އެމްޑީޕީ ޕްރައިމަރީ 2026
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިއަދު 2:30ން 08:00ށެވެ.

އެމްޑީޕީ ޕްރައިމަރީ 2026
"އިންތިހާބު ނިމުމަށްފަހު ވެސް ހުރިހާ ބޭފުޅުން ތިބެންޖެހޭނީ އެކުގަ، އަޅުގަނޑުމެންނަކީ އެއްބައެއް": ޢަބްދުލްޣަފޫރު މޫސާ
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގެ ވޯޓުލުން ނިމުމަށް ފަހުވެސް ހުރިހާ ބޭފުޅުންވެސް ތިބެންވާނީ އެކުގައި ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ގަޕޯ ވިދާޅުވީ، އިންތިހާބުން ބަލިވާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސް ކަމެއް އަންނާނެ ކަމަށާއި އެހެން ނަމަވެސް މާދަމާވެސް ނިކުމެ އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީގައި މާލެސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވި އަލީ އާޒިމް ވޯޓުލައްވައިފި
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގައި މާލެސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވި އަލީ އާޒިމް ވޯޓުލައްވައިފި އެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި އަލީ އާޒިމާ ދެބޭފުޅުންނެވެ.

ރ.އަލިފުށީގައި ވޯޓުލުން ފެށިގެން ކުރިއަށް ދަނީ
ރ.އަލިފުށީގައި ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އެމްޑީޕީގެ ޕްރައިމަރީ ގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަ ދެ އެވެ. އަލިފުށީގައި ވޯޓުލުން ކުރިއަށް ދަނީ އަލިފުށީ ސްކޫލްގަ އެވެ. އަދި މާލޭގައި އަލިފުށީގެ ވޯޓުލުން ކުރިއަށް ދަނީ މަޖީދިއްޔާ ސްކޫލްގަ އެވެ. މާލޭގައި އަލިފުށީގެ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައި ވަނީ T-EF-1 ވޯޓު ފޮށްޓަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާއަށެވެ.

ވޯޓުލުން ފެށިގެން ކުރިއަށް ދަނީ ވަރަށް އަމާންކަމާއި އެކު، މިހާތަނަށް އެއްވެސް ޝަކުވާ އެއް ހުށަހެޅިފައި ނުވޭ: ފަލާހު
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ ވަރަށް އަމާންކަމާއި އެކު ކަމަށާއި މިހާތަނަށް އިންތިޚާބާއި މެދު އެއްވެސް ޝަކުވާ އެއް ހުށަހެޅިފައި ނުވާ ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ "ރާއްޖެ އެމްވީ" އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. ފަލާހު ވަނީ ވީހާވެސް ގިނަ ބަޔަކު ނުކުނެ އިންތިޚާބުގައި ވޯޓު ދިނުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވޯޓު ލައްވައިފި
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވޯޓު ލައްވައިފި އެވެ.


ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީގައި މާލެސިޓި މޭޔަރު އާދަމް އާޒިމް ވޯޓުލައްވައިފި
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވޯޓުލައްވައިފި އެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި އަލީ އާޒިމާ ދެބޭފުޅުންނެވެ.


ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ފަރސްޓްލޭޑީ ފަޒްނާ އަހުމަދު ވޯޓުލައްވައިފި
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގައި ކުރީ ގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވޯޓުލައްވައިފި އެވެ.


މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށި ބަހައްޓާފައިވޭ
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީޕީގެ ޕްރައިމަރީގައި، މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ތެރެއިން 4 ވޯޓު ފޮށި މަޖީދިއްޔާ ސްކޫލްގައި، ހިރިޔާ ސްކޫލްގައި 4 ވޯޓު ފޮށި، އިސްކަންދަރު ސްކޫލުގައި 3 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އަދި ވިލިމާލެ މުހިއްޔުއްދީން ސްކޫލްގައި 1 ވޯޓު ފޮށި، ގާޒީ ސްކޫލްގައި 2 ވޯޓު ފޮށި އަދި ކާމިލް ދީދީ ސްކޫލްގައި 1 ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ރަށްރަށުގެ ފޮށިތައް އެންމެ ގިނައިން ބަހައްޓަނީ މަޖީދިއްޔާ ސުކޫލުގަ
އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިރޭ 20:00އާ ހަމައަށެވެ.
އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ރަށްރަށުގެ ފޮށިތައް އެންމެ ގިނައިން ބަހައްޓަނީ މަޖީދިއްޔާ ސުކޫލުގައެވެ. އެގޮތުން 18 ވޯޓު ފޮށްޓެއް ހަމައެކަނި މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި އެބަހުއްޓެވެ. މަޖީދިއްޔާ ސްކޫލުގެ އިތުރުން މާލޭގައި ދެން ފޮށިތައް ބަހައްޓަނީ އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލާއި ގަލޮޅު މަދަރުސާގައެވެ. ވިލިމާލޭގެ ފޮށި މުޙްޔިއްދީން ސްކޫލުގައި ބަހައްޓާއިރު، ހުޅުމާލެ މެދާއި ދެކުނު ދާއިރާތަކުގެ ފޮށިތައް ޣާޒީ ސްކޫލުގައި، އަދި ހުޅުމާލޭ އުތުރު ދާއިރާގެ ފޮށި ބަހައްޓަނީ ކާމިލު ދީދީ ސްކޫލުގައެވެ.

މާފަންނު ދާއިރާތަކުގެ ވޯޓުލުން ފެށިއްޖެ
މާލެ، މާފަންނު ހުރިހާ ދާއިރާއެއްގެ ވޯޓުލުން ހިރިޔާ ސުކޫލުގައި ފެށިއްޖެ އެވެ.
ހިރިޔާ ސުކޫލުގައި ބަހައްޓާފައި ހުރި ފޮށި ތަކުގެ ތެރޭގައި:
- މާފަންނު އުތުރު
- މާފަންނު ހުޅަނގު
- މާފަންނު މެދުު
- މާފަންނު ދެކުނު

އެމްޑީޕީ އިން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު، އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންްޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން: ފަލާހު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު ވެފައި ވާ ކަމަށާއި އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީ އިން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު، އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންްޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ ވޯޓުލުމަށް ޚާއްސަކޮށް ބަހައްޓާފައި ވަނީ ޖުމްލަ 65 ވޯޓު ފޮށި
ޖުމްލަ 65 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ، މާލޭގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބަހައްޓާ 14 ފޮށި އަދި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށްޓާއި، މާލެއިން ބޭރުގައި ބަހައްޓާ 34 ވޯޓު ފޮށްޓެވެ.
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފެށޭނީ 2:30 ގައި
އެމްޑީޕީގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީ ވޯޓުލުން ޖެނުއަރީ 16 ވަނަ ދުވަހު މެންދުރުފަހު 2:30ން ރޭގަނޑު 8:00ށް ކުރިއަށްދާނެ އެވެ.
ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510ށް ވުރެ ގިނަ ކެންޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ.
ޖުމްލަ 65 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ، މާލޭގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބަހައްޓާ 14 ފޮށި އަދި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށްޓާއި، މާލެއިން ބޭރުގައި ބަހައްޓާ 34 ވޯޓު ފޮށްޓެވެ.
މާލޭގައި ވޯޓު ފޮށިތައް ބަހައްޓާ ގޮތަށް ބަލާ އިރު، މަޖީދިއްޔާ ސްކޫލްގައި 4 ވޯޓު ފޮށި، ގަލޮޅު މަދަރުސާގައި 2 ވޯޓު ފޮށި، އިސްކަންދަރުގައި 3 ވޯޓު ފޮށި، ހިރިޔާ ސްކޫލްގައި 4 ވޯޓު ފޮށި، މުހިއްޔުއްދީން ސްކޫލްގައި 1 ވޯޓު ފޮށި، ގާޒީ ސްކޫލްގައި 2 ވޯޓު ފޮށި އަދި ކާމިލް ދީދީ ސްކޫލްގައި 1 ވޯޓު ފޮށި ބަހައްޓާނެ އެވެ. މީގެ އިތުރުން މާލޭގައި އަތޮޅުތަކުގެ މީހުންނަށް ޚާއްސަކޮށްގެން ބަހައްޓާ 14 ވޯޓު ފޮށި ހުންނާނީ ކަލާފާނު ސްކޫލްގަ އެވެ.
މީގެ އިތުރުން އަތޮޅުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އެއީ ތިނަދޫގެ ދާއިރާތަކަށް ޚާއްސަ ވޯޓު ފޮށިތަކެވެ. މީގެ އިތުރުން ބޮޑެތި އާބާދީ ހުރި ތަންތަަނަށް ބަލާ ނަމަ ލ.ގަމު ދާއިރާގައި 3 ވޯޓު ފޮށި ބަހައްޓަ އެވެ. އައްޑޫ ސިޓީގައި 2 ވޯޓު ފޮށި، ސ. ހުޅުދޫގައި އެއް ވޯޓު ފޮށި ބަހައްޓާ އރިު ފުވައްމުލައް ސިޓީގައި 1 ވޯޓު ފޮށި، ގދ. އަދި ގއ.ގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.


