވަނީ  41،000 މީހުންނެވެ.

މިއީ ނިސްބަތުން ބަލާ ނަމަ، ވޯޓުލީ މީހުންގެ %13.96 މީހުންނެވެ. ވޯޓު ނުލާ 253،714 މީހުން ތިބި އިރު އެއީ %86.04 މީހުންނެވެ.

ކައުންސިލް، ޑަބްލިއުޑީސީ އަދި ރެފަރެންޑަމް ވޯޓުގެ ތެރެއިން
ކައުންސިލް، ޑަބްލިއުޑީސީ އަދި ރެފަރެންޑަމް ވޯޓުގެ ތެރެއިން
ކައުންސިލް، ޑަބްލިއުޑީސީ އަދި ރެފަރެންޑަމް ވޯޓުގެ ތެރެއިން
ކައުންސިލް، ޑަބްލިއުޑީސީ އަދި ރެފަރެންޑަމް ވޯޓުގެ ތެރެއިން

04 އެޕްރީލު 2026 | 06:52

ނުބައި ވޯޓު ކަރުދާހެއް ދެވުމުން ގދ.އަތޮޅު މާލެ-2 ނަމްބަރު ވޯޓު ފޮށީގެ ވޯޓުލުން ބައިގަޑި އިރަށް މެދުކެނޑިއްޖެ

ނުބައި ވޯޓު ކަރުދާހެއް ދެވުމުން ގދ.އަތޮޅު މާލެ-2 ނަމްބަރު ވޯޓު ފޮށީގެ ވޯޓުލުން ބައިގަޑި އިރަށް މެދުކެނޑިއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް އެ ވޯޓު ފޮށީގެ ވެރިޔާ މައުލޫމާތު ދިން ގޮތުގައި ވޯޓު ކަރުދާސްކޮޅު ދޫކުރި އިރު ލޯކަލް ކައުންސިލް އިންތިޚާބުގެ ދެ ކަރުދާސްކޮޅު އެކަކަށް ދޫކުރެވުމާއި ގުޅިގެންނެވެ. އޭގެ ސަބަބުން އެ މައްސަލަ ދިމާވި މީހާ އަށް ޑަބްލިއުޑީސީ އިންތިޚާބުގައި ވޯޓުލެވިފަ އެއް ނުވެ އެވެ. އަލުން ވޯޓުލުން ފަށާފައި ވަނީ 11:30 ހައިރު މައްސަލަ ހައްލުކުރުމަށް ފަހު އެވެ.

ގދ.އަތޮޅު މާލެ-2 ނަމްބަރު ވޯޓު ފޮށި
ގދ.އަތޮޅު މާލެ-2 ނަމްބަރު ވޯޓު ފޮށި

1 / 2