އެމްޑީޕީ ޕްރައިމަރީ 2026
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިއަދު 2:30ން 08:00ށެވެ.

އެމްޑީޕީ ޕްރައިމަރީ 2026
މިހާރުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ސައިފް (އައިއްކޮ) އާއި ވާދަކޮށް އެ ދާއިރާގެ ޓިކެޓް ހައްޖަ ކާމިޔާބު ކޮށްފި
މާލެ ސިޓީ ކައުންސިލްގެ މިހާރުގެ ގަލޮޅު އުތުރު ދާއިރާ ގެ މެންބަރު މުހައްމަދު ސައިފް ފާތިހު (އައިއްކޮ) އާއި ވާދަކޮށް އެ ދާއިރާގެ ޓިކެޓް ހަދީޖާ މުހައްމަދު (ހައްޖަ) ކާމިޔާބު ކޮށްފި އެވެ.
ހުކުރު ދުވަހު ކުރިއަށް ދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ހައްޖަ، އައިއްކޮގެ މައްޗަށް ކުރި ހޯދީ 85 ވޯޓާއެކު އެވެ. އައިއްކޮށް އަށް ލިބުނީ 32 ވޯޓެވެ. އައިއްކޮ އަކީ އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މެންބަރުކަމަށް ހޮވުނު ކައުންސިލަރެވެ. ނަމަވެސް އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު އޭނާ ފަހުން ޑިމޮކްރެޓްސް އަށް ބަދަލުވި އެވެ.

ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު
ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ މިއަދުގެ ރައީސްގެ މުޅި ވިސްނުން އޭގެ މައްޗަށް ބިނާވާ ކަންތައް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލުމަށް ފަހު، ނުކުމެ ވަޑައިގެން ދެއްވި އިންޓަވިއުގަ އެވެ. ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޕީއެންސީ އިން ވިސްނަނީ އެންމެ މީހެއްގެ ޚިޔާލަށް ކަންކަން ކުރަން، ވެރިކަން ކުރުމުގެ ނިޒާމް އެއްކޮށްލުމަކީ ރައީސްގެ މުޅި ވިސްނުން: ޝާހިދު
އަޅުގަނޑު އެދެނީ އަޅުގަނޑާ ވާދަކުރެއްވި ބޭފުޅުން އެކުގައި މަސައްކަތް ކުރުމަށް: އާދަމް އާޒިމް
މިގޮތަށް އިންތިހާބު ބޭއްވުމަކީ އެމްޑީޕީ ވަރުގަދަވާ ކަމެއް. އެދެނީ އަޅުގަނޑާ ވާދަކުރެއްވި ބޭފުޅުން ވެސް އަޅުގަނޑާއެކު މަސައްކަތްކޮށް ލޯކަލް ކައުންސިލް ވެސް ކާމިޔާބު ކުރުން. ބޭނުންވަނީ މިހާރު އޮތް އަނިޔާވެރި ސަރުކާރު ބަލި ކުރުން.
އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އިންތިހާބު ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމާއެކު ފައްޔާޒު ގެ ޝުކުރު ޕާޓީ އަށް
ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ހަމަޖައްސާފައިވާ ފުރިހަމަ އިންތިޒާމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ގެ އިތުރުން އެމްޑީޕީ ގެ ލީޑަރޝިޕް ގެ ބޭފުޅުންނަށް ޝުކުރުދަންނަވައިފި އެވެ.
އަލީ އާޒިމް ފޯނުނުން ގުޅުއްވާ އާދަމް އާޒިމް އަށް މަރުޚަބާ ވިދާޅުވެއްޖެ
ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރު ގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން އޭނާ އާއި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް މަރުޚަބާ ވިދާޅުވެއްޖެ އެވެ.
އަލީ އާޒިމް އޭނާ ގެ ފޭސް ބުކް އެކައުންޓުގައި، އޭނާ އާދަމް އާޒިމް އަށް ފޯނުން ގުޅުއްވާ މަރުޚަބާ ވިދާޅުވާ ވީޑިއޯ އެއް ހިއްސާކޮށްފަ އެވެ. އަލީ އާޒިމް ވަނީ އެމްޑީޕީ އަށް އަބަދު ވެސް އެދިވަޑައިގަންނަވަނީ ކާމިޔާބަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.
މާލެ ސިޓީ އތމ ކޮމިޓީ ރައީސް T-14-1

މާލެ ސިޓީ، ހެންވޭރު ހުޅަނގު، ކައުންސިލް މެންބަރު T-14-1

މާލެ ސިޓީ، މައްޗަންގޯޅި ދެކުނު އތމ ކޮމިޓީ މެންބަރު T-08-1

މާލެ ސިޓީ، ހެންވޭރު އުތުރު، ކައުންސިލް މެންބަރު އަންހެން

މާލެ ސިޓީ، މޭޔަރު ހޮވުމަށް ނެގި T-04-1 ނަތީޖާ

މާލެ ސިޓީ، މޭޔަރު ހޮވުމަށް ނެގި T-09-1 ނަތީޖާ

ތިނަދޫ ސިޓީ، ތިނަދޫ އިރު އުތުރު ދާއިރާ، ކައުންސިލް މެމްބަރު: މާލޭ ވޯޓު ފޮށިން ކުރި ހޯދީ މާޒިނާ އަހުމަދު

ތިނަދޫ ސިޓީ، ތިނަދޫ ދެކުނު މެދު ދާއިރާ، ކައުންސިލް މެމްބަރު: މާލޭގެ ވޯޓު ފޮށިން ކުރި ހޯދީ އަލްމާސް ޒުހައިރު

މާލެ ސިޓީ، އ.ތ.މ. ކޮމިޓީ ރައީސް: މާލެ ވޯޓު ފޮށިން 64 ވޯޓާއި އެކު ކުރީގައި އާއިޝަތު ރީޝާ

އައްޑޫ ސިޓީ، ފޭދޫ މާދެލަ ދާއިރާ، ކައުންސިލް މެމްބަރު-47 ވޯޓާއި އެކު މާލޭ ވޯޓު ފޮށިން ކުރި ހޯދީ އިސްމާއިލް ސައީދު

ތިނަދޫ ސިޓީ، އ.ތ.މ ކޮމިޓީ ރައީސް، މާލޭ ވޯޓު ފޮށިން ކުރި ހޯދީ މަރްޔަމް ޝަރޫނާ އާދިލް

ތިނަދޫ ސިޓީ މޭޔަރ، މާލޭ ފޮށިން ކުރި ހޯދީ ސައުދު އަލީ

ތިނަދޫ ސިޓީ، އ.ތ.މ ކޮމިޓީ ރައީސް: މާލޭ ވޯޓު ފޮށިން މަރްޔަމް ޝަރޫނާ އާދިލް

ލ.ހިތަދޫ ކައުންސިލް ރައީސް: ލ.ހިތަދޫ ވޯޓު ފޮށިން ކުރި ހޯދީ މުހައްމަދު ޝިޔާޒް

ރ.އަލިފުށި ކައުންސިލް މެމްބަރު : އަލިފުށީ ވޯޓު ފޮށިން ކުރި ހޯދީ އިސްމާއިލް އަކްސަމް

ގއ.ކޮލަމާފުށި ކައުންސިލް މެމްބަރު (އަންހެން): މާލޭގެ ވޯޓު ފޮށިން ކުރި ހޯދީ އައިމިނަތު އަބްދުﷲ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ.ކޮލަމާފުށި ކައުންސިލް މެމްބަރު (އަންހެން) ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ނެގި ވޯޓުގައި، މާލޭގައި ބެހެއްޓި ވޯޓު ފޮށިން އައިމިނަތު އަބްދުﷲ ކުރި ހޯދައިފި އެވެ. އޭނާ އަށް ލިބުނީ 29 ވޯޓެވެ. އޭނާ އާއި ވާދަކުރި ޝަމާތައްޙާން އަށް ލިބުނީ 16 ވޯޓެވެ.

ރ.އަލިފުށީ ކައުންސިލް ރައީސް: މާލޭގައި ބެހެއްޓި ވޯޓު ފޮށިން ކުރި ހޯދީ އިސްމާއިލް އަކްސަމް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރ.އަލިފުށީ ކައުންސިލް ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ނެގި ވޯޓުގައި، މާލޭގައި ބެހެއްޓި ވޯޓު ފޮށިން އިސްމާއިލް އަކްސަމް ކުރި ހޯދައިފި އެވެ. އޭނާ ކުރި ހޯދާފައި ވަނީ 14 ވޯޓާއި އެކުގަ އެވެ. އޭނާ އާއި ވާދަކުރި އަލީ ރަޝީދު އަށް ލިބުނީ 9 ވޯޓެވެ.

އއ.އުކުޅަސް ކައުންސިލް ރައީސް: އުކުޅަހުގެ ވޯޓު ފޮށިން 4 ވޯޓު ވެސް ލިބުނީ ޝައުކަތު އަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އއ.އުކުޅަސް ކައުންސިލް ރައީސްކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ނެގި ވޯޓުން، އުކުޅަހުގެ ވޮޓު ފޮށިން 4 ވޯޓު ވެސް ޝައުކަތު އިބްރާހިމް ހާސިލްކޮށްފި އެވެ.

އއ.އުކުޅަސް ކައުންސިލް މެމްބަރު (އަންހެން): އުކުޅަހުގެ ވޮޓު ފޮށިން 4 ވޯޓު ވެސް ލިބުނީ ރަނިއްޔާ އަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އއ.އުކުޅަސް ކައުންސިލް މެމްބަރު(އަންހެން) އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ނެގި ވޯޓުން، އުކުޅަހުގެ ވޮޓު ފޮށިން 4 ވޯޓު ވެސް ފާތިމަތު ރަނިއްޔާ ހާސިލްކޮށްފި އެވެ.

ތ.ކިނބިދޫ ކައުންސިލް ރައީސް: މާލޭގައި ބެހެއްޓި ވޯޓު ފޮށިން ކުރި ހޯދީ އަލީ ހުސައިން
އެމްޑީޕީ ގެ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ގެ ޕްރައިމަރީގައި ތ.ކިނބިދޫ ކައުންސިލް ރައީސްގެ ޓިކެޓަށް ވާދަކުރި ފަރާތްތަކުގެ ތެރެއިން މާލޭގައި ބެހެއްޓި ވޯޓު ފޮށިން އަލީ ހުސައިން ކުރި ހޯދައިފި އެވެ. އޭނާ ކުރި ހޯދީ ދެ ވޯޓުގެ ފަރަގަކުންނެވެ. އޭނާ އަށް ލިބުނީ 16 ވޯޓެވެ. އޭނާ އާއި ވާދަކުރި މުހައްމަދު ރިޔާޒް އަށް ލިބުނީ 14 ވޯޓެވެ.

އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ، ކައުންސިލް މެމްބަރު: ހިތަދޫ ވޯޓު ފޮށިން ބޮޑުތަނުން ކުރި ހޯދީ ނަޒީރު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ، ކައުންސިލް މެމްބަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ފަރާތެއް ހޮވުމަށް ބޭއްވި އިންތިޚާބުގައި، ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިން ބޮޑުތަނުން ކުރި ހޯދާފައި ވަނީ އަހުމަދު ނަޒީރު އެވެ. އެ ފޮށްޓަށް ވޯޓުލީ 118 މީހުންގެ އިތުރުން 99 މީހުން ވޯޓުލީ ނަޒީރުއަށެވެ. އޭނާ އާއި ވާދަކުރި އަލީ ޝަރީފް އަށް ލިބިފައި ވަނީ 18 ވޯޓެވެ.

އއ.އުކުޅަސް އ.ތ.މ ކޮމިޓީ: އއ.އުކުޅަސް ވޯޓު ފޮށިން ކުރި ހޯދީ ޒަހުރާ
އއ.އުކުޅަސް އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ މީހެއް ހޮވުމަށް ބޭއްވި ޕްރައިމަރީގައި، އއ.އުކުޅަސް ވޯޓު ފޮށިން ކުރި ހޯދީ ޒަހުރާ އާމިރު އެވެ. އެ ފޮށްޓަށް ވޯޓުލީ ޖުމްލަ 4 މީހުންނެވެ. އޭގެ ތެރެއިން ޒަހުރާ އަށް ލިބުނީ 3 ވޯޓެވެ. އޭނާ އާއި ވާދަކުރި ޒަހިއްޔާ މުހައްމަދު އެވެ.

ދޮންފަނު ކައުންސިލް ރައީސް : 19 ވޯޓާއި އެކު ދޮންފަނުގައި ބެހެއްޓި ވޯޓު ފޮށިން ކުރީގައި ހަނީފް
ދޮންފަނު ކައުންސިލް ރައީސްގެ މަޤާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ފަރާތެއް ހޮވުމަށް ދޮންފަނުގައި ބެހެއްޓި ވޯޓުފޮށްޓަށް ވޯޓު ފޮށިން ކުރި ހޯދާފައި ވަނީ ކެނޑިޑޭޓް ނަމްބަރު 2، ހަނީފް އިބްރާހިމް އެވެ.

"އަޅުގަނޑު އެދެނީ މޮޅުވާ ކެނޑިޑޭޓެއްގެ ފަހަތަށް ހުރިހާ ބޭފުޅުން ވެސް އަރައިގެން ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުން": ރައީސް ނަޝީދު
ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީ ގައި މޮޅުވާ ކެނޑިޑޭޓެއްގެ ފަހަތަށް ހުރިހާ ބޭފުޅުންވެސް އަރައި ޕާޓީގެ އެއްބައިވަންތަކަށް ދެމެހެއްޓުން އެދޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވީ ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. ނަޝީދު ވިދާޅުވީ އިންތިޚާބުން ފެނިގެން ދިޔައީ އުފާވެރި، ހިތްހަމަ ޖެހޭ މަންޒަރުތައް ކަމަށެވެ. އިންތިޒާމް ވެގެން ރޭވިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތަކީ ޕާޓީ އަކަށް އެންމެ މުހިންމު އެއް ކަންތައްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭ ގެ މޭޔަރުކަމަށް ވާދަކުރާނެ ފަރާތެއް ހޮވުމަށް މިހާތަނަށް 1،718 މީހުން ވޯޓު ލައިފި
ކައުންސިލް އިންތިހާބު ގައި އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރާ ފަރާތެއް ހޮވުމަށް މިހާތަނަށް 1،718 މީހުން ވޯޓޫ ލައިފި އެވެ.
އެގޮތުން 1065 ފިރިހެނުން ވޯޓު ލާފައިވާއިރު، 653 އަންހެނުން ވަނީ ވޯޓު ލާފަ އެވެ. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީޕީގެ ޕްރައިމަރީގައި، މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި 17 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ތެރެއިން 4 ވޯޓު ފޮށި މަޖީދިއްޔާ ސްކޫލްގައި، ހިރިޔާ ސްކޫލްގައި 4 ވޯޓު ފޮށި، އިސްކަންދަރު ސްކޫލުގައި 3 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އަދި ވިލިމާލެ މުހިއްޔުއްދީން ސްކޫލްގައި 1 ވޯޓު ފޮށި، ގާޒީ ސްކޫލްގައި 2 ވޯޓު ފޮށި އަދި ކާމިލް ދީދީ ސްކޫލްގައި 1 ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ.

އެމްޑީޕީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓުލައްވައިފި
އެމްޑީޕީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީ އިންތިޚާބު 2026 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓުލައްވައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓުލައްވައިފި
އެމްޑީޕީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީ އިންތިޚާބު 2026ގަ އި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓުލައްވައިފި އެވެ. އެ މަނިކުފާނު ވޯޓުލެއްވީ މެދުހެންވޭރު ދާއިރާއަށެވެ.
އެދެނީ އިންތިޚާބަށް ފަހު އެކުގައި ތިބުން، މިއީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެ އިންސާފުވެރި އިންތިޚާބު: ކުރީގެ ރައީސް ސޯލިހު
ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީ އަކީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެ އިންސާފުވެރި، މިނިވަން އިންތިޚާބު ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ. އެ މަނިކުފާނު ވިދާޅުވީ މިއީ ޑިމޮކްރަސީ އެއްގައި އަންނަނާނެ އެންމެ އުފާވެރި ދުވަސް ކަމަށެވެ. މިއީ ރައްޔިތުންގެ ބާރުވެރިކަން ދައްކުވައިދޭ ދުވަސް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން މި އިންތިޚާބަށް ފަހު ވެސް ބަލިވާ ކެނޑިޑޭޓުން އެމްޑީޕީ އާޢި އެކުގައި ތިބުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ އިންތިޚާބަކީ ފަސާދާއާއި ކޮރަޕްޝަންގެ ސަރުކާރު ބަލި ކޮށްލުމަށް ކުރާ މަސައްކަތެއް: ޝާހިދު
އެމްޑީޕީއަކީ އަބަދުވެސް ވޯޓުން ކަންކަން ނިންމަން ފަރިތަ ޕާޓީއެއް ކަމަށާއި، އެމްޑީޕީން މިއަދު ކުރަމުން މިގެންދާ ވޯޓުލުމުގެ މަސައްކަތަކީ އަޅުގަނޑުމެންގެ ސަފުތައް ރުކުރުވާލުމުގެ މަސައްކަތް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލުމަށްފަހު، ނުކުމެ ވަޑައިގެން ދެއްވި އިންޓަވިއުގަ އެވެ.

''އަޅުގަނޑުގެ އެދުމަކީ މި ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންގެ ފަހަތްޕުޅުގައި ހުރިހާ ބޭފުޅުން ނުކުމެ ވަޑައިގެން ޓީމުތަކާއެކުގައި ނުކުމެވަޑައިގެން އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތް ހުދުމުހުތާރު އަނިޔާވެރި ދޮގާއި ފަސާދާއާއި ކޮރަޕްޝަންގެ ސަރުކާރު ބަލި ކޮށްލުމަށް އަތުގުޅާލުން.''
ލޯކަލް ކައުންސިލް އިންތިޚާބައި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީ ގެ ގއ.ކޮނޑޭގެ ވޯޓުލުން 02:30 އިން ފެށިގެން ކުރިއަށް ދަނީ
ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީ ގެ ގއ.ކޮނޑޭގެ ވޯޓުލުން 02:30 އިން ފެށިގެން ކުރިއަށް އެބަ ދެ އެވެ. މާލޭގައި ގއ.ކޮނޑޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބަހައްޓާފައިވާ ވޯޓު ފޮށި ބަހައްޓާފައި ވަނީ މަޖީދިއްޔާ ސްކޫލްގަ އެވެ. އެއީ T-P-1 ވޯޓު ފޮށްޓެވެ. މީގެ އިތުރުން، ގޮނޑޭގައި ބަހައްޓާފައިވާ ވޯޓު ފޮށި ބަަހައްޓާފައި ވަނީ ކޮނޑޭ ސްކޫލްގަ އެވެ.
ގައްދޫ ދާއިރާގެ ވޯޓުލުން 14:45 އިން ފެށިގެން ކުރިއަށް އެބަ ދޭ
ލޯކަލް ކައުންސިލް އިންތިޚާބައި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީ ގެ ގައްދޫ ދާއިރާގެ ވޯޓުލުން 14:45 އިން ފެށިގެން ކުރިއަށް އެބަ ދެ އެވެ. ގައްދޫގެ އާއްމުންނަށް ޚާއްސަ ވޯޓު ފޮށި މާލޭގައި ބަހައްޓާފައި ވަނީ މަޖީދިއްޔާ ސްކޫލްގަ އެވެ. އެއީ T-Q-1 ވޯޓު ފޮށްޓެވެ. އަދި ގައްދޫގައި ބަހައްޓާފައިވާ ވޯޓު ފޮށި ހުރީ ގދ.އަތޮޅު ސްކޫލްގަ އެވެ.

އައްޑޫ ސިޓީ ފޭދޫ-މާދެލާ ދާއިރާގެ ލޯކަލް ކައުންސިލް އިންތިޚާބައި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީ ގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ
އައްޑޫ ސިޓީ ފޭދޫ-މާދެލާ ދާއިރާގެ ލޯކަލް ކައުންސިލް އިންތިޚާބައި ޑަބްލިއުޑީސީގެ އެމްޑީޕީ ޕްރައިމަރީ ގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަ ދެ އެވެ. އައްޑޫ ސިޓީ ފޭދޫ-މާދެލާ ގެ ވޯޓުލުން ކުރިއަށް ދަނީ އެމްޑީޕީ ފޭދޫ އޮފީހުގަ އެވެ. މީގެ އިތުރުން ފޭދޫ ދާއިރާގެ މާލޭގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ މަޖީދިއްޔާ ސްކޫލްގަ އެވެ.؛ އެއީ T-SR-2 ވޯޓު ފޮށްޓެވެ.






